Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 17:7 - ކިތާބުލް މުޤައްދަސާ

7 އަދި ތިބާގެ ދަރިފަސްކޮޅުގެ އަންނަން އޮތް ޖީލުތަކާއި ހަމައަށް މި ޢަހުދުނާމާ ނިމުމެއް ނުވާނެ ފަދައިން ދެމިގެންދާނެ. ތިމަންކަލާނގެ ވާހުށީ ތިބާއާއި ތިބާގެ ދަރިކޮޅުގެ ކަލާނގެ ކަމުގައި.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 17:7
40 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.⁠“


ކޮންމެ ފިރިހެނަކު ވެސް ޚިތާނު ކުރަން ޖެހޭނެ. އަދި މި ކަމަކީ ދުނިޔަވީ ގޮތުން ތިމަންކަލާނގެ އާއި ތިބާއާއި ދެމެދު ވެވިފައިވާ ޢަހުދުނާމާގެ ފުރިހަމަ ނިޝާން.


އެއާއިއެކު މާތްކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ”⁠ނޫން! ތިބާގެ އަންހެނުން، ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ. އެ ދަރިއަށް އިސްޙާޤުގެ ނަމުން ނަންދީ. ތިމަންކަލާނގެ މި ޢަހުދުނާމާ އެ ދަރިއާއި އެ ދަރީގެ ދަރިފަސްކޮޅާ އެކުގައި އަބަދަށް ދެމިގެންވާނެ. މި ޢަހުދުނާމާކީ އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް.


އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


އެ ހަރުގަނޑުގެ އެންމެ މަތީގައި މާތްރަސްކަލާނގެ ވޮޑިގެން ވަނިކޮށް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަތެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ތިބާގެ ކާފަ އިބްރާހީމްއާއި ތިބާގެ ބައްޕަ އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ، މާތްކަލާނގެ. ތިބާގެ މި ހިނދު ނިދަން ތިޔައޮތް ބިން ތިމަންކަލާނގެ ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ދެއްވާހުށީމު.


ނަމަވެސް ތިމަންކަލާނގެ ތިބާއާއި އެކުގައި ޢަހުދުނާމާއެއް ކުރައްވާނަން. އެނަވަށް އަރާ. އަދި ތިބާގެ ދަރިންނާއި އަނބިންނާއި އަދި އެ ދަރިންގެ އަނބީން ވެސް އެނަވަށް އަރުވާ.⁠“


ކޮންމެ ފަހަރަކު ވެސް އެވިއްސާރަދުނި ފާހަގަކުރައްވައި، ތިމަންކަލާނގެއާއި ދިރިހުރި ހުރިހާ ތަކެއްޗާއި ދެމެދުގައި މިކުރެއްވުނު ނިމުމެއް ނުވާ ޢަހުދުނާމާގެ މަތިން ހަނދުމަފުޅު ކުރައްވާނަން.


އިނބަރަސްކަލާނގެ ވަނީ އިސްރާއީލީންނަކީ އިނބަރަސްކަލާނގެ މީހުންކަމުގައި އަބަދަށްޓަކައި ހައްދަވާފައި. އޭ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ވަނީ އެމީހުންގެ ކަލާނގެ ކަމަށްވެ ވޮޑިގެންފައި!


އަނެއްކާވެސް މާތްކަލާނގެ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠އިސްރާއީލީންގެ ގާތުގައި ބުނޭ: ’⁠އަހަރެންނަކީ ކަލޭމެންގެ ކާބަފައިންގެ އިލާހު، ޔަހޫވޭ އޭ. އަހަރެންނަކީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ. ބުނޭ ތިމަން ފޮނުއްވީ އެކަލާނގެ ފަރާތްޕުޅުންނޭ. އަހަރެންގެ ދާއިމީ ނަންފުޅަކީ މިއީއޭ. ކުރިޔަށް އޮތް ޖީލުތަކަށް އަހަރެންގެ ނަންފުޅު އެނގިގެން ވާނީ މިފަދައިންނޭ.⁠‘


އަހަރެން މިއީ ކަލޭގެ ބައްޕައާއި އިބްރާހީމާއި އިސްޙާޤާއި ޔަޢުޤޫބުގެ ވެރި އިލާހު.⁠“ މޫސާގެފާނަށް އެއަޑުފުޅު އިވިވަޑައިގަތުމުން އެކަލޭގެފާނުގެ އަތްޕުޅުން މޫނުފުޅު ފޮރުއްވިއެވެ. އެހެނީ މާތްކަލާނގެއާ ދިމާއަށް ބެލުމަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީމައެވެ.


އެމީހުންނަށް ކަންޢާނުގެ ބިން ދިނުމަށް އަހަރެން ޢަހުދުކަށަވަރު ކުރިން. އެއީ އެމީހުން ބީރައްޓެހިންގެ ގޮތުގައި ކުރީގައި އުޅުނު ބިން.


ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން.


މާތްރަސްކަލާނގެ ވަޙީކުރައްވާފައިވޭ. ’⁠ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ވެސް އަޅުކަންކުރާ ރަސްކަލާނގެ އޭ.⁠‘ މާތްރަސްކަލާނގެއީ މަރުވެފައިވާ މީހުންގެ ކަލާނގެއެއް ނޫން. އެކަލާނގެއީ ދިރިތިބި މީހުންގެ ކަލާނގެ.⁠“


އެބޭކަލުންގެ މިޢަމަލު އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު ކޯފާވެ ވަޑައިގަންނަވާ އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠އެ ތުއްތު ކުދިންތައް އަހަރެންގެ ކައިރިއަށް އައުން މަނާ ނުކުރޭ! އެ ކުދިން އަހަރެންގެ ކައިރިއަށް އަޔަދީ! މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ މި ކުދިން ފަދަ މީސްތަކުންނަށް.


މި ހަދިޔާ އަކީ ކަލޭމެންނަށާއި ކަލޭމެންގެ ދަރިންނަށާއި ދުރުގައިވާ އެންމެންނަށް ވެސް ވާ ހަދިޔާފުޅެއް. އަދި މި ހަދިޔާ އަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ހޮއްވަވާ އެންމެންނަށްޓަކާމެ ވާ ހަދިޔާއެއް.⁠“


އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުން ދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ ހުރިހާ އެންމެންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ.


އެ ބޭކަލުން ވަޑައިގަންނަވަން ބޭނުންފުޅުވީ އެއަށް ވުރެން ރަނގަޅު ވަޒަނަކަށެވެ. އެއީ ސުވަރުގެއެވެ. އެބޭކަލުންގެ ކަލާނގެއަކީ މާތްރަސްކަލާނގެ ކަމުގައި ދެކޭތީ އެކަލާނގެ ލަދުވެތިވެ ވޮޑިއެއް ނުގަންނަވައެވެ. އެހެންވެ އެކަލާނގެވަނީ އެބޭކަލުންނަށްޓަކައި ވަޒަނެއް ތައްޔާރު ކުރައްވާފައެވެ.


އެކަމަކު ތިމަންކަލާނގެ އިސްރާއީލުންނަށް މި އާ ޢަހުދުނާމާ ގާއިމު ކުރައްވައި، ތިމަންކަލާނގެ މީސްތަކުންގެ ސިކުނޑިއަށް އެއަމުރުފުޅުތައް ވައްދަވައި، އެއަމުރުފުޅުތައް އެމީހުންގެ ހިތްތަކުގައި ލިޔުއްވާނެ ދުވަސް އެބަ އާދެއެވެ. ތިމަންކަލާނގެ ވާހުށީ އެމީހުންގެ ކަލާނގެ ކަމުގައެވެ. އަދި އެމީހުން ވާހުށީ ތިމަންކަލާނގެ މީހުން ކަމުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ