Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 13:15 - ކިތާބުލް މުޤައްދަސާ

15 ތިބާއަށް ތިޔަ ފެންނަ ހުރިހާ ސަރަހައްދަކުން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ އަބަދަށްޓަކައި ބިންދޭނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 13:15
31 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.⁠“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.


މިހިސާބުގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ފައިމަގުގައި ދަތުރުކުރޭ. އެތަންތަނަކީ އަހަރެން ތިބާއަށް ދޭނެ ބިންތައް.⁠“


މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.⁠“


އަދިވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކަލްދާނީންގެ ސަރަހައްދުގެ އޫރު އިން ތިބާއަށް މިރަށް ދެއްވުމަށްޓަކާ ގެންނެވި ކަލާނގެ.⁠“ އެ ހިނދު އަބްރާމް ދެންނެވިއެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނކޯ، މިރަށް އިނބަރަސްކަލާނގެ އަޅާއަށް މިލްކު ކޮށްދެއްވާނެކަން އަޅާއަށް ޔަޤީންވާނެ ގޮތަކީ ކޮބައިތޯ؟⁠“


އޭނާގެ ދަރިކޮޅު ފެތުރި ގިނަ މީސްތަކުންވާ މަތިވެރި ޤައުމެއް ކަމުގައިވާނެ. އަދި އޭނާ މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ ހުރިހާ ޤައުމަކަށް ރަޙުމަތް ލައްވާ ހުށީން.


އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްކަލާނގެ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްކަލާނގެ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.


އެ ހަރުގަނޑުގެ އެންމެ މަތީގައި މާތްރަސްކަލާނގެ ވޮޑިގެން ވަނިކޮށް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަތެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ތިބާގެ ކާފަ އިބްރާހީމްއާއި ތިބާގެ ބައްޕަ އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ، މާތްކަލާނގެ. ތިބާގެ މި ހިނދު ނިދަން ތިޔައޮތް ބިން ތިމަންކަލާނގެ ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ދެއްވާހުށީމު.


ތިބާގެ ދަރިފަސްކޮޅު މިބިމުގައިވާ ހިރަފުސް ފަދައިން ގިނަވާނެ! އެބައިމީހުން އިރުމައްޗާއި ހުޅަނގަށް އަދި އުތުރާ ދެކުނަށް ފެތުރިގެންދާނެ. ތިބާއާއި ތިބާގެ ދަރިފަސްކޮޅު މެދުވެރިކޮށް ދުނިޔޭގެ މީސްތަކުންނަށް ބަރަކާތް ލެއްވޭނެ.


އެކަލާނގެ އިބްރާހީމްގެފާނަށް ބަރަކާތް ލެއްވި ފަދައިން ދަރިފުޅާ އަދި ދަރިފުޅުގެ ދަރިފަސްކޮޅަށް ވެސް ރަޙުމަތް ލައްވާނެ. އަދި މި ބިމުގެ މިލްކުވެރިކަން ދަރިފުޅަށް ދެއްވާނެ. އެއީ މިއަދު ދަރިފުޅު ދިރިއުޅެމުން ތިޔަ ގެންދާ މި ބިމަކީ މާތްކަލާނގެ އިބްރާހީމްގެފާނަށް ދެއްވި ބިމެއް!⁠“


ތިބާގެ ކާބަފައިކަލުން އިބްރާހީމްއަށާއި އިސްޙާޤުއަށް ތިމަންކަލާނގެ ދެއްވި ބިން ތިބާއާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށީމު.⁠“


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއުކިއުމާ ދާދި ކައިރީގައި. ނަމަވެސް މާތްކަލާނގެ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.⁠“


އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’⁠ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.⁠‘⁠“


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭމެން މިޞްރުން އައި އެންމެން ދެން ދާން އުޅޭ. އަހަރެން އިބްރާހީމް އަށާއި އިސްޙާޤަށާއި ޔަޢުޤޫބަށް ދޭން ވަޢުދު ކުރި ބިމަށް ކަލޭމެން ދަތުރުކުރޭ! އަހަރެން އެމީހުން ގާތު ބުނެފައިވާނެ އެމީހުންގެ ދަރިކޮޅަށް އެ ބިން ދޭނަމޭ.


މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތްތިރި މަޑު މައިތިރި މީހުންނަށް. އެހެނީ މުޅި ދުނިޔެ އެ ފަދަ މީހުންނަށް ލިބިދޭނެ.


އޭރު އެކަލާނގެ އިބްރާހީމްގެފާނަކަށް އެ ބިމަކުން އެއްވެސް ބައެއް ހިބަކޮށެއް ނުދެއްވާ. އެންމެ ކުޑަވެގެން ފޫޓެއް ހާ މިންވަރު ވެސް އޭރު އަދި އެކަލާނގެ އިބްރާހީމްގެފާނަކަށް ނުދެއްވާ. ނަމަވެސް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުފުޅު ކުރެއްވީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންނަށް އެބިން ދެއްވާނެ ކަމުގަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މި ފަދައިން ވަޢުދު ކުރެއްވި އިރު އަދި އިބްރާހީމްގެފާނުގެ އެއްވެސް ދަރިކަލަކު ނުވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ