ފެށުން 13:8 - ކިތާބުލް މުޤައްދަސާ8 މި ގޮތަށް މިކަން ދިމާވުމުން އަބްރާމް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”އަހަރެމެންނަކީ އެއް އާއިލާއެއްގެ ދެމީހުން. އަހަރެމެން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ނުވާނެ. އަދި އަހަރެމެން ދެމީހުންގެ މަސައްކަތު މީހުން ވެސް އެކަކު އަނެކެއްގެ ގަޔަށް އަތްލައި ހަދައިގެން ނުވާނެ. အခန်းကိုကြည့်ပါ။ |
އަބްރާމްއަށް އެކަލޭގެފާނުގެ ބޭބެގެ ފިރިހެންދަރިފުޅު ހިނގާދިޔަ ހަނގުރާމައިގައި ހައްޔަރުވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ ހަތިޔާރުއެޅި ލަޝްކަރުންނަށް ތައްޔާރު ވުމަށް އެންގެވިއެވެ. ތިން ސަތޭކަ އަށާރަ ފަހުލަވާނުން ހިމެނޭ މި ލަޝްކަރު އެ ހަތަރު ރަސްކަލުން ހޯދުމަށް ގޮސް އެމީހުން ފެނުނީ ދާނުއޭ ކިޔާ ރަށުންނެވެ.
އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.“
އަނެއްދުވަހު ބަނީއިސްރާއީލުގެ ދެމީހަކު އެކަކު އަނެކަކާ ޒުވާބުކޮށް ތަޅާ ފޮޅަނިކޮށް މޫސާގެފާނު ދެކެވަޑައިގަތް. އެ ހިނދު އެދެމީހުން ސުލްޙަ ކުރެއްވުމަށްޓަކައި މޫސާގެފާނު ވިދާޅުވި. ’އޭ ބަލަ ކަލޭމެން ދެމީހުން ތިޔައީ ދެ އަޚުންނެއް ނޫން ހޭ؟ ވީއިރު ކަލޭމެން ދެމީހުން ތިޔަ ހާ ނުބައިކޮށް އެކަކު އަނެކަކާ ދޭތެރޭ ތިޔަ ކަން ކުރަނީ ކީއްވެ ހޭ؟‘
އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވާށެވެ. އެއީ ލޯތްބަކީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބިދޭ ކަމަކަށް ވާތީއެވެ. އެހެންވީމާ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނެކުންނާއި މެދުގައި ލޯބިވާކަމުގައި ވާނަމަ އެ މީހަކީ މާތްރަސްކަލާނގެ ދަރިއެކެވެ. އަދި އެމީހަކަށް ޙަގީގަތުގައި މާތްރަސްކަލާނގެ އެނގިގެން ވެއެވެ.