ފެށުން 13:10 - ކިތާބުލް މުޤައްދަސާ10-11 ވަށައިގެންވާ ހުރިހާ ތަނަކަށް ލޫޠުގެފާނު ބެއްލެވުމަށް ފަހު އުރުދުންގެ ވާދީގައިވާ، ފެންލިބެން އޮތްތަނެއް ފެނިވަޑައިގަތެވެ. މާތްރަސްކަލާނގެ، ޢަދަންގައި ހެއްދެއްވި ބަގީޗާއާއި މިޞްރުގައިވާ ފެހިގަސްތައް ފަދައިންވި އުރުދުން އިން ޞޫޣަރު އާއި ހަމައަށް އޮތް މި ވާދީ ޚިޔާރު ކުރެއްވުމަށް ފަހު އެތަނަށް ވަޑައިގަތުމަށް އެކަލޭގެފާނު ދަތުރު ފެއްޓެވިއެވެ. މި ހިސާބުން އަބްރާމް އާއި ލޫޠުގެފާނު ވަކިވެވަޑައިގަތެވެ. މިކަން މި ގޮތަށް ދިމާވީ މާތްރަސްކަލާނގެ ސަދޫމާއި ޢަމޫރަތު ނެތިކުރެއްވުމުގެ ކުރީގައެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު ސަދޫމުގެ ރަސްގެފާނާއި ޢަމޫރަތުގެ ރަސްގެފާނާއި އަދްމަތުގެ ރަސްގެފާނާއި ޞަބޫއީމުގެ ރަސްގެފާނާއި އަދި ބާލަޢުގެ ރަސްގެފާނު އެކުވެގެން ސިއްދީމުގެ ވާދީގައި، ކަދަރްލަޢައުމަރް އާއި އޭނާއާއި އެއްކޮޅުވާ ރަސްރަސްކަލުންނާއި އިދިކޮޅަށް ހަނގުރާމަ ކުރަންފެށިއެވެ. ދެން ފަސްރަސްކަލުންނާއި ދެކޮޅަށް ހަތަރު ރަސްކަލުން ހަނގުރާމަކުރިއެވެ.
އަންހެނާ އެގަހުގެ މޭވާއަށް ބަލާލިއެވެ. އަދި އެއީ ކެއުމަށް ކަމުދާ، ބަލާލަން ރީތި، އަދި އެއީ އެކެއުމުން ޙިކުމަތްތެރިކަން ލިބޭނެފަދަ މޭވާއެއްކަން އެނގުމުން އޭނާ ވަރަށްބޮޑަށް އެ މޭވާ ކާހިތްވެއްޖެއެވެ. ދެން އޭނާ އެމޭވާ ބިނދެގެން އޭގެ ބައެއް ކައިފިއެވެ. އަދި އެމޭވާގެ އަނެއްބައި އޭނާއާ އެކުގައިވާ ފިރިމީހާއަށް ދިނުމުން އޭނާ ވެސް އެމޭވާ ކައިފިއެވެ.
އެބައިމީހުން މިޞްރުގައި ދިރިއުޅޭނޭ ތަނެއް ޚިޔާރު ކުރައްވައި އެބައިމީހުންނަށް ދެއްވުމަކީ ތިބާ ކުރަން ޖެހެނޭ ކަމެއް. އަދި މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ޖާސާންގައި ދިރިއުޅުމަށް އެމީހުންނަށް ބިން ދީ. އަދި އޭގެތެރެއިން ހުއިހެއްޕުމުގެ މަސައްކަތަށް އެންމެ އެކަށޭނަ ފަރާތްތަކަށް އަހަރެންގެ ކަންބަޅިތަކާއި ނަޢަމްސޫފިތައް ބެލެހުއްޓުން ވެސް ޙަވާލުކުރޭ.“