Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 17:10 - ކިތާބުލް މުޤައްދަސާ

10 ތިބާއާއި ތިބާގެ ދަރިފަސްކޮޅުގެ އެންމެހާ ފިރިހެނުން ޚިތާނުގެ ލެއްވުމަށް ގަބޫލުވާން ޖެހޭނެ. އަދި އެކަމަށް ފުރިހަމައަށް އަމަލު ކުރަން ޖެހޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 17:10
29 ပူးပေါင်းရင်းမြစ်များ  

މިއަދުން ފެށިގެން އުމުރުން އަށްދުވަސް ހަމަވެފައިވާ ކޮންމެ ފިރިހެން ކުއްޖަކު ޚިތާނުގަ ލައްވަން ޖެހޭނެ. ހަމައެހެންމެ އަޅުންގެ ގޮތުގައިގެންގުޅޭ ދޭސީ ފިރިހެން ކުދިންނާއި އަޅުންގެ ގޮތުގައި ބިދޭސީ ޤައުމުތަކުން ގަނެގެން ގެންގުޅޭ ފިރިހެން ކުދިން ވެސް ޚިތާނުގަ ލައްވަން ޖެހޭނެ. މިކަމުން ރަމްޒުކޮށް ދެނީ ތިބާއާއި ތިމަންކަލާނގެ އާއި ދެމެދު ވެވުނު ޢަހުދުނާމާއަށް ފުރިހަމައަށް އެއްބަސްވާކަން.


ޖެހިގެން އައިދުވަހު މާތްކަލާނގެ ވަޙީބަސްފުޅަށް ޙުރުމަތްތެރިކޮށް ހިއްތަވައި ކިޔަމަންތެރިކަން އަދާ ކުރައްވައި، އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޚިތާނު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ހިޔާވަހިކަމުގެ ދަށުގައި ތިބިހާ ފިރިހެނުންނާއި އަޅުންގެ ގޮތުގައި ތިބި ދޭސީ އަދި ބިދޭސީ އެންމެހާ ފިރިހެނުން ވެސް ޚިތާނު ކުރެއްވިއެވެ.


އެދަރިކަލުންގެ އުމުރުފުޅުން އަށްވަނަ ދުވަހު މާތްކަލާނގެ ވަޙީ ކުރެއްވި ގޮތުގެ މަތިން އިބްރާހީމްގެފާނު އެދަރިކަލުން ޚިތާނު ކުރެއްވިއެވެ.


އެހެނަސް ތިބާއަށް އެކަނބުލޭގެ އާއި ކައިވެނި ކުރެވިދާނެ ޝަރުތެއް އެބައޮތް. އެއީ ތިބާ އާއި ތިބާގެ އިތުރުން މުޅި މިވަންހައިގެ އެންމެހާ ފިރިހެނުން އަހަރެމެން ފަދައިން ޚިތާނު ކުރުން.


ނަމަވެސް އެބައިމީހުންގެ މި ޝަރުތަށް އަހަރެމެން އެއްބަސްވާން ޖެހޭ. އެއީ އެބައިމީހުންގެ ފިރިހެނުން ފަދައިން އަހަރެމެންގެ ފިރިހެނުން ޚިތާނު ކުރަންޖެހޭ. އޭރުން އެބައިމީހުން އަހަރެމެންގެ މިސަހަރުގައި ދިރިއުޅުމަށް އެއްބަސްވޭ. އަދި އަހަރެމެން ދެބައިމީހުން އެއްބައެއްގެ ގޮތުގައި ވާނެވެސްމެ.


އެކަމަކު ކަލޭމެންގެ ތެރޭގައި އުޅޭ ބީރައްޓެއްސަކު މި ޢީދުގައި ބައިވެރިވާން ބޭނުންނަމަ އެމީހެއްގެ ގޭބިސީގައި އުޅޭ ހުރިހާ ފިރިހެނުން ޚިތާނު ކުރަން ވާނެ. އޭރުން އިސްރާއީލުގެ އުފަން މީހެއް ފަދައިން އޭނާއަށް ވެސް އެ ޢީދުގައި ބައިވެރި ވެވޭނެ. ޚިތާނު ނުކުރެވޭ އެއްވެސް ފިރިހެނަކު، ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުމުގައި ބައިވެރިވެގެން ނުވާނެ.


އެ ހިނދު މޫސާގެފާނުގެ އަނބިކަނބަލުން ސޮފޫރާ ތޫނު ހިލަގަނޑަކުން އޭނާގެ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި އެވެ. އަދި އެހަންކޮޅު މޫސާގެފާނުގެ ފައިންޕުޅުގައި ޖައްސާފައި ބުންޏެވެ. ”⁠މިހާރު ކަލޭގެފާނަކީ ލޭގެ ގޮތުން އަހަރެންގެ ފިރިމީހާ!⁠“


އެކަމަކު ކަލޭމެން ވެސް ސަބަތުގެ ދުވަހަކު ކުއްޖަކު ޚިތާނު ކުރަން ވެއްޖިއްޔާ އެބަ ކުރޭ. އަދި ޚިތާނު ކުރުމަކީ މޫސާގެފާނުގެ ވެސް ކުރިން އަހަރެމެންގެ ކާބަފައިންގެ ކިބައިން އަހަރެމެންގެ ތެރެއަށް އައިސްފައިވާ ކަމެއް.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’⁠ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.⁠‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީ ދުވަހު އެދަރިކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން.


ކަލޭމެންނަކީ ބަނީއިސްރާއީލުންގެ މީހަކަސް ނުވަތަ ބަނީއިސްރާއީލު ނޫން މީހަކަސް، ނޫނީ މީހެއްގެ އަޅަކަސް ނުވަތަ މިނިވަނަކަސް، ނުވަތަ އަންހެނަކަސް ފިރިހެނަކަސް، ކަލޭމެން އެންމެންނަކީ ވެސް ހަމަހަމަ އެއްވަރު ބަޔަކަށްވެ އެކައްޗަކަށް ވެފައި ތިޔަވަނީ އީސާގެފާނަށް އީމާންވެ ތިބީމައެވެ.


ކަލޭމެންނަށް ޚިތާނު ކުރުމަށް މަޖުބޫރުކުރަމުން އެދާ މީހުން އެކަން އެކުރަނީ ހަމައެކަނި މީހުންގެ ކުރިމަތީގައި މާ ރަނގަޅުބަޔަކަށް ވުމަށެވެ. އެމީހުން އެގޮތަށް އެކަންތައް ކުރަނީ އަލްމަސީޙު ދެއްކެވި ގޮތަށް ކަންތައް އުގަންނައި ދިނުމުން އެމީހުންނަށް ލިބިދާނެ އަނިޔާއަކުން ސަލާމަތް ވެ ގަތުމަށެވެ.


އުފަންވުމުގައި ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން މީސްތަކުންނާ މެދުގައި ޚިތާނު ކުރެވިގެން ނުވާ ބައެއް ކަމުގައި ބަނީއިސްރާއީލުން ބުނެއެވެ. އަދި ބަނީއިސްރާއީލުން އެބައިމީހުންނާއި މެދުގައި އެބައިމީހުންނަކީ ޚިތާނު ކުރެވިގެންވާ ބައެއް ކަމުގައި ބުނެއެވެ. (މިކަން ޙަވާލާދެނީ ޖިސްމާނީ ގޮތުން އިންސާނުން ކުރާ ކަމެއް ކަމުގައެވެ.) މާޒީގައި ތިޔަބައިމީހުން ތިބި ޙާލަތާއި މެދުގައި ތިޔަބައިމީހުން ހަނދާންކުރާށެވެ.


އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ