ފެށުން 14:13 - ކިތާބުލް މުޤައްދަސާ13 މި ހަނގުރާމައިން ސަލާމަތްވި މީހަކު ހިނގާދިޔަ ކަންތަކުގެ ވާހަކަ އަބްރާމްއަށް ކިޔައިދިނެވެ. އޭރު ޢިބްރާނީ ދަރިކޮޅުގެ އަބްރާމް ދިރިއުޅެމުން ގެންދަވަނީ އަމޫރީންގެ ގަބީލާގެ މަމްރާއަށް މިލްކުވެގެންވާ ބޮޑު ބިޔަ ގަސްތަކުގެ ތެރޭގައެވެ. މަމްރާ އާއި އޭނާގެ ދެ ކޮއްކޮ އަޝްކޫލް އާއި ޢާނިރު އަކީ އަބްރާމްގެ ބައިވެރިންނެވެ. အခန်းကိုကြည့်ပါ။ |
އަޑުން އަޑުނަގާ ރޯން ފެށިއެވެ. އިސާހިތަކު ގަނޑުވަރުގައި ވީ ޚާދިމުންތައް އެކަނބުލޭގެ ކައިރިއަށް އައެވެ. އެ ހިނދު އެކަނބުލޭގެ ގިސްލަމުން މިފަދައިން ބުނިމެއެވެ. ”ނިކަން ބަލާލަބަލަ! އަހަރެންގެ ފިރިކަލޭގެ މި ގެނައި ޢިބްރާނީ އަޅުކުއްޖާ މިތަނުގައި މިއުޅެނީ އަހަރެމެން ބަދުނާމު ކުރަން! އެކަލޭގެ އަހަރެންގެ ކޮޓަރިއަށް އައިސް ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން އުޅެފި. ނަމަވެސް އަހަރެން ހަރުއަޑުން ރޯންފެށީމު.
ދެން، ޔޫސުފުގެފާނަށް ވަކި މޭޒުކޮޅެއްގައި އަދި އެބައިމީހުންނަށް ވަކި މޭޒެއްގައި ކެއުން ތައްޔާރު ކުރިއެވެ. އަދި އެތަނުގައި ވީ މިޞްރުގެ އެހެނިހެން މީސްތަކުންނަށް ވަކި މޭޒެއް ތައްޔާރު ކުރެވުނެވެ. މިކަމުގެ ސަބަބަކީ މިޞްރު މީހުން ޢިބްރާނީންނާ މެދުގައި ހިތްހަމަނުޖެހޭތީ އެބައިމީހުންނާ އެކުގައި މިޞްރު މީހުން ކައިހަދަން ނުރުހޭތީ ވެސްމެއެވެ.
އޭގެ އެތައް އަހަރެއްގެ ފަހުން މޫސާގެފާނު ބޮޑުފުޅުވެ އެކަލޭގެފާނުގެ މީހުން ކަމަށްވާ ޢިބްރާނީންނަށް ޒިޔާރަތް ކުރައްވަން ވަޑައިގެންނެވިއެވެ. އޭރު އެމީހުން ލައްވާ މިޞްރު މީހުން ގަދަކަމުން ބުރަ މަސައްކަތް ކުރުވަމުން ގެންދާތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އަދި މިޞްރު މީހަކު އެކަލޭގެފާނު ބާގައިގެ ޢިބްރާނީ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރަނިކޮށް ފެނިވަޑައިގަތެވެ.
ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.‘
މިތަން ފިލިސްޠީނުންގެ އިސް ވެރިންނަށް ފެނިގެން ބުނެއްޕެވެ. ”މީ ކީއްކުރަން އައިސްތިބި ޢިބްރާނީންގެ ބައެއްތަ؟“ އަޚީޝް ރަސްގެފާނު ވިދާޅުވިއެވެ. ”ތިއީ ދާއޫދު. ކުރީގައި ޝާއުލް ރަސްގެފާނުގެ ކާރީގައި އުޅުނު މީހެއް. މިހާރު އަހަރެންނާ އެކު އުޅޭތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވެއްޖެ. އެކަލޭގެފާނު ދޫކޮށް އައިސް މިވީހާ ތަނަށް އޭނާގެ ފަރާތަކުން ކުށެއް ފެނިފައެއް ނެތް.“