ފެށުން 14:10 - ކިތާބުލް މުޤައްދަސާ10 މިވާދީ ވަނީ ތާރު ވަޅުތަކުން ފުރިފައެވެ. އަދި ސަދޫމު އާއި ޢަމޫރަތު ދެރަސްކަލުން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަން ދުވި ހިނދު އެ ދެރަސްކަލުންގެ ލަޝްކަރުގެ ބައެއް މީހުން ފިލަން އުޅެނިކޮށް އެ ވާދީގައި ވީ ތާރު ވަޅުތަކުގެ ތެރެއަށް ވެއްޓުނެވެ. ދެން އެތަނުގައި ވީ އެހެން ލަޝްކަރުތަކުގެ މީހުން ފަރުބަދަތަކުގެ ތެރެއަށް ގޮސް ފިލިއެވެ. အခန်းကိုကြည့်ပါ။ |
މި ހަނގުރާމަ ފަތަޙަކުރި ހަތަރު ރަސްކަލުން އެނބުރި ދިޔައީ ސަދޫމު އާއި ޢަމޫރަތުގައި ވީ ހުރިހާ ތަކެއްޗެއް ގެ އިތުރަށް އެ ދެރަށުގައި ވީ ހުރިހާ ކާޑުގެ ބާވަތްތަކެއް ވެސް ހިފައިގެންނެވެ. އަދި ސަދޫމުގައި ދިރިއުޅެމުންގެންދާ އަބްރާމްގެ ބޭބެގެ ފިރިހެން ދަރިފުޅު ލޫޠުގެފާނާއި އޭނާގެ މިލްކުގައި ވީ ހުރިހާ ތަކެއްޗެއްމެ ހިފައިގެން އެނބުރި އެމީހުންގެ ރަށްރަށަށް ދިޔައެވެ.
އެބޭކަލުން އެރަށުން ބޭރަށް ނެރުއްވުމަށް ފަހު އޭގެ ތެރެއިން އެއް މަލާއިކަތަކު ވިދާޅުވިއެވެ. ”ތިޔަބައިމީހުން ފުރާނަ ސަލާމަތް ކުރައްވަންޏާ އަވަހަށް މިތަނުން ދުވެދޭ! ފަހަތަށް އެނބުރި އެއްގޮތަކަށް ވެސް ނުބައްލަވާތި އަދި ތިރީ ވާދީގައި ވެސް މަޑުނުކުރައްވާތި. އަވަހަށް ފަރުބަދަ މައްޗަށް އަރާވަޑައިގަންނަވާ. އެހެންނޫނީ ތިޔަ އެންމެން ނެތިވެދާނެ!“