ފެށުން 12:8 - ކިތާބުލް މުޤައްދަސާ8 އެތަނުން އަބްރާމް ބައިތުއީލްގެ އިރުމަތީގައިވާ ފަރުބަދަތަކުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނުގެ ފޭލިގެ ޖެއްސެވިއެވެ. އެފޭލިގެ ޖެއްސެވީ އެފޭލިގޭގެ ހުޅަނގަށް ބައިތުއީލް ވާ ގޮތަށް އަދި އިރުމައްޗަށް ޢާއްޔަ އޭކިޔުނު ރަށް ވާގޮތަށެވެ. އެތަނުގައި ވެސް އަބްރާމް ހިލަފުންޏެއް އެއްކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. အခန်းကိုကြည့်ပါ။ |
އަބްރާމް ދެކުނުގެ ސަހަރާގެ އެއްތަނުން އަނެއްތަނަށް ދަތުރު ކުރައްވާ، އުތުރުގެ ސަރަހައްދުގައިވާ ބައިތުއީލްއާއި ޢާއްޔަ އަވަށުގެ ދެމެދުގައި ފޭލިގެ ޖެއްސެވިއެވެ. މިތަނަކީ މީގެ ކުރިން ވެސް އެތަނެއްގައި އެކަލޭގެފާނު ފޭލިގެ ޖެއްސެވުމަށް ފަހު ޤުރުބާން ކުރުމަށްޓަކައި އަށި ބިނާކުރެއްވި ތަނެވެ. އަދި މިތަނުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވިއެވެ.
އަދި މާތްކަލާނގެ ވަޙީކުރައްވައި އެންގެވި ތަނަށް އިބްރާހީމްގެފާނަށް ވަޑައިގެންނެވުމުން އެތަނުގައި ޤުރުބާން ކުރެއްވުމަށްޓަކައި ޚާއްސަ އައްޓެއް ބިނާ ކުރައްވައި އެ އަށިމައްޗަށް ދަރުތައް އެޅުއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު ބެންނެވުމަށް ފަހު ޤުރުބާން ކުރެއްވުމަށްޓަކައި ތައްޔާރު ކުރެވިފައިވީ އަށިމަތީގައިވާ ދަރުތަކުގެ މަތީގައި އެކަލޭގެފާނު ބޭއްވެވިއެވެ.
މިތަން ދޫކޮށް އަހަރެމެން ބައިތުއީލްއަށް ދިއުމަށް އަވަސްވޭ. އެ އަވަށުގައި މާތްކަލާނގެ ކިބަފުޅަށް މުޤައްދަސް އައްޓެއް އަހަރެން ޢިމާރާތް ކުރަންޖެހޭ. އެކަލާނގެއީ އަހަރެން މުސީބާތުގައި ވީ ހިނދު އަހަރެންނަށް އެހީތެރިވެވޮޑިގެންނެވި ކަލާނގެ. އަދި އަހަރެން ކޮންމެތަނަކަށް ދިޔަނަމަވެސް އެތަނެއްގައި އެކަލާނގެ އަހަރެންނާއި އެކުގައި ވޮޑިގެންވޭމެ.“
އެތަނުގައި މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވުމަށް ޔަޢުޤޫބުގެފާނު މުޤައްދަސް އައްޓެއް ބިނާ ކުރެއްވިއެވެ. އަދި އެ މުޤައްދަސް ބިނާއަށް އީލް ބައިތުއީލްގެ ނަމުން އެކަލޭގެފާނު ނަންދެއްވިއެވެ. މިބަހުގެ މާނައީ ”ބައިތުއީލްގެ މާތްކަލާނގެ“ އެވެ. މިފަދައިން އެކަލޭގެފާނު ނަން ދެއްވުމުގެ ސަބަބަކީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބޭބޭފުޅަށް ފިއްލަވަން ދުވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް ފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެންނެވި ތަނަކީ އެތަން ކަމުގައި ވުމުންނެވެ.
ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ.
އިބްރާހީމްގެފާނު، ވަޢުދު ކުރެއްވުނު ޤައުމުގައި ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެރަށުގައި އެކަލޭގެފާނު ދިރި އުޅުއްވީ ފޭލިގެގަނޑެއްގައެވެ. ޔަޢުޤޫބުގެފާނާއި އިސްޙާޤުގެފާނު ވެސް އުޅުއްވީ އެފަދަ ހާލުކޮޅެއްގައެވެ. އެ ދެބޭކަލުންނަށް ވެސް ވަނީ ހަމަ އެއް ވަޢުދުފުޅެއް ކުރައްވާފައެވެ.