Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 16:7 - ކިތާބުލް މުޤައްދަސާ

7-8 ޝޫރަށް ދާ މަގުމަތީގައިވާ ސަހަރާގެ ތެރޭ، ފެންއާރެއްގެ ކައިރީ ހާޖަރު ހުއްޓާ މާތްރަސްކަލާނގެ މަލާއިކަތާ އޭނާ އާއި ބައްދަލު ކުރެއްވިއެވެ. އެ މަލާއިކަތާ ހާޖަރަށް ވިދާޅުވިއެވެ. ”⁠ސާރާއީގެ އަޅު އަންހެނާ. ތިޔަ އަންނަނީ ކޮންތާކުންތަ؟ ތިޔަ ދަނީ ކޮންތާކަށްތަ؟⁠“ ހާޖަރު ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅާ މި ދުވަނީ އަޅުގެ ސާހިބާ ސާރާއީ އާއި ދުރަށް ދިޔުމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 16:7
13 ပူးပေါင်းရင်းမြစ်များ  

އިބްރާހީމްގެފާނު ޙަބްރޫނު ދޫކުރައްވާ ކަންޢާނު ގެ ދެކުނަށް ވަޑައިގެން ޤާދަޝް އާއި ޝޫރު އާއި ދެމެދުގައިވާ ޖަރާރުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ.


އެކުއްޖާގެ ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގެންވިއެވެ. އެ ހިނދު އެކަލާނގެ މަލާއިކަތާ އުޑުން ފޮނުއްވައި ހާޖަރުއާއި މުޚާތަބުކޮށް ވިދާޅުވިއެވެ: ”⁠ހާޖަރު، ފިކުރު ބޮޑުވެ ތިޔަ ރޮނީ ކީއްވެ؟ ބިރުނުގަނޭ. އެދަރިފުޅުގެ ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގަންނަވައިފި.


ތެދުވެގެން ގޮސް ކަނބުލޭގެ އަތްދަނޑިމައްޗަށް އެ ދަރިފުޅު ނަންގަވާ ދަރިފުޅު މަސަލަސް ކުރޭ. ތިމަންކަލާނގެ މަތިވެރިވެގެންވާ ޤައުމެއް އެދަރިފުޅުގެ ދަރިފަސްކޮޅުން އުފައްދަވާނަން.⁠“


ދެން އެތަނުގައި ވީ ފެންވަޅެއް މާތްކަލާނގެ ހާޖަރަށް ދެއްކެވިއެވެ. އެ ހިނދު އެ ފެންވަޅުގެ ކައިރިއަށް ހާޖަރު ގޮސް އެކަނބުލޭގެ އަތުގައި އޮތް ހަން ފުރެންދެން ފެންއަޅައި އެދަރިފުޅަށް ފެންބޯންދީފިއެވެ.


ނަމަވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ މަލާއިކަތާ އުޑުން ގޮވާލެއްވިއެވެ. ”⁠އިބްރާހީމް! އިބްރާހީމް!⁠“ އިބްރާހީމްގެފާނު ޖަވާބުދެއްވިއެވެ. ”⁠އަޅާ ޙާޟިރުވެ އެބަ ހުރީމު!⁠“


މާތްރަސްކަލާނގެ މަލާއިކަތާ އުޑުން ދެވަނަފަހަރަށް އިބްރާހީމްގެފާނަށް ވިދާޅުވިއެވެ.


އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްކަލާނގެ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްކަލާނގެ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.


އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅު ދިރިއުޅެމުން ގެންދިޔައީ ޙަވީލާ އިން ފެށިގެން ޝޫރު އާއި ދެމެދުގައި ވީ ސަރަހައްދުތަކުގައެވެ. އެއީ އައްޝޫރުއަށް ދާން އޮންނަ މަގުން މިޞްރުގެ އިރުމަތީ ފަރާތުގައެވެ. އިސްމާޢީލްގެފާނާއި އާއިލާ ދިރިއުޅުއްވަމުން ގެންދެވީ އިބްރާހީމްގެފާނުގެ ދަރިފަސްކޮޅުގެ އެހެން މީހުންނާއި މުޅިން އެކަހެރި ކޮށެވެ.


އެއަށް ފަހު އަހަރެންގެ އެ ހުވަފެނުގައި މާތްކަލާނގެ މަލާއިކަތާ ވަޑައިގެން ’⁠ޔަޢުޤޫބޭ!⁠‘ ވިދާޅުވި ހިނދު އަހަރެން ރައްދުގައި މިފަދައިން ދެންނެވިން. ’⁠އާދެ، އަޅާ އަޑުހަމޭ!⁠‘


ދެން މޫސާގެފާނު ބަނީ އިސްރާއީލީން ގޮވައިގެން ރަތްކަނޑާ ދުރަށް ޝޫރު ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެމީހުން އެ ސަހަރާގެ ތެރޭގައި ތިން ދުވަސްވަންދެން ހިނގި އިރު ވެސް އެތަނަކުން ފެނެއް ނުފެނުނެވެ.


އެތަނުގައި މާތްރަސްކަލާނގެ މަލާއިކަތާ އަލިފާނުގެ ހުޅުގަނޑެއް ފަދައިން އެކަލޭގެފާނަށް ފާޅުވެ ވަޑައި ގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެ ގަސްގަނޑުގައި އަލިފާން ރޯވެފައިވާ ތަނެވެ. ގަސްބޮނޑީގައި އަލިފާން ހުޅު ރޯވެފައި ހުރި އިރު ވެސް އެގަސްތައް އަނދަމުންނެއް ނުދެއެވެ.


މާތްރަސްކަލާނގެ ހުރިހާ ކަމެއް ބައްލަވާވޮޑިގަންނަވައެވެ. ހެވަކަސް ނުބަޔަކަސް ވެހެވެ.


ދެން ޝާއުލްގެފާނު ޢަމާލިޤީން ބަލި ކުރައްވައިފިއެވެ. އެމީހުންގެ ފަހަތުން އެކަލޭގެފާނު ޙަވީލާއިން ޝޫރުއާ ހަމަޔަށް ވަޑައިގަތެވެ. އެއީ މިޞްރުގެ އިރުމަތިން އިންވެގެން އޮންނަ ރަށެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ