Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 16:11 - ކިތާބުލް މުޤައްދަސާ

11-12 ތިބާ މިހާރު ތިޔަ އިނީ ފިރިހެން ދަރިއަކަށް ބަލިވެ، އެ ދަރިފުޅުގެ ނަމަކަށް އިސްމާޢީލް އޭ ކިޔައި ނަންދީ. އެހެނީ މާތްރަސްކަލާނގެ ތިބާގެ ހިތްދަތިވެގެން ރުއި ރުއިމުގެ އަޑު އައްސަވައިފި. ތިބާއަށް ތިޔަ ލިބޭ ފިރިހެން ދަރިއަކީ ވަރުގަދަ ހިމާރެއް ފަދަ ކުއްޖެއް. އަދި އޭނާ އެންމެންނާއި ދެކޮޅުވެރިވާނެ. ހަމައެހެންމެ، އެމީހުން ވެސް އޭނާއާ ދެކޮޅުވެރިވާނެ. އޭނާގެ ދިރިއުޅުން ބިނާވާނީ އޭނާގެ އާއިލާއާއި ވަކިން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 16:11
16 ပူးပေါင်းရင်းမြစ်များ  

އެއާއިއެކު މާތްކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ”⁠ނޫން! ތިބާގެ އަންހެނުން، ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ. އެ ދަރިއަށް އިސްޙާޤުގެ ނަމުން ނަންދީ. ތިމަންކަލާނގެ މި ޢަހުދުނާމާ އެ ދަރިއާއި އެ ދަރީގެ ދަރިފަސްކޮޅާ އެކުގައި އަބަދަށް ދެމިގެންވާނެ. މި ޢަހުދުނާމާކީ އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް.


އެކުއްޖާގެ ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގެންވިއެވެ. އެ ހިނދު އެކަލާނގެ މަލާއިކަތާ އުޑުން ފޮނުއްވައި ހާޖަރުއާއި މުޚާތަބުކޮށް ވިދާޅުވިއެވެ: ”⁠ހާޖަރު، ފިކުރު ބޮޑުވެ ތިޔަ ރޮނީ ކީއްވެ؟ ބިރުނުގަނޭ. އެދަރިފުޅުގެ ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގަންނަވައިފި.


ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުގެ ތެރެއަށް ވައްޓާލުމަށް ފަހު އެތަނުގައި އެބައިމީހުން ކާން އިށީނެވެ. އެބައިމީހުން ކާންފެށިތަނާހެން ތަންކޮޅެއް ދުރުން އެބައިމީހުންނާއި ދިމާއަށް ގާފިލާއެއް އަންނަތަން ފެނިއްޖެއެވެ. އެއީ ޖިލްޢާދުން މިޞްރަށްދާ އިސްމާޢީލީންގެ ވިޔަފާރި ގާފިލާއެކެވެ. އެބައިމީހުންގެ ޖަމަލުތައް ބަރުކޮށްފައިވީ ހަވާދާއި މީރުވަސްދުވާ ހުވަނދުންނާއި ބާމުންނެވެ.


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ މީސްތަކުންނަށް ލިބެމުން ދާ އަނިޔާތައް އަހަރެންނަށް ރީއްޗަށް އެބަ ފެނޭ. އެމީހުންގެ ސާހިބުންގެ އަޅުވެތިކަމުން މިންޖު ކޮށް ދިނުން އެދި އެމީހުން ރޯ ރުއިމުގެ އަޑު އަހަރެންނަށް އެބަ އަޑުއިވޭ. އެމީހުން އުޅޭހާލު އަހަރެންނަށް އެބަފެނޭ.


އަހަރެންގެ މީހުންގެ ރުއިމުގެ އަޑު އަހަންނަށް އެބަ އިވޭ. އެމީހުންނާމެދު މިޞްރު މީހުން ކުރަމުންގެންދާ އަނިޔާތައް ވެސް އަހަރެން މިދަނީ ބަލަމުން.


ނަމަވެސް މި މަލާއިކަތާ ވިދާޅުވިއެވެ. ”⁠ޒަކަރިއްޔާ. ބިރު ނުގަނޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާ އައްސަވާ ވޮޑިގެންފި. ކަލޭގެ އަނބިމީހާ އެލިޒަބަތު ކަލެއަށް ފިރިހެން ކުއްޖަކު ވިހާނެ. ކަލޭ އެދަރިފުޅަށް ޔަޙުޔާއޭ ކިޔާ ނަންދީ.


ކަނބުލޭގެފާނު ވަރަށްއަވަހަށް އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކައިގެން ރައްކާވާނެ. އެދަރިކަލުންނަށް އީސާގެފާނޭ ކިޔާ ނަން ދެއްވަވާ.


ޒަކަރިއްޔާ ލިޔާނެ އެއްޗެއް ގެނައުމަށް އިޝާރާތްކުރިއެވެ. އެގެނައުމުން އޭނާ މިފަދައިން އޭގައި ލިޔުނެވެ. ”⁠މިކުއްޖާގެ ނަމަކީ ޔަޙުޔާ.⁠“ އެންމެން މިކަމާ ވަރަށް އަޖައިބުވިއެވެ.


އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް އޭ ކިޔައި ނަން ދިނެވެ. ”⁠އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.⁠“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ