Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 13:5 - ކިތާބުލް މުޤައްދަސާ

5 ލޫޠުގެފާނު ވެސް އެކަލޭގެފާނުގެ ކަންބަޅިތަކާއި އެހެނިހެން ޖަނަވާރުތަކާއި އަޅުންނާއި އަދި އާއިލާ ގޮވައިގެން އަބްރާމް އާއިއެކު ވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 13:5
6 ပူးပေါင်းရင်းမြစ်များ  

ދެން އަބްރާމް މާތްރަސްކަލާނގެ އެންގެވި ފަދައިން ޙާރާން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އެކަލޭގެފާނާއި އެކު ލޫޠުގެފާނު ވެސް ވަޑައިގަތެވެ. އޭރު އަބްރާމްގެ އުމުރުފުޅަކީ ހަތްދިހަ ފަސް އަހަރުފުޅެވެ.


އަބްރާމް އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާއީ އާއި އެކަލޭގެފާނުގެ ބޭބެގެ ދަރިފުޅު ލޫޠުގެފާނާއި އަދި އެ ދެބޭކަލުންގެ އަތްޕުޅުގައި ވާހާ މުދަލަކާއި އަދި އެބޭކަލުންގެ އަރިހުގައި މަސައްކަތު އުޅުނު އެންމެންނާއި އެކު ކަންޢާނުއަށް ވަޑައިގަތުމަށް ދަތުރުކުރައްވަން ފެއްޓެވިއެވެ. އަދި އެބޭކަލުން ދަތުރުކޮށް ކަންޢާނުއަށް ވަޑައިގެންނެވިއެވެ.


ނަމަވެސް މިދުވަސްވަރު ކަންޢާނުގެ އަހުލުވެރިންނާއި ފިރިއްޒީނުގެ އަހުލުވެރިން މި ސަރަހައްދުގައި ދިރިއުޅެމުން ދިއުމުގެ ސަބަބުން އަބްރާމް އާއި ލޫޠުގެފާނުގެ ޖަނަވާރުތަކަށް ކާންދޭނޭފަދަ ބޮޑު ވިނަ ބިމެއް އެ ސަރަހައްދަކު ނެތެވެ. މި ގޮތަށް ދިމާވުމުން އެމީހުންގެ ޖަނަވާރުތައް ބަލަހައްޓާ މީހުންގެ މެދުގައި ދެބަސްވުން އުފެދި ޒުވާބު ފެށުނެވެ.


ދެ ދަރިކަލުން ބޮޑުވަމުން ދިޔައެވެ. އެ ދެ ދަރިކަލުން ތެރެއިން ޢީސޫ ޝިކާރަ ކުރުމުގެ ކުޅަދާނަ ބޭފުޅަކަށް ވިއެވެ. އަދި ހާމަކަންބޮޑު ދަނޑުތަކުގެ ތެރޭގައި އުޅުމަށް ލޯބި ކުރެއްވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު ވީ ބަސްމަދު ބޭފުޅެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނު ގިނަ ވަގުތު ފޭލިގެކޮޅު ކައިރީގައި ހޭދަކުރެއްވުމަށް ލޯބި ކުރެއްވިއެވެ.


ޢާދަތު ވިހޭ ފިރިހެން ދަރިފުޅުގެ ނަމަކީ ޔާބާލް އެވެ. މީނާއަކީ ގެރި ބަކަރިއާއި ޖަމަލާއި ހިމާރުފަދަ ތަކެތި ބަލަހައްޓާ ފޭލިގެތަކުގައި ދިރިއުޅުނު ފުރަތަމަ މީހުންގެ ކާބަފައިކަލުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ