Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 15:1 - ކިތާބުލް މުޤައްދަސާ

1 އޭގެފަހުގައި މާތްރަސްކަލާނގެ އަބްރާމަށް ނިދާ އިއްވެވިއެވެ. ”⁠އަބްރާމް. ބިރު ނުގަނޭ. ތިބާ ރައްކާތެރިކުރާނެ އައްޑަނައަކީ ތިމަން ރަސްކަލާނގެ. ތިމަންކަލާނގެ ތިބާއަށް މަތިވެރި ވެގެންވާ އިނާމެއް ދެއްވާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 15:1
65 ပူးပေါင်းရင်းမြစ်များ  

އެކަމަކު އަބްރާމް ދެންނެވިއެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއަޅާއަށް ތިޔަ ބަރަކާތްލެއްވުމުގެ އޮތީ ކޮން މޮޅެއްތޯ؟ މިއަޅާއަކަށް އެންމެ ކުޑަމިނުން ދަރިޔަކު ވެސް ލިބިފައެއް ނުވޭ. އިނބަރަސްކަލާނގެ މިއަޅާއަށް ދަރިޔަކު ދެއްވާފައި ނުވާ ހިނދު މިއަޅާގެ ހުރިހާ ތަނަވަސްކަމެއް ދާނީ ދިމިޝްޤުގެ އަލީޢާޒަރަށް.


އެ ހިނދު މާތްރަސްކަލާނގެ ވަޙީބަސްފުޅު އަބްރާމްއަށް އިވިގެންދިޔައެވެ. ”⁠ތިބާގެ އަޅު އަލީޢާޒަރަށް އެތަކެއްޗެއް މިލްކެއް ނުވާނެ. އެހެނީ ތިބާއަށް އުފަން ދަރިއަކު ލިބޭނެ.⁠“


އެކުއްޖާގެ ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގެންވިއެވެ. އެ ހިނދު އެކަލާނގެ މަލާއިކަތާ އުޑުން ފޮނުއްވައި ހާޖަރުއާއި މުޚާތަބުކޮށް ވިދާޅުވިއެވެ: ”⁠ހާޖަރު، ފިކުރު ބޮޑުވެ ތިޔަ ރޮނީ ކީއްވެ؟ ބިރުނުގަނޭ. އެދަރިފުޅުގެ ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގަންނަވައިފި.


މި ހިނގާދިޔަ ކަންތައްތަކަށް ފަހު މާތްކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އިބްރާހީމް.⁠“ އެ ހިނދު އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”⁠މާތްރަސްކަލާކޯ. އަޅާ ޙާޟިރުވެ ހުރީމު.⁠“


މި ހިނގައިދިޔަ ޙާދިސާތަކަށް ފަހު އެކަލޭގެފާނުގެ ބޭބެ ނާޙޫރުގެ އަންހެނުން މަލްކަތު ނާޙޫރަށް އަށް ކުދިން ވިހައިފިކަމުގައި މީހަކު އިބްރާހީމްގެފާނަށް ދެންނެވިއެވެ. އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ނަމަކީ ޢޫޞާއެވެ. ދެވަނަ ދަރިފުޅުގެ ނަމަކީ ބޫޒާ އެވެ. އަދި ތިންވަނަ ދަރިފުޅުގެ ނަމަކީ ޤަމޫއީލްއެވެ. (މިއީ އަރާމް ގެ ބައްޕައެވެ.) އޭގެއިތުރުން ކާސަދު އާއި ޙަޒްވު އާއި ފިލްދާޝް އަދި ޔަދްލާފްގެ އިތުރުން ބަތުއީލް ލިބުނެވެ. މި ބަތޫއީލް އަކީ ރިފްޤާގެ ބައްޕައެވެ.


އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


އެހެނަސް އޭނާ އަހަރެންނަށް މަކަރުހަދައި އަހަރެންގެ އުޖޫރައަށް ދިހަފަހަރު ބަދަލު ގެނައި. ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ގެއްލުމެއް އަހަރެންނަށް ލިބުމަށް މާތްކަލާނގެ އެދިވޮޑިގެންނެއް ނުވޭ.


އެކަލާނގެއަކީ މިއަޅާގެ ވެރި ރަސްކަލާނގެއެވެ. މިއަޅާއަށް ރައްކާ ތެރިކަން ދެއްވާ ހިލައެއް ފަދައިން އެކަލާނގެ މިއަޅާއަށް ނިވާކަން ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އައްޑަނައެވެ. މިއަޅާއަށް ހަމަލައެއް އަންނަ ކޮންމެ ވަގުތަކު އެ ހަމަލައަކުން މިއަޅާ ސަލާމަތް ކޮށް ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އުސް ކިއްލާއެވެ. މިއަޅާއަށް ރައްކާތެރިކަން ލިބޭ ޖަގަހައެވެ. އަނިޔާވެރި ދުޝްމަނުންގެ ކިބައިން އެކަލާނގެ މިއަޅާއަށް ރައްކާތެރިކަން ދެއްވައެވެ.


އެކަމަކު މޫސާގެފާނު ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ. ހަމަ ޖެހިގެން ތިބޭ. މާތްރަސްކަލާނގެ މިއަދު ކަލޭމެން ސަލާމަތް ކުރައްވާތަން ބަލަން ތިބޭ. މިއަދު ކަލޭމެންނަށް މިފެންނަ މިޞްރު މީހުންނެއް ދެނެއް ކަލޭމެންނަކަށް ނުފެންނާނެ.


ނުބައި ނުލަފާ މީހުންނަށް ލިބޭ ދާއިމީ ފައިދާއެއް ނޯވެއެވެ. އެކަމަކު ހެޔޮކަންތައް ކުރާ މީހާއަށް ލިބޭނީ ދާއިމީ އިނާމެވެ.


މާތްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް ވެސް ތެދެވެ. އެކަލާނގެ ކިބަފުޅުން ވާގިއެދިގެން އަންނަ މީހާއަށް އެކަލާނގެ ރައްކާތެރިކަން ދެއްވައެވެ.


މަލާއިކަތާ އެ އަންހެނުންނަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! ތިޔަ ކަނބަލުން ހޯއްދަވަމުން ތިޔަ ގެންދަނީ ސަލީބަށް އެރުވުނު އީސާގެފާނު ކަން އަހަރެންނަށް އެނގޭ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަން ކުޑަ މީހުންނޭ! ކީއްވެ ތިޔަބައިމީހުން ބިރުން ތިޔަ އުޅެނީ؟⁠“ ދެން އެކަލޭގެފާނު ތެދުވެ ވަޑައިގެން ވަޔަށާއި ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވިއެވެ. އެ ހިނދު ވައި މަޑުވެ ރާޅުތައް ހިނދުނެވެ.


ނަމަވެސް މި މަލާއިކަތާ ވިދާޅުވިއެވެ. ”⁠ޒަކަރިއްޔާ. ބިރު ނުގަނޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާ އައްސަވާ ވޮޑިގެންފި. ކަލޭގެ އަނބިމީހާ އެލިޒަބަތު ކަލެއަށް ފިރިހެން ކުއްޖަކު ވިހާނެ. ކަލޭ އެދަރިފުޅަށް ޔަޙުޔާއޭ ކިޔާ ނަންދީ.


ފަހެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠މަރިޔަމްގެފާނު. ބިރުފުޅުގެން ވަޑައިނުގަނޭ. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ރުހިވޮޑިގެންވޭ.


މަގޭ ލޮބުވެތި އެކުވެރިންނޭ. ބިރުނުގަނޭ. އެއީ ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު އެކަލާނގެ ރަސްކަންފުޅު ކަލޭމެންނަށް ދެއްވުމަށް ވަނީ ވަރަށް ބޮޑަށް ރުހިވޮޑިގެންފަ.


އެމީހުން ބުންޏެވެ. ”⁠އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.⁠“


އިހުޒަމާނުގައި އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ބަސްފުޅު ވަޙީ ކުރައްވާފައި ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައެވެ. މި ގޮތަށް އެތައް ފަހަރަކު އެތައް ގޮތަކަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ.


އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ.


އިސްރާއީލުގެ ވެރި މާތްރަސްކަލާނގެ ކަލޭ ތިކުރި ހެޔޮކަންތަކުގެ ބަދަލު ކަލެއަށް ދެއްވުމަށް އެދި އަހަރެން ދުޢާ ކުރަން. އަދި ކަލޭ އެކަލާނގެ ރަސްކަންފުޅުން ރައްކާތެރިކަމަށް އެދި އައީމު. ވީމާ އެކަލާނގެ ކަލެއަށް ހެޔޮކޮށް ކަންތައް ހިންމެވުމަށް އެދި ވެސް އަހަރެން ދުޢާ ކުރަން.⁠“


މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް އެންގެވިއެވެ.


(ކުރީ ޒަމާނުގައި މާތްކަލާނގެ ކިބަފުޅުން ކަންކަމަށް އެދޭ މީހުން ދާނީ ކަހީނުންގެ ގާތަށެވެ. އެމީހުންނަކީ މިހާރު ނަބީބޭކަލުންނެވެ.)


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ