Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 16:5 - ކިތާބުލް މުޤައްދަސާ

5 މި ގޮތަށް ދިމާވުމުން ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”⁠މި ހުރިހާ ކަމެއްގެ ކުށްވެރިއަކީ ކަލޭގެފާނު. އަހަރެންގެ އަޅު އަންހެން މީހާ އަހަރެން ކަލޭގެފާނަށް ދިނީމު. އެކަމަކު އޭނާ ބަލިވެއިންކަން ގައިމުވުމުން އަހަރެންނާއި މެދު ނަފްރަތު ކުރަން ފަށައިފި. އަހަންނާއި މެދު ކަލޭގެފާނަށް ތިޔަ ކަންތައް ކުރެއްވެނީ ކިހާ އިހާނެތިކޮށް. މިކަމާއި މެދު މާތްރަސްކަލާނގެ ކުރިފުޅުމަތީ ކަލޭގެފާނު ޒިންމާ އުފުއްލަވަން ޖެހޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 16:5
12 ပူးပေါင်းရင်းမြစ်များ  

ދެން އަބްރާމް ހާޖަރު އާއިއެކު ރޭކުރެއްވިއެވެ. ހާޖަރުއަށް އޭނާ ބަލިވެ އިންކަން ގައިމުވުމުން އެކަމާ ބޮޑާވެ، ސާރާއީއަށް ނަފްރަތު ކުރަން ފަށައިފިއެވެ.


އަހަރެންގެ ބައްޕަ ނާޙޫރުގެ ކަލާނގެ އަދި ތިބާގެ ކާފަ އިބްރާހީމްގެފާނުގެ ކަލާނގެ މާތްކަލާނގެ އަހަރެމެން ދެމީހުންގެ މެދުގައި އިންސާފު ކުރައްވާނެ.⁠“ އެހެންވެ، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެ ފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ ނަންފުޅުގައި ޢަހުދުކަށަވަރު ކުރެއްވިއެވެ.


އެމީހުން އެ ދެބޭކަލުންނަށް ދެންނެވިއެވެ. ”⁠ކަލޭމެން ދެމީހުން ތިޔަ ކުރިކަންތަކަށް މާތްރަސްކަލާނގެ ކަލޭމެންނަށް އަދަބު ދެއްވާށި. ކަލޭމެންނާ ހެދި އަހަރެމެން މިވަނީ ފިރުޢައުނާއި އަހަރެމެންގެ މައްޗަށް އެރަސްގެފާނު އިސްކުރައްވާފައި ތިބި ވެރިންގެ ކުރިމަތީގައި ކުނި ވަސްދުވާ ބައެއް. ކަލޭމެން ތިޔަ ކުރި ކަމަކުން އަހަރެމެން މަރާލަން އެމީހުންނަށް އުޒުރެއް ލިބިއްޖެ.⁠“


ދާއޫދު މިވާހަކަ ދަންނަވާ ނިމުމުން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ! ތިއީ ކަލޭގެ އަޑުތަ؟⁠“ ދެން އެކަލޭގެފާނު ގަދަ އަޑުން ކީރިތި ކުރައްވައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ