Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 17:14 - ކިތާބުލް މުޤައްދަސާ

14 ޚިތާނުގަ ލެވިފައިނުވާ ކޮންމެ ފިރިހެނަކު ތިމަންކަލާނގެ މީހުންގެ ތެރެއިން މުޅިން ވަކިކޮށްލެވެން ޖެހޭނެ. އެމީހަކީ ތިމަންކަލާނގެ ޢަހުދުނާމާއާ ޚިލާފުވެ އެއަށް ޙުރުމަތެއް ނުބެހެއްޓި މީހެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 17:14
24 ပူးပေါင်းရင်းမြစ်များ  

އަދިވެސް މާތްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މީގެ ފަހުން ތިބާގެ އަންހެނުންނަށް ސާރާއީ ގެ ނަމުން މުޚާތަބު ކުރައްވައިގެން ނުވާނެ. މިހިނދުން ފެށިގެން އެ ކަނބުލޭގެ ނަމަކަށް ވާންޖެހޭނީ ސާރާ. ތިމަންކަލާނގެ ނިޢުމަތްފުޅު އެކަނބުލޭގެއަށް ލިބިގެންވޭ. ތިމަންކަލާނގެ އެކަނބުލޭގެއަށް ދަރިއަކު ދެއްވާނަން. ތިމަންކަލާނގެ ހެޔޮ ރަޙުމަތާއި ނިޢުމަތުން އެކަނބުލޭގެ ޤައުމު ތަކެއްގެ މައިކަނބަލެއް ކަމުގައި ލައްވާނަން. ގިނަގުނަ ރަސްކަލުން އެކަނބުލޭގެ ދަރިފަސްކޮޅުން އުފަން ކުރައްވާނަން.⁠“


އެގޮތުން ޔަޢުޤޫބުގެފާނުގެ ދަރިން ޝަކީމް އާއި އޭނާގެ ބައްޕައަށް މިފަދައިން ބުންޏެވެ. ”⁠ތިޔަފަދަ ކަމެއް އަހަރެމެންނަކަށް ކުރެވޭކަށް ނޯންނާނެ. ޚިތާނު ކުރެވިގެންނުވާ ފިރިހެނަކާއި އަހަރެމެންގެ އަންހެން ކޮއްކޮ ކައިވެނި ކުރުމަށް އަހަރެމެންނަކަށް ނުދެވޭނެ. ޅަނދޮޅު އަންހެން ކުއްޖަކު ޚިތާނު ނުކޮށް ހުރި ތިޔަފަދަ ފިރިހެނަކާއި ދެވުމަކީ އަހަރެމެންނަށް ހުރި ލަދުވެތިކަމެއް.


ހަތް ދުވަސް ވަންދެން ކަމީރުލީ އެއްވެސް އެއްޗެއް ކަލޭމެން ކައިގެން ނުވާނެއޭ. ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ. ޢީދުގެ ފުރަތަމަ ދުވަހު ކަލޭމެންގެ ގޭގައި ހުރިއްޔާ ހުރިހާ ކަމީރެއް ބޭރު ކުރާށޭ. އެ ދުވަސްތަކުގައި އެކަކު ވެސް ކަމީރުލީ އެއްޗެއް ކައިފިނަމަ އެމީހަކު އިސްރާއީލުގެ ޖަމާޢަތުން ބޭރުކުރަން ވާނެއޭ.


މި ހަތް ދުވަހުގެ ތެރޭގައި ކަލޭމެންގެ ގޭގައި ކަމީރުގެ އެތިކޮޅެއް ވެސް ހުރެގެން ނުވާނެއޭ. މި ދުވަސްތަކުގައި ކަމީރުލީ އެއްޗެއް ކައިފި މީހަކު އިސްރާއީލީންގެ ޖަމާޢަތުން ބޭރު ކުރެވޭނެއޭ. އިސްރާއީލުގައި ދިރިއުޅޭ ބީރައްޓެހިން ވެސް އިސްރާއީލީންގެ ވަޒަންވެރިން ފަދައިން މި ގަވާއިދަށް ތަބާވާން ވާނެއޭ.


މި ތެޔޮ މި ގޮތަށް އިމާމަކާ ނުލައި އަމިއްލަ އަމިއްލައަށް ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރުކޮށްލެވޭނެޔޭ.⁠‘⁠“


އެކަކު ވެސް އެމީހެއްގެ އަމިއްލަ ބޭނުމަކަށް މި ގޮތަށް ދުން އުފައްދައި ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލަން ޖެހޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ