Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 15:17 - ކިތާބުލް މުޤައްދަސާ

17 އެދުވަހުގެ އިރުއޮއްސި އަނދިރިކަން ފެތުރިފައިވީ ވަގުތު، ދެފަޅި ކުރެވިފައިވާ ޖަނަވާރުތަކުގެ ދެމެދުން އަނގުރު އަލިފާން ތަވަޔަކުން ދުންއެޅެމުން ދާތަނާއި އަދި އަނދަމުން ދިޔަ ހުޅުގަނޑެއް އެ ދެމެދުން ދާތަން އަބްރާމްއަށް ފެނިވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 15:17
13 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ކިޔަމަންތެރި ކަމާއިއެކު އެކަން އެ ގޮތަށް ކުރެއްވިއެވެ. އަދި އެއިން ކޮންމެ ޖަނަވާރެއް ދެފަޅި ކުރެއްވުމަށް ފަހު އެދެފަޅި އެއްފަޅި އަނެއް ފަޅިއާ ދިމާވާ ގޮތަށް ކައިރިކައިރީގައި ދެފަރާތުގައި އަތުރާލެއްވިއެވެ. ނަމަވެސް ކުޑަ ކޮތަރާއި ބޮޑު ކޮތަރު އަބްރާމް ފަޅިއެއް ނުކުރައްވައެވެ. ދެން އެޖަނަވާރުތައް ކެއުމަށް އަންނަ ބާޒުތައް އަބްރާމް ފައްސަވަމުން ގެންދެވިއެވެ.


އެކަލާނގެ ނޭފަތްޕުޅުން ދުން އަރައިގަތެވެ. އަނދަމުން ދިޔަ އަލިފާންނާއި ހުޅުގަނޑެއް އަނގަފުޅުން ނުކުތެވެ. އަނދައަނދައި ހުރި އަނގުރު އަލިފާންގަނޑެއް ރޯވެގަތެވެ.


މުޅި ފަރުބަދަވަނީ ދުމުން ފުރިފައެވެ. އެހެނީ މާތްރަސްކަލާނގެ އެތަނަށް ވޮޑިގެންނެވީ އަލިފާނުގެ ގޮތުގައެވެ. ހީވަނީ އުނދުންވަޅަކުން ދުން އަރާހެންނެވެ. އެވަގުތު މުޅިތަން ތުރުތުރުއަޅަމުން ދިޔައެވެ.


ޠޫރުސީނާގެ މަތިން އިވުނު ގަދަ ގުގުރީގެ އަޑުފަށްގަނޑާއި ވިދާލާ ވިދުވަރުންނާއި އިވޭ ތާޅަފިލީގެ ޒީލަ އަޑުގަދަކަމުންނާއި އަރާ ދުން ބޯކަމުން މީހުންނަކަށް ކައިރިވާކަށް ނުކެރުނެވެ. އެމީހުން ތިބީ ބިރުން ތުރުތުރުއަޅާލަ އަޅާލައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ