ފެށުން 16:4 - ކިތާބުލް މުޤައްދަސާ4 ދެން އަބްރާމް ހާޖަރު އާއިއެކު ރޭކުރެއްވިއެވެ. ހާޖަރުއަށް އޭނާ ބަލިވެ އިންކަން ގައިމުވުމުން އެކަމާ ބޮޑާވެ، ސާރާއީއަށް ނަފްރަތު ކުރަން ފަށައިފިއެވެ. အခန်းကိုကြည့်ပါ။ |
މި ގޮތަށް ދިމާވުމުން ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”މި ހުރިހާ ކަމެއްގެ ކުށްވެރިއަކީ ކަލޭގެފާނު. އަހަރެންގެ އަޅު އަންހެން މީހާ އަހަރެން ކަލޭގެފާނަށް ދިނީމު. އެކަމަކު އޭނާ ބަލިވެއިންކަން ގައިމުވުމުން އަހަރެންނާއި މެދު ނަފްރަތު ކުރަން ފަށައިފި. އަހަންނާއި މެދު ކަލޭގެފާނަށް ތިޔަ ކަންތައް ކުރެއްވެނީ ކިހާ އިހާނެތިކޮށް. މިކަމާއި މެދު މާތްރަސްކަލާނގެ ކުރިފުޅުމަތީ ކަލޭގެފާނު ޒިންމާ އުފުއްލަވަން ޖެހޭނެ.“
އެއްދުވަހަކު ހާޖަރުގެ ފިރިހެންދަރިކަލުން އިސްމާޢީލް، އިސްޙާޤާއިއެކުގައި ތޮޅެސަމާސާ ކުރަނިކޮށް ސާރާއަށް ފެނިވަޑައިގަތެވެ. އަދި ސާރާ އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”މިޞްރުގެ މި ޖާރިޔާ އާއި އޭނާގެ ދަރި ފޮނުވާލައްވާ! އަދި އޭނާގެ ދަރިއަށް ތަރިކަ މުދަލުން އެއްވެސް މިންވަރެއް ވެސް ދެއްވައިގެން ނުވާނެ. އެންމެހާ ތަރިކަ މުދަލެއް ލިބެން ޖެހޭނީ އަހަރެންގެ ދަރިފުޅު އިސްޙާޤަށް.“