Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 18:10 - ކިތާބުލް މުޤައްދަސާ

10 އޭގެތެރެއިން އެއްބޭކަލަކު ބުނުއްވިއެވެ. ”⁠އަންނަ އަހަރު މިހާތާނގައި އަހަރެން އެނބުރި އަންނާނަން. އޭރުން ކަލޭގެފާނުގެ އަނބިކަނބަލުން ސާރާއަށް ފިރިހެން ދަރިކަލަކު ލިބިލައްވާނެ.⁠“ އެވަގުތު ސާރާ އިންނެވީ ފޭލިގޭގެ ދޮރުގެ ފުރަގަހުގައި މިދެކެވުނު ވާހަކަ އަޑު އިވޭފަށުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 18:10
15 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު މަލާއިކަތާ ވިދާޅުވިއެވެ. ”⁠އެއް ވެސް އިންސާނަކަށް ގުނާ އަދަދު ނުކުރެވޭ ފަދަ ދަރިފަސްކޮޅެއް މާތްރަސްކަލާނގެ ތިބާއަށް ދެއްވާނެ.


އެއާއިއެކު މާތްކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ”⁠ނޫން! ތިބާގެ އަންހެނުން، ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ. އެ ދަރިއަށް އިސްޙާޤުގެ ނަމުން ނަންދީ. ތިމަންކަލާނގެ މި ޢަހުދުނާމާ އެ ދަރިއާއި އެ ދަރީގެ ދަރިފަސްކޮޅާ އެކުގައި އަބަދަށް ދެމިގެންވާނެ. މި ޢަހުދުނާމާކީ އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް.


ތިމަންކަލާނގެއާ ތިބާއާ ދެމެދު ކުރެވޭ ޢަހުދުނާމާ ދަމަހައްޓާނީ މި އަންނަ އަހަރުގެ މިހާތަނުގައި ތިބާގެ އަންހެނުން، ސާރާއަށް ލިބޭ ދަރި އިސްޙާޤު.⁠“


ފަރިއްކޮޅުން ނިމިވަޑައިގެން އެބޭކަލުން އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އަނބިކަނބަލުން ސާރާ ކޮބައިތޯ؟⁠“ އިބްރާހީމްގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠އެކަނބަލުން ފޭލިގޭގައި އެބަ އިންނެވި.⁠“


މާތްރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން އެކަލާނގެ ސާރާއަށް ރަޙުމަތްލެއްވި އެވެ.


އިބްރާހީމްގެފާނު ޢަޖޫޒު ޙާލަތުގައި ވީ ހިނދު ސާރާ އާލާސްވެ އިންނަވައި އިބްރާހީމްގެފާނަށް ފިރިހެން ދަރިކަލަކައިގެން ރައްކާވެވަޑައިގަތެވެ. މިހުރިހާ ކަމެއްމެ މާތްކަލާނގެ ވަޙީކުރެއްވި ވަގުތުގައި ހިންމަވައި ދެއްވިއެވެ.


ނަމަވެސް މި މަލާއިކަތާ ވިދާޅުވިއެވެ. ”⁠ޒަކަރިއްޔާ. ބިރު ނުގަނޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާ އައްސަވާ ވޮޑިގެންފި. ކަލޭގެ އަނބިމީހާ އެލިޒަބަތު ކަލެއަށް ފިރިހެން ކުއްޖަކު ވިހާނެ. ކަލޭ އެދަރިފުޅަށް ޔަޙުޔާއޭ ކިޔާ ނަންދީ.


އަޅު އަންހެން މީހާއަށް ލިބުނު ދަރިކަލުންނަކީ އިންސާނީ އަމިއްލަ ނިންމެވުމެއްގެ މަތިން އުފަންވި ދަރިކަލެކެވެ. ނަމަވެސް އަނެއް ދަރިކަލުންނަކީ އެކަލޭގެފާނަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅެއްގެ ސަބަބުން އުފަންވި ދަރިކަލެކެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އިސްޙާޤުގެފާނު ފަދައިން ކަލޭމެން ވެސް ތިޔައީ ހަމަ އެކަލާނގެ ކުރެއްވި ވަޢުދުފުޅުގެ ސަބަބުން އުފަންވި ދަރިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ