Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 14:8 - ކިތާބުލް މުޤައްދަސާ

8-9 އެއަށް ފަހު ސަދޫމުގެ ރަސްގެފާނާއި ޢަމޫރަތުގެ ރަސްގެފާނާއި އަދްމަތުގެ ރަސްގެފާނާއި ޞަބޫއީމުގެ ރަސްގެފާނާއި އަދި ބާލަޢުގެ ރަސްގެފާނު އެކުވެގެން ސިއްދީމުގެ ވާދީގައި، ކަދަރްލަޢައުމަރް އާއި އޭނާއާއި އެއްކޮޅުވާ ރަސްރަސްކަލުންނާއި އިދިކޮޅަށް ހަނގުރާމަ ކުރަންފެށިއެވެ. ދެން ފަސްރަސްކަލުންނާއި ދެކޮޅަށް ހަތަރު ރަސްކަލުން ހަނގުރާމަކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 14:8
8 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ކަންޢާނުގެ ދަރިފަސްކޮޅު ގިނަވެ ތަފާތު ވަންހަތަކަށް ފެތުރިގެން ދިޔައެވެ. އަދި އެބައިމީހުންގެ ސަރަހައްދު ބޮޑުވެ ޞައިދޫންގެ އުތުރުން ފެށިގެން ޖަރާރުގެ ދެކުނުން ޣައްޒާ އާއި ހަމައަށް ފެތުރުނެވެ. އަދި ސަދޫމު އާއި، ޢަމޫރަތު އިރުމަތީ ސަރަހައްދުން ފެށިގެން އަދްމަތާއި، ޞަބޫއީމު އާއި ލާޝަޢަ އާއި ހަމައަށް ފެތުރުނެވެ.


ވަށައިގެންވާ ހުރިހާ ތަނަކަށް ލޫޠުގެފާނު ބެއްލެވުމަށް ފަހު އުރުދުންގެ ވާދީގައިވާ، ފެންލިބެން އޮތްތަނެއް ފެނިވަޑައިގަތެވެ. މާތްރަސްކަލާނގެ، ޢަދަންގައި ހެއްދެއްވި ބަގީޗާއާއި މިޞްރުގައިވާ ފެހިގަސްތައް ފަދައިންވި އުރުދުން އިން ޞޫޣަރު އާއި ހަމައަށް އޮތް މި ވާދީ ޚިޔާރު ކުރެއްވުމަށް ފަހު އެތަނަށް ވަޑައިގަތުމަށް އެކަލޭގެފާނު ދަތުރު ފެއްޓެވިއެވެ. މި ހިސާބުން އަބްރާމް އާއި ލޫޠުގެފާނު ވަކިވެވަޑައިގަތެވެ. މިކަން މި ގޮތަށް ދިމާވީ މާތްރަސްކަލާނގެ ސަދޫމާއި ޢަމޫރަތު ނެތިކުރެއްވުމުގެ ކުރީގައެވެ.


މިވާދީ ވަނީ ތާރު ވަޅުތަކުން ފުރިފައެވެ. އަދި ސަދޫމު އާއި ޢަމޫރަތު ދެރަސްކަލުން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަން ދުވި ހިނދު އެ ދެރަސްކަލުންގެ ލަޝްކަރުގެ ބައެއް މީހުން ފިލަން އުޅެނިކޮށް އެ ވާދީގައި ވީ ތާރު ވަޅުތަކުގެ ތެރެއަށް ވެއްޓުނެވެ. ދެން އެތަނުގައި ވީ އެހެން ލަޝްކަރުތަކުގެ މީހުން ފަރުބަދަތަކުގެ ތެރެއަށް ގޮސް ފިލިއެވެ.


އެ އެފެންނަ ކުޑައަވަށަށް ބައްލަވާ. އެއަވަށް އެވަނީ ވަރަށް ކައިރީގަ. އަދި އެއީ ވަރަށް ކުޑަ ތަނެއް ވެސްމެ. އެތާނގައި އަޅުގަނޑަށް ރައްކާތެރި ވެވިދާނެ.⁠“


އަވަސް ކުރޭ! ތިބާ އެތަނަށް ވަޑައިގެން ރައްކާތެރި ވެވުމުން ނޫނީ އަހަރެންނަކަށް މިރަށް ނެތިކޮށެއް ނުލެވޭނެ.⁠“ ފަހުން އެ ރަށަށް ޞޫޣަރުއޭ ކިއުނީ އެރަށަކީ ކުޑަރަށެއް ވީމައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ