Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 18:1 - ކިތާބުލް މުޤައްދަސާ

1 އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެއްގައި އިބްރާހީމްގެފާނު މަމްރާއަށް މިލްކުވެފައިވީ ބިޔަ ގަސްތަކުގެ ކައިރީގައި އެކަލޭގެފާނު ޖައްސަވާފައިވާ ފޭލިގޭގެ ދޮރުކޮޅު މަތީގައި އިންނަވަނިކޮށް މާތްރަސްކަލާނގެ ފާޅުވެވޮޑިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 18:1
17 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.⁠“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.


އެ ހިނދު އަބްރާމް އެކަލޭގެފާނުގެ ފޭލިގެ ނަންގަވައިގެން ދަތުރުކުރައްވާ ގޮސް ޙަބްރޫނުގެ ސަރަހައްދުގައިވާ މަމްރާގެ ބޮޑެތި ގަސްތަކުގެ ކައިރީ ފޭލިގެ ޖެއްސެވިއެވެ. މިތަނުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށްޓަކައި ޤުރުބާން ކުރުމަށް އައްޓެއް ބިނާކުރެއްވިއެވެ.


މި ހަނގުރާމައިން ސަލާމަތްވި މީހަކު ހިނގާދިޔަ ކަންތަކުގެ ވާހަކަ އަބްރާމްއަށް ކިޔައިދިނެވެ. އޭރު ޢިބްރާނީ ދަރިކޮޅުގެ އަބްރާމް ދިރިއުޅެމުން ގެންދަވަނީ އަމޫރީންގެ ގަބީލާގެ މަމްރާއަށް މިލްކުވެގެންވާ ބޮޑު ބިޔަ ގަސްތަކުގެ ތެރޭގައެވެ. މަމްރާ އާއި އޭނާގެ ދެ ކޮއްކޮ އަޝްކޫލް އާއި ޢާނިރު އަކީ އަބްރާމްގެ ބައިވެރިންނެވެ.


އޭގެފަހުގައި މާތްރަސްކަލާނގެ އަބްރާމަށް ނިދާ އިއްވެވިއެވެ. ”⁠އަބްރާމް. ބިރު ނުގަނޭ. ތިބާ ރައްކާތެރިކުރާނެ އައްޑަނައަކީ ތިމަން ރަސްކަލާނގެ. ތިމަންކަލާނގެ ތިބާއަށް މަތިވެރި ވެގެންވާ އިނާމެއް ދެއްވާނަން.⁠“


މާތްކަލާނގެ ވަޙީބަސްފުޅު ނިންމަވާ ލެއްވުމަށް ފަހު، އިބްރާހީމްގެފާނާއި ވަކިވެވޮޑިގެންފިއެވެ.


ދެން އެދެބޭކަލުން ސަދޫމުއަށް ދިއުމުގެ މަގުގައި ދަތުރުކޮށް ދިޔަ ނަމަވެސް މާތްރަސްކަލާނގެ އިބްރާހީމްގެފާނުގެ ކައިރީގައި މަޑުކުރެއްވިއެވެ.


އިބްރާހީމްގެފާނު ޙަބްރޫނު ދޫކުރައްވާ ކަންޢާނު ގެ ދެކުނަށް ވަޑައިގެން ޤާދަޝް އާއި ޝޫރު އާއި ދެމެދުގައިވާ ޖަރާރުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ.


އެރަށުގައި އިސްޙާޤުގެފާނު ހުންނެވި ހިނދު މާތްރަސްކަލާނގެ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ފައުޅުވެ ވަޑައިގަންނަވައި މިފަދައިން ވަޙީ ކުރެއްވިއެވެ. ”⁠މިޞްރަށް ނުދާތި!


އެންމެފަހުން ޔަޢުޤޫބުގެފާނު، އެކަލޭގެފާނު ބަފައިކަލުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޤަރްޔަތު އަރްބަޢު (މިހާރުގެ ނަމުން ޙަބްރޫނު) ގެ ކައިރީގައިވާ މަމްރާ ގައެވެ. މިތަނަކީ އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމްގެފާނާއި ދެބަފައިކަލުން ބީރައްޓެހިންގެ ގޮތުގައި ދިރިއުޅުއްވި ރަށް ވެސް މެއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ކަންޢާނުގެ ލޫޒްގައި ވަނިކޮށް ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވުމަށް ފަހު، އެތަނުގައި އަހަރެންނަށް ބަރަކާތްލައްވައި އެކަލާނގެ އަހަރެންނަށް މިފަދައިން ވަޙީ ކުރެއްވި. ’⁠ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވައި ބޮޑު ޤައުމެއްގެ ގޮތުގައި ލައްވާނަމޭ. އަދި ކަންޢާނުގެ މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅުގެ މީސްތަކުންނަށް އަބަދަށްޓަކައި މިލްކުވެގެންވާ ތަނެއްގެ ގޮތުގައި ދެއްވާނަމޭ.⁠‘


އެކަމަކު މޫސާގެފާނު އަނެއްކާވެސް ފަސްޖެހި ވަޑައިގަތެވެ. ”⁠އަޅުގަނޑު ބުނާ އެއްޗަކަށް އެމީހުން ބީރުކަންފަތެއް ދީ އެވާހަކަތައް ގަބޫލު ނުކޮށްފިއްޔާޔޯ؟ އެމީހުން ބުނެފާނެ: ’⁠މާތްރަސްކަލާނގެ ކަލޭގެ ކުރިމައްޗަށް ފާޅުވެވޮޑިއެއް ނުގަންނަވައޭ.⁠‘⁠“


އިސްތިފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠އިއްޒަތްތެރި އެންމެ ހާ އަޚުންނޭ، އައްސަވާ. އިބްރާހީމްގެފާނު ޙާރާންއަށް ވަޑައިގަތުމުގެ ކުރިން މެސޮޕޮޓޭމިއާގައި އަޅުގަނޑުމެންގެ މަތިވެރި ރަސްކަލާނގެ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ފާޅުވެ ވަޑައިގެންނެވި.


އިބްރާހީމްގެފާނު، ވަޢުދު ކުރެއްވުނު ޤައުމުގައި ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެރަށުގައި އެކަލޭގެފާނު ދިރި އުޅުއްވީ ފޭލިގެގަނޑެއްގައެވެ. ޔަޢުޤޫބުގެފާނާއި އިސްޙާޤުގެފާނު ވެސް އުޅުއްވީ އެފަދަ ހާލުކޮޅެއްގައެވެ. އެ ދެބޭކަލުންނަށް ވެސް ވަނީ ހަމަ އެއް ވަޢުދުފުޅެއް ކުރައްވާފައެވެ.


އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ