Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 18:12 - ކިތާބުލް މުޤައްދަސާ

12 އެވަގުތު މިދެކެވުނު ވާހަކަތައް އިވިވަޑައިގެން އެކަމަނާއަށް ހިތާހިތުން ހިނިފުޅުވެޑުވި މިހެން ވިދާޅުވެވުނެވެ. ”⁠މިހާރު އަހަރެން މިވަނީ މުސްކުޅިވެ، އިއްދައިން ކެނޑިފަ. ވީއިރު، އަހަންނަށް އަނބިވަންތަ ގުޅުމެއް ފުރިހަމައަށް ހިންގިދާނެތަ؟ ހަމަ މިފަދައިން އަހަރެންގެ ފިރިމީހާއަކީ މަށަށް ވުރެން ވެސް މާ މުސްކުޅި މީހެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 18:12
12 ပူးပေါင်းရင်းမြစ်များ  

އިބްރާހީމްގެފާނު ބިންމަތީ މޫނުފުޅު ޖައްސަވައި މާތްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ. އެ ހިނދު އެކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް ދޭހަވެ ރަނގަޅަށް އޮޅުންފިލާ ވަޑައިގަތުމުން ހިނިފުޅުވެޑުވުނެވެ. އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠ގަރުނަކަށް ވުރެ ގިނަދުވަސް ވެފައިވާ ފިރިހެނަކަށް ދަރިއަކު ލިބިދާނެތަ؟ ސާރާގެ އުމުރުން ނުވަދިހަ އަހަރުގައި އެކަމަނާއަށް ދަރިއަކު ލިބިދާނެތަ؟⁠“ ދެން އެކަލޭގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ ވަޢުދުފުޅާއި އެއްގޮތަށް އިސްމާޢީލްއަކީ އަޅުގެ ހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް ހެއްދަވަންވީ ނޫންތޯ؟⁠“


އެ ހިނދު މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ސާރާ އެބަ ހޭ، ’⁠ތިމަން މުސްކުޅިވީ ދުވަހު ތިމަންނައަށް ދަރިޔަކު ލިބިދާނެހޭ⁠‘ މިހެން ހިތަށް އަރާފައި. ބަލަ މާތްރަސްކަލާނގެއަށް އުނދަގޫ ކަމެއް އޮވޭތަ؟ އަންނަ އަހަރު މިހާތާނގައި އަހަރެން މިތަނަށް އެނބުރި އަންނާނަން. އޭރުން ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ.⁠“


އެހެންވީމާ، ކޮންމެ ފިރިއަކު އޭނާގެ އަނބިމީހާ ދެކެ އޭނާގެ އަމިއްލަ ނަފުސާމެދު ލޯބިވާ ފަދައިން ލޯބިވާން ޖެހޭނެއެވެ. އަދި ކޮންމެ އަނތްބަކު އޭނާގެ ފިރިމީހާއަށް ޤަދަރު ކުރާން ޖެހޭނެވެސް މެއެވެ.


މިސާލަކަށް ބުނާނަމަ، ސާރާ އެކަނބުލޭގެ ފިރިކަލުން އިބްރާހީމްގެފާނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. އަދި އެކަނބުލޭގެ އިބްރާހީމްގެފާނަށް ސާހިބެއްގެ ގޮތުގައި މުޚާތަބުކުރެއްވިއެވެ. އެފަދައިން ތިޔަ ކަނބަލުންނަކީ އެކަމަނާގެ އަންހެން ދަރިންކަމުގައި ދެކޭށެވެ. ވީމާ ފިރިންނާއިމެދު ބިރުވެތިނުވެ ހެޔޮ ގޮތުގައި ޚިދުމަތްކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ