Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 15:12 - ކިތާބުލް މުޤައްދަސާ

12 އިރު އޮއްސެމުން ދިޔަ ހިނދު އަބްރާމްއަށް ވަރަށް ފުން ނިންޖަކުން ނިދިކުރެއްވުނެވެ. އަދި ވަރަށް ބޮޑު ބިރުވެރިކަމެއް އެކަލޭގެފާނުގެ މައްޗަށް ވެރިވިއެވެ. އަދި ހުރިހާ ދިމާއަކަށް އަނދިރިކަން ފެތުރުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 15:12
10 ပူးပေါင်းရင်းမြစ်များ  

ދެން މަތިވެރިރަސްކަލާނގެ އިންސާނާ ފުން ނިންޖަކުން ނިންދަވާލެއްވިއެވެ. އަދި އޭނާ ނިދީގެ ތެރޭގައި ވަނިކޮށް އޭނާގެ އަރިކަށިން ކަށިގަނޑެއް ނެންގެވުމަށް ފަހު އެތަނަށް މަސް ލައްވައި ބައްދަވާލެއްވިއެވެ.


އިރު އޮއްސެމުން ދިޔަ ހިނދު އެކަލޭގެފާނަށް ވަޑައިގެންނެވިފައިވީ ހިސާބަކީ އެދެވޭ ހިސާބެއްކަމުގައި ދެކެވަޑައިގަންވައި އެތަނުގައި އޮތް ހިލައެއްގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅު ލެއްޕެވުމަށް އޮށޯވެ ވަޑައިގަންނެވިއެވެ.


އެއުތީކުސް އޭ ކިޔުނު ޒުވާން ފިރިހެނަކު ކުޑަދޮރެއްގެ ކައިރީގައި އިނެވެ. މީނާ ޕައުލްގެ ވާހަކަތައް އަޑު އަހަމުން ދިޔައެވެ. ގިނަ އިރުވަމުން ދިޔަ ވަރަކަށް އޭނާ ކައިރިއަށް ނިދިއައެވެ. އަދި އެންމެފަހުން ނިދިއައިލެއް ގަދަކަމުން އޭނާއަށް ފުންކޮށް ނިދުނެވެ. އަދި އޭނާ އިނީ ކުޑަދޮރުގެ ކާރީގައި ކަމުން ނިދިގެން އޭނާ ތިން ބުރި މަތިން ތިރިއަށް ވެއްޓުނެވެ. މީހުންތައް ދުވަމުން ތިރިއަށް ގޮސް އޭނާ ނެގިއިރު އޭނާ ވަނީ މަރުވެފައެވެ.


ދެން ދާއޫދާއި އަބީޝާއި ޝާއުލްގެފާނުގެ އިސްތަށިފުޅު ކާރީގައި ހުރި ފެން ގުޅިއާއި ލޮންސި ހިފައިގެން އެކަކަށް ވެސް ހިލަމެއް ނުވެ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ އެމީހުންގެ މައްޗަށް ގަދަ ނިންޖެއް ފޮނުއްވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ