Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 16:15 - ކިތާބުލް މުޤައްދަސާ

15-16 އަބްރާމްގެ އުމުރުފުޅުން އަށްޑިހަ ހަ އަހަރުގައި ހާޖަރު ފިރިހެން ދަރިއަކު ވިހައިފިއެވެ. އެ ދަރިފުޅުއަށް އިސްމާޢީލްގެ ނަމުން ނަންދެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 16:15
13 ပူးပေါင်းရင်းမြစ်များ  

ތިބާ މިހާރު ތިޔަ އިނީ ފިރިހެން ދަރިއަކަށް ބަލިވެ، އެ ދަރިފުޅުގެ ނަމަކަށް އިސްމާޢީލް އޭ ކިޔައި ނަންދީ. އެހެނީ މާތްރަސްކަލާނގެ ތިބާގެ ހިތްދަތިވެގެން ރުއި ރުއިމުގެ އަޑު އައްސަވައިފި. ތިބާއަށް ތިޔަ ލިބޭ ފިރިހެން ދަރިއަކީ ވަރުގަދަ ހިމާރެއް ފަދަ ކުއްޖެއް. އަދި އޭނާ އެންމެންނާއި ދެކޮޅުވެރިވާނެ. ހަމައެހެންމެ، އެމީހުން ވެސް އޭނާއާ ދެކޮޅުވެރިވާނެ. އޭނާގެ ދިރިއުޅުން ބިނާވާނީ އޭނާގެ އާއިލާއާއި ވަކިން.⁠“


އެތާ ހުރި ވަޅަށް، ބިއުރުލަޙައިރުއީ ކިޔައި ނަންދެވުނީ އެހެންވެއެވެ. މިވަޅު ހުންނަނީ ޤާދަޝް އާއި ބާރަދުއާ ދެމެދުގައެވެ.


އިސްމާޢީލްއާ މެދު ތިބާ ބުނިބަސްތައް ތިމަންކަލާނގެ އަޑު އެއްސެވީމު. ތިމަންކަލާނގެ ރަޙުމަތް އޭނާއާ އެކުގައި ވާނެ. އަދި ގިނަ ދަރިންތަކެއް އޭނާއަށް ދެއްވައި ގިނަ ދަރިފަސްކޮޅެއް ދެއްވާނަން. ބާރަ ރަސްދަރިކަލުންގެ ބަފައެއް ކަމުގައި އޭނާ ލައްވާނަން. އަދި އޭނާގެ ދަރިފަސްކޮޅުން ފުރިހަމަ ވެގެންވާ ޤައުމެއް ގާއިމުވާނެ.


މިއީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅު އުފެދިގެން ދިޔަ ގޮތުގެ ވާހަކައެވެ. (އިސްމާޢީލްގެފާނުގެ މައިކަނބަލަކީ މިޞްރުގެ އަންހެނެއް ކަމުގައި ވީ ސާރާގެ އަޅު ހާޖަރު އެވެ.)


އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ އިސްޙާޤުގެފާނާއި އިސްމާޢީލްގެފާނާއި ދެބޭފުޅުން އެކަލޭގެފާނު ފަސްދާނު ލެއްވީ ޙިއްޘީއެއް ކަމުގައިވާ ޞޫޙަރުގެ ދަރި ޢިފްރޫންގެ އަތުން އެކަލޭގެފާނު ބައްލަވައިގެންފައިވާ މަމްރާގެ އިރުމަތީ ފަރާތުގައިވާ ދަނޑުފަނގުގެ ތެރޭގައިވާ މަކްފީލަތު ހޮހަޅައިގައެވެ. އަދި އެކަލޭގެފާނު ފަސްދާނު ލެއްވުނީ އެކަލޭގެފާނު އަނބިކަމަނާ ސާރާގެ ގަބުރުފުޅާއި ޖެހިގެންނެވެ.


އޭރު ޢީސޫގެ ދެ އަނބިން ތިބި ކަމުގައި ވިއަސް އެކަލޭގެފާނުގެ ބަފައިފުށު ބޮޑުބޭބެ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަންހެން ދަރިކަލެއް ކަމުގައިވާ މަޙްލަތު އާއި ކައިވެނި ކުރެއްވިއެވެ. (މި މަޙްލަތު އަކީ ނަބާޔޫތުގެ އަންހެން ކޮއްކޮއެވެ. އެއީ އިބްރާހީމްގެފާނުގެ ކާފަ ދަރިކަލެއް ވެސްމެއެވެ.)


އެކަލޭގެއަކީ އަހަރެމެން އަޚެއްމެ. އަހަރެމެން އެކަލޭގެ މަރުގެ ޒިންމާ ނެގުމުގެ ބަދަލުގައި މިއަންނަ އިސްމާޢީލީންގެ ގާފިލާގެ ވިޔަފާރިވެރިއަކަށް އެކަލޭގެ ވިއްކާލަމާ ހިނގާ!⁠“ މިގޮތާއިމެދު ޔަހޫޛާގެ އެންމެހާ އަޚުން އެއްބަސްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ