Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 18:11 - ކިތާބުލް މުޤައްދަސާ

11 އިބްރާހީމްގެފާނާއި ސާރާގެ އުމުރުފުޅު ނުހަނު ދޮއްޓެވެ. ސާރާ ވަނީ އިއްދައިން ކެނޑިފައެވެ. މައްސަރު ކަންތައް ޖެހުން ހުއްޓިފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 18:11
14 ပူးပေါင်းရင်းမြစ်များ  

އިބްރާހީމްގެފާނު ބިންމަތީ މޫނުފުޅު ޖައްސަވައި މާތްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ. އެ ހިނދު އެކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް ދޭހަވެ ރަނގަޅަށް އޮޅުންފިލާ ވަޑައިގަތުމުން ހިނިފުޅުވެޑުވުނެވެ. އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠ގަރުނަކަށް ވުރެ ގިނަދުވަސް ވެފައިވާ ފިރިހެނަކަށް ދަރިއަކު ލިބިދާނެތަ؟ ސާރާގެ އުމުރުން ނުވަދިހަ އަހަރުގައި އެކަމަނާއަށް ދަރިއަކު ލިބިދާނެތަ؟⁠“ ދެން އެކަލޭގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ ވަޢުދުފުޅާއި އެއްގޮތަށް އިސްމާޢީލްއަކީ އަޅުގެ ހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް ހެއްދަވަންވީ ނޫންތޯ؟⁠“


އިބްރާހީމްގެފާނުގެ އުމުރުފުޅުން ނުވަދިހަނުވަ އަހަރުފުޅުގައި އެކަލޭގެފާނު ޚިތާނު ކުރެވުނެވެ. އަދި އިސްމާޢީލްގެފާނުގެ އުމުރުފުޅުން ތޭރަ އަހަރުގައި އެކަލޭގެފާނު ޚިތާނު ކުރެވުނެވެ. ދެބަފައިކަލުން ޚިތާނުގެލެއްވުނީ އެއްދުވަހެއްގައެވެ. އެކަލޭގެފާނުގެ އެންމެހާ އަޅުންނާ ވެސް އެކުއެކީގައެވެ.


ކާކުތަ ހީކުރާނީ އަހަރެން ދަރިއެއްގެ މަޔަކަށް ވާނެޔޭ؟ އެކަމަކު އިބްރާހީމްގެފާނު ޢަޖޫޒުވި ދުވަހު ފިރިހެން ދަރިކަލަކު އަހަރެންނަށް ލިބިއްޖެ.⁠“


އިބްރާހީމްގެފާނު ވަނީ މުސްކުޅިފުޅު ޢަޖޫޒު ވެފައެވެ. އަދި ކޮންމެ ކަމެއްގައިމެ މާތްރަސްކަލާނގެ ރަޙުމަތްފުޅު އެކަލޭގެފާނާއި އެކުގައި ވިއެވެ.


އަހަރެންގެ ސާހިބާގެ އަނބިކަމަނާ، ސާރާ އުމުރުން ދުވަސްވެ މުސްކުޅިވެފައި ވަނިކޮށް އެކަމަނާ އާލާސްވެ އިނދެ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވި. އަދި އަހަރެންގެ ސާހިބާއަށް މިލްކުވެގެންވީ އެންމެހާ ތަކެތި އެ ދަރިކަލުންނަށް ހިބަކޮށް ދެއްވި.


އެ ހިނދު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާންއަށް ބުންޏެވެ. ”⁠އަހަރެން މިވަނީ ބައްޕަގެ ކުރިމަތީގައި ކޮޅަށް ހުރެވޭފަދަ ޙާލަތެއްގަ އެނޫން. މިކަމާ ބައްޕަ އަހަރެންދެކެ ރުޅި ނާންނާތި. މި ދުވަސްވަރަކީ އަހަރެންގެ ޙައިޟުގެ ދުވަސްވަރު.⁠“ އެގޮތުގެ މަތިން ލަބާން އެ ހުރިހާ ފޭލިގެތަކެއް ބަލައި ހޯދިއެވެ. ނަމަވެސް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ.


ޒަކަރިއްޔާ މި މަލާއިކަތާ ކުރެން ސުވާލު ކުރިއެވެ. ”⁠ތިޔަކަން ތިޔަ ވިދާޅުވި ފަދައިން ވާނެކަން އަޅުގަނޑު ޔަޤީންކޮށް ގަބޫލުކުރާނީ ކިހިނަކުން؟ އަޅުގަނޑު މި ވަނީ މިހާރު މުސްކުޅިވެފަ. އަދި އަޅުގަނޑުގެ އަންހެނުންނަކީ ވެސް އުމުރުން ދުވަސްވެފައިވާ އަންހެނެއް.⁠“


ކަނބުލޭގެފާނުގެ ތިމާގެމީހެއް ކަމަށްވާ އެލިޒަބަތަކީ ދުވަހަކު ވެސް ކުއްޖަކު ނުލިބޭނެ މީހަކުކަމުގައި މީހުން ހީކުރި. ނަމަވެސް އެލިޒަބަތު ބަލިވެ އިނދެ މިހާރު މިއީ ހަމަސް. އޭނާ އާއި އޭނާގެ ފިރިމީހާ ޒަކަރިއްޔާ އަކީ އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހުން ކަމުގައި ވިޔަސް މާތްރަސްކަލާނގެ ރަޙުމަތްފުޅުން މިހާރު އެމީހުންނަށް ކުއްޖަކު ލިބެން އެވަނީ ކައިރިވެފަ.


މި ދެމަފިރިންނަށް ދުވަހަކު ވެސް ދަރިއަކު ނުލިބެއެވެ. އެއީ އެލިޒަބަތު އަކީ ކުދިން ނުލިބޭ އަންހެނެކެވެ. އަދި މިހާރު އެމީހުން ވަނީ އުމުރުން ދުވަސްވެ މުސްކުޅި ވެފައެވެ.


އެހެނީ މާތްރަސްކަލާނގެއަކީ މަރުވާމީހުން ދިރުއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން އެދަރިކަލުން އެކަލާނގެ ދިރުއްވާފާނެ ކަމަށް އެކަލޭގެފާނަށް ގަބޫލުފުޅު ކުރެއްވުނެވެ. އެއްގޮތަކަށް ބަލާއިރު އިސްޙާޤުގެފާނު އެވަނީ މަރުވުމަށް ފަހު ދިރިފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ