Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 17:15 - ކިތާބުލް މުޤައްދަސާ

15-16 އަދިވެސް މާތްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މީގެ ފަހުން ތިބާގެ އަންހެނުންނަށް ސާރާއީ ގެ ނަމުން މުޚާތަބު ކުރައްވައިގެން ނުވާނެ. މިހިނދުން ފެށިގެން އެ ކަނބުލޭގެ ނަމަކަށް ވާންޖެހޭނީ ސާރާ. ތިމަންކަލާނގެ ނިޢުމަތްފުޅު އެކަނބުލޭގެއަށް ލިބިގެންވޭ. ތިމަންކަލާނގެ އެކަނބުލޭގެއަށް ދަރިއަކު ދެއްވާނަން. ތިމަންކަލާނގެ ހެޔޮ ރަޙުމަތާއި ނިޢުމަތުން އެކަނބުލޭގެ ޤައުމު ތަކެއްގެ މައިކަނބަލެއް ކަމުގައި ލައްވާނަން. ގިނަގުނަ ރަސްކަލުން އެކަނބުލޭގެ ދަރިފަސްކޮޅުން އުފަން ކުރައްވާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 17:15
7 ပူးပေါင်းရင်းမြစ်များ  

އަބްރާމް އާއި ނާޙޫރު ވެސް މީހުންނާއި ކައިވެނި ކުރެއްވިއެވެ. އަބްރާމްގެ އަނބިކަނބަލުންގެ ނަމަކީ ސާރާއީ އެވެ. ނަހޫރުގެ އަންހެނުންގެ ނަމަކީ މަލްކަތު އެވެ. މަލްކަތު އަކީ ހާރާންގެ އަންހެންދަރިފުޅެކެވެ. ހާރާންއަކީ މަލްކަތު އާއި ޔިސްކަތު، މިދެއަންހެނުންގެ ބައްޕައެވެ. ސާރާއީއަށް އަދި ދަރިއަކު ލިބިވަޑައެއް ނުގަނެއެވެ. އެކަނބުލޭގެފާނަކީ ދަރިން ނުލިބޭ އަންހެނެކެވެ.


ޚިތާނުގަ ލެވިފައިނުވާ ކޮންމެ ފިރިހެނަކު ތިމަންކަލާނގެ މީހުންގެ ތެރެއިން މުޅިން ވަކިކޮށްލެވެން ޖެހޭނެ. އެމީހަކީ ތިމަންކަލާނގެ ޢަހުދުނާމާއާ ޚިލާފުވެ އެއަށް ޙުރުމަތެއް ނުބެހެއްޓި މީހެއް.⁠“


އެއަށް ފަހު އެމީހާ ބުންޏެވެ. ”⁠މީގެ ފަހުން ތިބާގެ ނަމަކީ ޔަޢުޤޫބެއް ނޫން. ތިބާގެ ނަމަކީ އިސްރާއީލު. ސަބަބަކީ ތިބާ އިންސާނުންނަށާއި އަދި މާތްކަލާނގެއަށް ދޫނުކޮށް ތަޅާފޮޅައިގެން ތިބާ މޮޅުވުން.⁠“


އޭގެ ފަހުން މާތްރަސްކަލާނގެ ނާޘާން ނަބީކަލޭގެފާނު މެދުވެރި ކުރައްވައި ސުލައިމާނަށް ޔަދީދިޔާގެ ނަމުން ނަން ދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ