Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 15:5 - ކިތާބުލް މުޤައްދަސާ

5 އެއަށް ފަހު މާތްރަސްކަލާނގެ އަބްރާމް ބޭރަށް ނެރުއްވާ ވަޙީކުރެއްވިއެވެ. ”⁠އުޑަށް ބަލާލަބަލަ. އުޑުގައިވާ ތަރިތައް ތިބާއަށް އަދަދު ކުރެވޭނެތަ؟ ތިބާގެ ދަރިފަސްކޮޅު ވެސް ތިމަންކަލާނގެ އެފަދައިން ގިނަކުރައްވާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 15:5
22 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު ދުނިޔޭގައިވާ ވެއްޔަށް ވުރެން އިތުރުކުރައްވައި ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަ ކުރައްވާނަން.


އެއަށް ފަހު މަލާއިކަތާ ވިދާޅުވިއެވެ. ”⁠އެއް ވެސް އިންސާނަކަށް ގުނާ އަދަދު ނުކުރެވޭ ފަދަ ދަރިފަސްކޮޅެއް މާތްރަސްކަލާނގެ ތިބާއަށް ދެއްވާނެ.


ތިމަންކަލާނގެ އާއި ތިބާއާ ދެމެދު މަތިވެރި ޢަހުދުނާމެއް ގާއިމު ކުރައްވާނަމު. ތިބާއަށް އަދަދު ނުކުރެވޭހާ ގިނަ ދަރިފަސްކޮޅެއް ތިމަންކަލާނގެ ދެއްވާނަމު.⁠“


’⁠ތިމަންކަލާނގެ ހަމަ ޔަޤީނުން ވެސް ތިބާގެ މައްޗަށް ރަޙުމަތް ލައްވައި ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވާހުށިން. ތިބާގެ ދަރިފަސްކޮޅުގެ އަދަދު އުޑުގައިވާ ތަރިތަކާއި ބިމުގައިވާ ވެލިފަދައިން ގިނަވެ އިތުރުކުރައްވާނަން. އަދި އެބައިމީހުންގެ ދުޝްމިނުންގެ ރަށްތަކުގެ މައްޗަށް އެބައިމީހުން ވެރިކުރައްވާނެ.


ތިމަންކަލާނގެ ތިބާއަށް އުޑުގައިވާ ތަރިތަކާއި އެއްފަދައިން ގުނާ އަދަދު ނުކުރެވޭފަދަ ދަރިފަސްކޮޅެއް ދެއްވާނަމު. އަދި އެ ދަރިފަސްކޮޅަށް މި ބިން ދެއްވާނަމު. އަދި ތިބާގެ ދަރިފަސްކޮޅު މެދުވެރި ކުރައްވައި މި ދުނިޔޭގައިވާ އެންމެހާ ޤައުމުތަކުގައިވާ މީސްތަކުންނަށް ރަޙުމަތް ލައްވާނަމު.


ތިބާގެ ދަރިފަސްކޮޅު މިބިމުގައިވާ ހިރަފުސް ފަދައިން ގިނަވާނެ! އެބައިމީހުން އިރުމައްޗާއި ހުޅަނގަށް އަދި އުތުރާ ދެކުނަށް ފެތުރިގެންދާނެ. ތިބާއާއި ތިބާގެ ދަރިފަސްކޮޅު މެދުވެރިކޮށް ދުނިޔޭގެ މީސްތަކުންނަށް ބަރަކާތް ލެއްވޭނެ.


އެރޭ ޔަޢުޤޫބުގެފާނު އެތަނުގައި ހޭދަ ކުރެއްވުމަށް ފަހު، އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން ދުއިސައްތަ ބަކަރިއާއި ވިހި ގިތެލާއި، ދުއިސައްތަ އަންހެން ކަންބަޅިއާއި، ވިހި ފިރިހެން ކަންބަޅިއާއި ތިރީސް އަންހެން ޖަމަލު އެތަކެތީގެ ދަރިންނާއި އެކުގައްޔާއި، ސާޅީސް އަންހެން ގެރިއާއި ދިހަ ފިރިހެން ގެރީގެ އިތުރުން ވިހި އަންހެން ހިމާރާއި ދިހަ ފިރިހެން ހިމާރު ޢީސޫއަށް ހަދިޔާގެ ގޮތުގައި ޔަޢުޤޫބުގެފާނު ތައްޔާރު ކުރެއްވިއެވެ.


އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’⁠ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.⁠‘⁠“


އެހެނީ އެކަމަނާގެ ފިރިމީހާ ވަނީ ފިރިހެންވަންތަ ކަމުގެ ބާރު ކެނޑިފައެވެ. އެކަމަކު އެކަލޭގެފާނު އެތައް ދަރިކޮޅެއްގެ ބަފައިކަލުން ކަމުގައި އެކަލާނގެ ހެއްދެވިއެވެ. އެ ދަރިކޮޅުގެ ގިނަކަން އުޑުގައިވާ ތަރިތަކާއި ގޮނޑުދޮށުގައިވާހާ ވެއްޔަކާ އެއްފަދަވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ