Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 16:10 - ކިތާބުލް މުޤައްދަސާ

10 އެއަށް ފަހު މަލާއިކަތާ ވިދާޅުވިއެވެ. ”⁠އެއް ވެސް އިންސާނަކަށް ގުނާ އަދަދު ނުކުރެވޭ ފަދަ ދަރިފަސްކޮޅެއް މާތްރަސްކަލާނގެ ތިބާއަށް ދެއްވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 16:10
25 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު ދުނިޔޭގައިވާ ވެއްޔަށް ވުރެން އިތުރުކުރައްވައި ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަ ކުރައްވާނަން.


މާތްރަސްކަލާނގެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދޭ. އަދި އޭނާގެ އަޅެއްގެ ގޮތުގައި ދެމިހުރޭ.⁠“


އިސްމާޢީލްއާ މެދު ތިބާ ބުނިބަސްތައް ތިމަންކަލާނގެ އަޑު އެއްސެވީމު. ތިމަންކަލާނގެ ރަޙުމަތް އޭނާއާ އެކުގައި ވާނެ. އަދި ގިނަ ދަރިންތަކެއް އޭނާއަށް ދެއްވައި ގިނަ ދަރިފަސްކޮޅެއް ދެއްވާނަން. ބާރަ ރަސްދަރިކަލުންގެ ބަފައެއް ކަމުގައި އޭނާ ލައްވާނަން. އަދި އޭނާގެ ދަރިފަސްކޮޅުން ފުރިހަމަ ވެގެންވާ ޤައުމެއް ގާއިމުވާނެ.


ނަމަވެސް ތިމަންކަލާނގެ އިސްމާޢީލްއަށް ވެސް ދަރިފަސްކޮޅެއް ދެއްވައި މަތިވެރި ޤައުމެއްގެ ގޮތުގައި ލައްވާނަން. އެއީ އޭނާއަކީ ވެސް ތިބާގެ ދަރިއެއް ކަމުގައިވާތީ.⁠“


ތެދުވެގެން ގޮސް ކަނބުލޭގެ އަތްދަނޑިމައްޗަށް އެ ދަރިފުޅު ނަންގަވާ ދަރިފުޅު މަސަލަސް ކުރޭ. ތިމަންކަލާނގެ މަތިވެރިވެގެންވާ ޤައުމެއް އެދަރިފުޅުގެ ދަރިފަސްކޮޅުން އުފައްދަވާނަން.⁠“


އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.


އެކަލާނގެއީ އެކަކަށް ވެސް ކައިރި ނުވެވޭފަދަ ނޫރުފުޅެއްގައި އަބަދަށްޓަކައި ވޮޑިގެންވާ ފަރާތެކެވެ. އެއްވެސް އިންސާނަކަށް އެކަލާނގެ ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ. އެކަލާނގެއީ ހަމައެކަނި އަޅުކަންކުރެވޭ އަދި އަބަދަށްޓަކައި ބާރުވެރިކަން ލިބިގެންވީ ހަމައެކަނި ފަރާތެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމާއި މަތިވެރިކަން އަބަދަށްޓަކައި ދެމިގެންވާނެއެވެ! އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ