ފެށުން 18:20 - ކިތާބުލް މުޤައްދަސާ20-21 މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އިބްރާހީމްގެފާނު، ތިމަންކަލާނގެ ސަދޫމު އާއި ޢަމޫރަތުގެ މީހުންގެ ހައްދުފަހަނައަޅައިފައިވާ ނުބައި އަމަލުތަކާ މެދު ގިނަގުނަ ވާހަކަތަކެއް އަހައިފީމު. އެމީހުންގެ ހުރިހާ ޢަމަލަކީ ނުބައި ފާފަވެރި އަމަލުތަކެއް ކަމުގައި ވުމުން ތިމަންކަލާނގެ އެމީހުންގެ ކައިރިއަށް ގޮސް މިހުރިހާ ކަންތައްތަކުގެ ދޮގުތެދު ބައްލަވާނަން.“ အခန်းကိုကြည့်ပါ။ |
އަދި ކަލޭމެންގެ ދަނޑުތަކުގައި ގޮވާން ކޮށްދިން ދަނޑުވެރިންނަށް ކަލޭމެން ޚިޔާނާތްތެރިވެ އެބައިމީހުންނަށް ލިބިދޭންޖެހޭ މަސައްކަތުގެ އުޖޫރަ ނުދިނުމުން ކަލޭމެންނާއި ދެކޮޅުވެރިވެ އެބައިމީހުން އަޑުލަނީއެވެ. އެބައިމީހުން އުޖޫރައަށް އެދި ކުރި ޝަކުވާތަކުގެ އަޑު އެންމެހާ ކަމަކަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އައްސަވާވޮޑިގެންވިއެވެ.