22 ދެން އެދެބޭކަލުން ސަދޫމުއަށް ދިއުމުގެ މަގުގައި ދަތުރުކޮށް ދިޔަ ނަމަވެސް މާތްރަސްކަލާނގެ އިބްރާހީމްގެފާނުގެ ކައިރީގައި މަޑުކުރެއްވިއެވެ.
ދެން އެބޭކަލުން ފަރިއްކުޅުއްވުމަށް ފަހު ސަދޫމު އާއި ދިމާއަށް ދަތުރު ފެއްޓެވިއެވެ. އިބްރާހީމްގެފާނު ވެސް ކުޑަތަންކޮޅަކަށް އެބޭކަލުންނާއި އެކުގައި ވަޑައިގަތެވެ.
ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ މިކުރައްވަން އުޅުއްވާ ކަންތައް އިބްރާހީމްގެފާނަށް ސިއްރު ކުރައްވާނަމުތަ؟
އެދެމަލާއިކަތުން ސަދޫމުއަށް ވަޑައިގަތީ ހަވީރު އިރުއޮއްސެނިކޮށްނެވެ. އޭރު ލޫޠުގެފާނު އެރަށުގެ ބޮޑުދޮރޯށި ދޮށުގައި ހުންނެވިއެވެ. އެކަލޭގެފާނަށް އެދެމަލާއިކަތުން ފެނިވަޑައިގަތުމުން ތެދުވެވަޑައިގެން އެދެމަލާއިކަތުންގެ ކުރިފުޅުމަތީ ބިންމަތީގައި ނިތްކުރި ޖެއްސެވިއެވެ.
ހަމަ އެދުވަހުގެ ހެނދުނު އިބްރާހީމްގެފާނު ވެސް އެކަލޭގެފާނު މަތިވެރި މާތްރަސްކަލާނގެ އާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވި ތަނަށް އެނބުރި ވަޑައިގަތެވެ.
ނަމަވެސް އިސްތިފާނު ވީ މާތްރޫޙުފުޅުން ފުރިފައެވެ. އޭނާ އުޑާއި ދިމާ މައްޗަށް ބެލިއެވެ. އެވަގުތު އޭނާއަށް ފެނުނީ މާތްރަސްކަލާނގެ މަތިވެރި ކަރާމަތްފުޅުގެ ވިދާ ނޫރުފުޅެވެ. އަދި މަތިވެރި ކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އީސާގެފާނު ވަނިކޮށެވެ.
ފުރަތަމައިނުން ވެސް އަހަރެން ތިޔަބައިމީހުންނަށް ބާރުއަޅަނީ އެ އެންމެންނަށްޓަކައި ދުޢާ ދަންނަވައި އެކަމަށް އެދި އެމީހުންނަށްޓަކައި އާދޭސްދެންނެވުމުގައި މެދުވެރިވެދީ އެކަލާނގެއަށް ޝުކުރު ދަންނަވައި ދިނުމެވެ.