Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 12:5 - ކިތާބުލް މުޤައްދަސާ

5 އަބްރާމް އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާއީ އާއި އެކަލޭގެފާނުގެ ބޭބެގެ ދަރިފުޅު ލޫޠުގެފާނާއި އަދި އެ ދެބޭކަލުންގެ އަތްޕުޅުގައި ވާހާ މުދަލަކާއި އަދި އެބޭކަލުންގެ އަރިހުގައި މަސައްކަތު އުޅުނު އެންމެންނާއި އެކު ކަންޢާނުއަށް ވަޑައިގަތުމަށް ދަތުރުކުރައްވަން ފެއްޓެވިއެވެ. އަދި އެބޭކަލުން ދަތުރުކޮށް ކަންޢާނުއަށް ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 12:5
13 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ކަންޢާނުގެ ދަރިފަސްކޮޅު ގިނަވެ ތަފާތު ވަންހަތަކަށް ފެތުރިގެން ދިޔައެވެ. އަދި އެބައިމީހުންގެ ސަރަހައްދު ބޮޑުވެ ޞައިދޫންގެ އުތުރުން ފެށިގެން ޖަރާރުގެ ދެކުނުން ޣައްޒާ އާއި ހަމައަށް ފެތުރުނެވެ. އަދި ސަދޫމު އާއި، ޢަމޫރަތު އިރުމަތީ ސަރަހައްދުން ފެށިގެން އަދްމަތާއި، ޞަބޫއީމު އާއި ލާޝަޢަ އާއި ހަމައަށް ފެތުރުނެވެ.


މިއީ ތާރަޙުގެ ދަރިކޮޅު ފެތުރުނު ގޮތުގެ ވާހަކައެވެ. ތާރަޙުއަށް އަބްރާމް އާއި ނާޙޫރު އާއި ހާރާން މިތިން ދަރިން ލިބުނެވެ. ހާރާން އަކީ ލޫޠުގެފާނުގެ ބައްޕައެވެ.


ތާރަޙު ކަންޢާނުކަރައަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. އޭނާގެ ދަރިކަލުން އަބްރާމްއާއި ކާފަދަރިކަލުން ލޫޠުއާއި އޭނާގެ ދަނބިދަރިކަނބަލުން ސާރާއީ ގޮވައިގެން އެންމެން އެއްކޮށް ކަލްދާނީންގެ މީހުން ދިރިއުޅޭ ރަށް ކަމުގައިވާ އޫރު ސަހަރު ދޫކޮށް ވަޑައިގެންނެވިއެވެ. އެބޭކަލުން ކަންޢާނުކަރައާއި ހަމައަށް ނުގޮސް ޙާރާންއަށް ވަޑައިގެން އެތާނގައި ވަޒަންވެރިވެ ވަޑައިގެންނެވިއެވެ.


ލޫޠުގެފާނު ވެސް އެކަލޭގެފާނުގެ ކަންބަޅިތަކާއި އެހެނިހެން ޖަނަވާރުތަކާއި އަޅުންނާއި އަދި އާއިލާ ގޮވައިގެން އަބްރާމް އާއިއެކު ވަޑައިގަތެވެ.


ނަމަވެސް މިދުވަސްވަރު ކަންޢާނުގެ އަހުލުވެރިންނާއި ފިރިއްޒީނުގެ އަހުލުވެރިން މި ސަރަހައްދުގައި ދިރިއުޅެމުން ދިއުމުގެ ސަބަބުން އަބްރާމް އާއި ލޫޠުގެފާނުގެ ޖަނަވާރުތަކަށް ކާންދޭނޭފަދަ ބޮޑު ވިނަ ބިމެއް އެ ސަރަހައްދަކު ނެތެވެ. މި ގޮތަށް ދިމާވުމުން އެމީހުންގެ ޖަނަވާރުތައް ބަލަހައްޓާ މީހުންގެ މެދުގައި ދެބަސްވުން އުފެދި ޒުވާބު ފެށުނެވެ.


އަބްރާމްއަށް އެކަލޭގެފާނުގެ ބޭބެގެ ފިރިހެންދަރިފުޅު ހިނގާދިޔަ ހަނގުރާމައިގައި ހައްޔަރުވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ ހަތިޔާރުއެޅި ލަޝްކަރުންނަށް ތައްޔާރު ވުމަށް އެންގެވިއެވެ. ތިން ސަތޭކަ އަށާރަ ފަހުލަވާނުން ހިމެނޭ މި ލަޝްކަރު އެ ހަތަރު ރަސްކަލުން ހޯދުމަށް ގޮސް އެމީހުން ފެނުނީ ދާނުއޭ ކިޔާ ރަށުންނެވެ.


ސަދޫމުގެ ރަސްގެފާނު އަބްރާމަށް ބުންޏެވެ. ”⁠ހުރިހާ މުދާތައް ބަހައްޓާފަ، އަހަރެންގެ މީހުން އަހަރެންނަށްދީ.⁠“


ޔަޢުޤޫބުގެފާނު ބިއުރުސަބްޢައިން ޙާރާން އާ ދިމާއަށް ދަތުރު ފެއްޓެވިއެވެ.


ޢީސޫ އޭނާގެ އެންމެހާ އަނބިދަރިންނާއި ޚާދިމުންނާއި އަދި އޭނާ އާއި އެކުގައި ދިރިއުޅެމުން ގެންދާ ހުރިހާ އެންމެންނާއި އަދި ކަންޢާނުން އޭނާއަށް މިލްކު ވީ އެންމެހާ މުދަލާއި ޖަނަވާރުތަކާއެކު އޭނާގެ ކޮއްކޮ ޔަޢުޤޫބުގެފާނާއި ދުރަށް ދިރިއުޅުމަށް ދިޔައެވެ.


ދެން އިބްރާހީމްގެފާނު ފުރާތު ކޯރުގެ ވަށައިގެންވާ ސަރަހައްދު ދޫކޮށް ޙާރާންއަށް ވަޑައިގެން އެތާނގައި ދިރިއުޅުއްވަން ފެށި. ދެން އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަ ވުމުން ތިޔަ އެންމެހާ އަޚުން މިހާރު ތިޔަ ދިރިއުޅެމުން ދާ ޤައުމަށް މާތްރަސްކަލާނގެ އިބްރާހީމްގެފާނު ބަދަލު ކުރެއްވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ