Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 17:13 - ކިތާބުލް މުޤައްދަސާ

13 ކޮންމެ ފިރިހެނަކު ވެސް ޚިތާނު ކުރަން ޖެހޭނެ. އަދި މި ކަމަކީ ދުނިޔަވީ ގޮތުން ތިމަންކަލާނގެ އާއި ތިބާއާއި ދެމެދު ވެވިފައިވާ ޢަހުދުނާމާގެ ފުރިހަމަ ނިޝާން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 17:13
15 ပူးပေါင်းရင်းမြစ်များ  

އަބްރާމްއަށް އެކަލޭގެފާނުގެ ބޭބެގެ ފިރިހެންދަރިފުޅު ހިނގާދިޔަ ހަނގުރާމައިގައި ހައްޔަރުވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ ހަތިޔާރުއެޅި ލަޝްކަރުންނަށް ތައްޔާރު ވުމަށް އެންގެވިއެވެ. ތިން ސަތޭކަ އަށާރަ ފަހުލަވާނުން ހިމެނޭ މި ލަޝްކަރު އެ ހަތަރު ރަސްކަލުން ހޯދުމަށް ގޮސް އެމީހުން ފެނުނީ ދާނުއޭ ކިޔާ ރަށުންނެވެ.


އިނބަރަސްކަލާނގެ މިއަޅާއަށް ދަރިއަކު ނުދެއްވާ. މިއަޅާގެ ހުރިހާ މިލްކިއްޔާތެއް ދާނީ މިއަޅާގެ ކޮންމެވެސް ޚާދިމެއްގެ އަތްމައްޗަށް.⁠“


އަދި ތިބާގެ ދަރިފަސްކޮޅުގެ އަންނަން އޮތް ޖީލުތަކާއި ހަމައަށް މި ޢަހުދުނާމާ ނިމުމެއް ނުވާނެ ފަދައިން ދެމިގެންދާނެ. ތިމަންކަލާނގެ ވާހުށީ ތިބާއާއި ތިބާގެ ދަރިކޮޅުގެ ކަލާނގެ ކަމުގައި.


އެކަލޭގެއަކީ އަހަރެމެން އަޚެއްމެ. އަހަރެމެން އެކަލޭގެ މަރުގެ ޒިންމާ ނެގުމުގެ ބަދަލުގައި މިއަންނަ އިސްމާޢީލީންގެ ގާފިލާގެ ވިޔަފާރިވެރިއަކަށް އެކަލޭގެ ވިއްކާލަމާ ހިނގާ!⁠“ މިގޮތާއިމެދު ޔަހޫޛާގެ އެންމެހާ އަޚުން އެއްބަސްވިއެވެ.


އެ ހިނދު ޔޫސުފުގެފާނު ގަތް ވިޔަފާރި ގާފިލާ މިޞްރަށް ހިނގައްޖެއެވެ. އަދި އެކަލޭގެފާނު ގަތް މިދްޔާން ވަންހައިގެ ވިޔަފާރިވެރިން މިޞްރުގެ ރަސްގެފާނުގެ ގަނޑުވަރުގެ ސަލާމަތީކަންތައް ބަލަހައްޓާ ވަޒީރު ފޫޠީފާރުއޭ ކިޔުނު މީހަކަށް އެކަލޭގެފާނު އަޅުކުއްޖެއްގެ ގޮތުގައި ވިއްކާލެއްވިއެވެ.


އިސްމާޢީލީންގެ ވިޔަފާރި ގާފިލާއިން ޔޫސުފުގެފާނު ބައްލަވައިގަތުމަށް ފަހު އެ ގާފިލާ އާއި އެކުގައި އެކަލޭގެފާނު މިޞްރަށް ގެންދެވިއެވެ. އަދި އިސްމާޢީލީންގެ މި ވިޔަފާރި ގާފިލާއިން މިޞްރުގެ ރަސްގެފާނު ސަލާމަތީކަންތަކާ ބެހޭ ވަޒީރު ފޫޠީފާރުއަށް މިޞްރުގައި އެކަލޭގެފާނު ވިއްކާލެއްވިއެވެ.


ކޮންމެ ފަހަރަކު ވެސް އެވިއްސާރަދުނި ފާހަގަކުރައްވައި، ތިމަންކަލާނގެއާއި ދިރިހުރި ހުރިހާ ތަކެއްޗާއި ދެމެދުގައި މިކުރެއްވުނު ނިމުމެއް ނުވާ ޢަހުދުނާމާގެ މަތިން ހަނދުމަފުޅު ކުރައްވާނަން.


އެކަމަކު ކަލޭމެން ގަނެގެން ގެންގުޅޭ އަޅަކު ޚިތާނު ކޮށްފައި ވާނަމަ އޭނާ އެއިން ކެޔަސް އެންމެ ރަނގަޅު.


ގަދަކަމުން މީހުން އަތުލައިގަންނަ މީހުން ވެސް މަރާލަން ޖެހޭނެ. އެއީ އެ އަތުލައިގަތް މީހުން އޭނާ ގެންގުޅުނު ކަމުގައިވިޔަސް ނުވަތަ ވިއްކާލި ކަމުގައިވިޔަސްމެ.


ކަލޭމެން ޢިބްރާނީންގެ އަޅަކު ގަނެފިނަމަ އޭނާ ހަ އަހަރަށް ވުރެން ގިނަ ދުވަހު ގެންގުޅެގެން ނުވާނެ. ހަތްވަނައަށްވާ އަހަރު އޭނާ މިނިވަން ކުރަން ވާނެ. އޭނާ މިނިވަން ވުމަކަށް އަގެއް ދައްކާކަށް ނުޖެހޭނެ.


އޭނާގެ ވެރިމީހާ އޭނާއަށް އަނތްބަކު ދީ އަދި އެ އަނބިމީހާގެ ފަރާތުން އޭނާއަށް ދަރިން ލިބިފައިވާނަމަ، ހަތްވަނަ އަހަރު އޭނާ މިނިވަން ވާއިރު މިނިވަން ވާނީ އަޅުކަލޭގެ އެކަނި. އެ އަނބިމީހާއާއި ދަރިންނަކީ ސާހިބުމީހާގެ މިލްކެއް.


ނަމަވެސް އެ ޚާދިމުގެ ކިބައިގައި އޭނާ ރަސްގެފާނަށް ދަރާފައިވާ ދަރަނި އަދާކުރެވޭފަދަ ތަނަވަސްކަމެއް ނެތް. ވީމާ ރަސްގެފާނު އަމުރު ކުރެއްވީ އޭނާއާއި އޭނާގެ އަނބިމީހާއާއި ދަރިންނާއި އަދި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެއްޗެއް ވެސް ވިއްކާލުމަށް. އެއަށް ފަހު އެފައިސާއިން އޭނާ ރަސްގެފާނަށް ދަރާފައިވާ ދަރަނި އަދާކުރުމަށް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ