ފެށުން 18:17 - ކިތާބުލް މުޤައްދަސާ17 ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ މިކުރައްވަން އުޅުއްވާ ކަންތައް އިބްރާހީމްގެފާނަށް ސިއްރު ކުރައްވާނަމުތަ؟ အခန်းကိုကြည့်ပါ။ |
ނޯކަރުންނަކަށް އެމީހުންގެ ވެރިމީހާ ކުރަން އުޅޭ ކަންތައްތަކެއް ކިޔައެއް ނުދޭނެ. އަހަރެން ކަލޭމެންނާއި މެދު މިހާރު މިދެކެނީކީ އަހަރެންގެ ނޯކަރުންގެ ގޮތަކު ނޫން. އަހަރެން ކަލޭމެންނާއި ދޭތެރޭ ކަންތައް ކުރަނީ ކަލޭމެންނަކީ އަހަރެންގެ ރައްޓެހިންގެ ގޮތުގައި. އެހެންކަމުން ބައްޕާފުޅު އެންގެވި ހުރިހާ ކަމެއް އަހަރެން ކަލޭމެންނަށް އަންގައިދިނިން.
އެކަލޭގެފާނުގެ މިޢަމަލުފުޅުން ބަޔާންވެގެންވީ ފަތްފުށްތައް ފުރިހަމަ ކުރެވިގެންވީ މިފަދައިން. ’މާތްރަސްކަލާނގެ ކިބަފުޅަށް އިބްރާހީމްގެފާނު އީމާންތެރިވެ ވަޑައިގެންނެވިއޭ. އަދި އެކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމުގެ ސަބަބުން އެކަލޭގެފާނު ސާލިޙުންގެ ތެރޭގައި ލެއްވި.‘ ހަމައެހެންމެ އިބްރާހީމްގެފާނަށް އެކަލާނގެ ރަޙުމަތްތެރިޔާގެ ލަގަބުފުޅުން ބަސްވަޙީ ކުރެއްވި.“