Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 17:8 - ކިތާބުލް މުޤައްދަސާ

8 ތިބާ ބިދޭސީއެއްގެ ގޮތުގައި މިހާރު ވޭތުކުރަމުން ތިޔަ ގެންދާ ކަންޢާނު ސަހަރުގެ މުޅި ބިން ތިބާގެ ދަރިފަސްކޮޅަށް އަބަދުގެ އަބަދަށް ލިބިގެންވާނެ. އެއީ ތިމަންކަލާނގެއީ އެބައިމީހުންގެ ވެސް ކަލާނގެ ކަމުގައިވާތީ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 17:8
47 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.⁠“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.


ތިބާއަށް ތިޔަ ފެންނަ ހުރިހާ ސަރަހައްދަކުން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ އަބަދަށްޓަކައި ބިންދޭނަން.


މިހިސާބުގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ފައިމަގުގައި ދަތުރުކުރޭ. އެތަންތަނަކީ އަހަރެން ތިބާއަށް ދޭނެ ބިންތައް.⁠“


”⁠އަހަރެންނަކީ ތިޔަބައިމީހުންގެ ރަށުގައި ވަޒަންވެރިވެގެން އުޅޭ ބީރައްޓެއްސެއް. އަހަރެންގެ އަނބިމީހާ ފަސްދާނުލާނޭ ބިމެއް އަހަރެންގެ މިލްކިއްޔާތަކު ނެތް. އޭނާ ވަޅުލާނެ ބިންކޮޅެއް އަހަރެންނަށް ވިއްކާ.⁠“


އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


އެކަލާނގެ އިބްރާހީމްގެފާނަށް ބަރަކާތް ލެއްވި ފަދައިން ދަރިފުޅާ އަދި ދަރިފުޅުގެ ދަރިފަސްކޮޅަށް ވެސް ރަޙުމަތް ލައްވާނެ. އަދި މި ބިމުގެ މިލްކުވެރިކަން ދަރިފުޅަށް ދެއްވާނެ. އެއީ މިއަދު ދަރިފުޅު ދިރިއުޅެމުން ތިޔަ ގެންދާ މި ބިމަކީ މާތްކަލާނގެ އިބްރާހީމްގެފާނަށް ދެއްވި ބިމެއް!⁠“


އެންމެފަހުން ޔަޢުޤޫބުގެފާނު، އެކަލޭގެފާނު ބަފައިކަލުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޤަރްޔަތު އަރްބަޢު (މިހާރުގެ ނަމުން ޙަބްރޫނު) ގެ ކައިރީގައިވާ މަމްރާ ގައެވެ. މިތަނަކީ އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމްގެފާނާއި ދެބަފައިކަލުން ބީރައްޓެހިންގެ ގޮތުގައި ދިރިއުޅުއްވި ރަށް ވެސް މެއެވެ.


އޭނާ މިފަދައިން އަމަލުކުރީ އެ ދެބެއިންގެ ޖަނަވާރުތައް ގިނަވެ ގެންގުޅޭނެތަން ހުސްވުމުގެ ސަބަބުން ދިރިއުޅުން ދަތިވުމުންނެވެ.


ޔަޢުޤޫބުގެފާނު ކަންޢާނުގައި ވަޒަންވެރިވެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނުގެ ދިރިއުޅުއްވުން އެރަށުގައި ކުރިއަށް ގެންދެވިއެވެ. އަދި ކަންޢާނުއަކީ އެކަލޭގެފާނުގެ ބައްޕާފުޅު ބީރައްޓެއްސެއްގެ ގޮތުގައި ކުރިން ދިރިއުޅުއްވި ރަށް ވެސްމެއެވެ.


މާތްކަލާނގެ އަހަރެންގެ އާއިލާ އިޚުތިޔާރު ކުރެއްވިއެވެ. އެކަލާނގެ އަހަރެންނާމެދު ދާއިމީ ޢަހުދެއް ކަށަވަރު ކުރެއްވިއެވެ. އެކަލާނގެ އެކުރެއްވި މުއާހިދާއިން ދެއްވާފައިވާ ޔަޤީންކަން ހުރިހާ ދިމާއަކުން ހެޔޮކަން ބޮޑުވެފައި ރައްކާތެރިއެވެ. އެހެން ކަމުން އަހަންނަށް ކޮންމެ ކަމެއްގައި ފަތަޙަ ލިބޭނެކަން ޔަޤީން ވެފައިވެއެވެ. އަހަރެން އެދި ދަންނަވާ ކޮންމެ ކަމެއް އެކަލާނގެ ކޮށް ދެއްވާފައިވެއެވެ.


މާތްރަސްކަލާނގެ ކަލޭމެންގެ ކާބަފައިންނަށް ދެއްވާނެކަމަށް ޢަހުދުކަށަވަރު ކުރެއްވި ކަންޢާނީންގެ ބިން ކަލޭމެންނަށް ދެއްވާ ހިނދު،


އެމީހާ ތިމަންކަލާނގެ ޙަޟްރަތަށް ކުއްތަން ކުރުވައި އަޅުކަމުގެ މަޤާމަށް ގެންގޮސް ސާހިބުމީހާ އޭނާގެ ކަންފަތުގައި ފުއްކަށްޓަކުން ލޯވަޅެއް އަޅަން ވާނެ. އޭރުން އޭނާއަކީ މުޅި އުމުރަށް އޭނާގެ މިލްކެއް ކަމުގައިވާނެ.


ދެން އަހަރެން އެމީހުންނާ އެކުގައި އެމީހުންގެ އިލާހުގެ ގޮތުގައި އެމީހުންގެ ތެރޭގައި ހުންނާނަން.


އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’⁠ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.⁠‘⁠“


އެމީހުންގެ ބައްޕަ އިސްކުރި ފަދައިން އެމީހުން ވެސް މަޤާމަށް އިސްކުރޭ. މިހެން ކަންކުރަމުން އެމީހުން އެވަނީ ޖީލަކަށް ފަހު ޖީލަކާ ހަމަޔަށް އިމާމު ކަމަށް ޚާއްސަ ކުރެވިފައި.⁠“


އެމީހުންނަށް ކަންޢާނުގެ ބިން ދިނުމަށް އަހަރެން ޢަހުދުކަށަވަރު ކުރިން. އެއީ އެމީހުން ބީރައްޓެހިންގެ ގޮތުގައި ކުރީގައި އުޅުނު ބިން.


ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން.


އޭރު އެކަލާނގެ އިބްރާހީމްގެފާނަކަށް އެ ބިމަކުން އެއްވެސް ބައެއް ހިބަކޮށެއް ނުދެއްވާ. އެންމެ ކުޑަވެގެން ފޫޓެއް ހާ މިންވަރު ވެސް އޭރު އަދި އެކަލާނގެ އިބްރާހީމްގެފާނަކަށް ނުދެއްވާ. ނަމަވެސް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުފުޅު ކުރެއްވީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންނަށް އެބިން ދެއްވާނެ ކަމުގަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މި ފަދައިން ވަޢުދު ކުރެއްވި އިރު އަދި އިބްރާހީމްގެފާނުގެ އެއްވެސް ދަރިކަލަކު ނުވޭ.


އީސާގެފާނު އަވަހާރަވީ ކުރީގެ ޢަހުދުނާމާގެ ދަށުގައި ތިބެ ފާފަ ކުރި މީހުންގެ ފާފަތަކަށް ވެސް އަގު ދެއްކެވުމަށްޓަކައެވެ. މިއަދު އެކަލޭގެފާނު ހޮއްވެވި މީހުންނަށްޓަކައި އާ ޢަހުދުނާމާއެއް ހޯއްދަވައި ދެއްވުމުގައި އެކަލޭގެފާނު މެދުވެރިވެ ވަޑައިގެންފިއެވެ. އެ ޢަހުދުނާމާއަކީ މާތްރަސްކަލާނގެ ނިމުމެއް ނުވާ ބަރަކާތް އެމީހުންގެ މައްޗަށް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިދެނިވި ޢަހުދުނާމާއެކެވެ.


ނަސްރު ހޯދާ ފަރާތްތަކަށް މި ހުރިހާ ރަޙުމަތެއް ލިބިދޭނެ. އަދި އަހަރެންނަކީ އެބައިމީހުންގެ ރަސްކަލާނގެ. ހަމައެހެންމެ، އެބައިމީހުންނަކީ އަހަރެންގެ ދަރިން ކަމުގައި ވެސް ވާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ