Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 12:2 - ކިތާބުލް މުޤައްދަސާ

2 ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 12:2
38 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު ދުނިޔޭގައިވާ ވެއްޔަށް ވުރެން އިތުރުކުރައްވައި ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަ ކުރައްވާނަން.


އެއަށް ފަހު މާތްރަސްކަލާނގެ އަބްރާމް ބޭރަށް ނެރުއްވާ ވަޙީކުރެއްވިއެވެ. ”⁠އުޑަށް ބަލާލަބަލަ. އުޑުގައިވާ ތަރިތައް ތިބާއަށް އަދަދު ކުރެވޭނެތަ؟ ތިބާގެ ދަރިފަސްކޮޅު ވެސް ތިމަންކަލާނގެ އެފަދައިން ގިނަކުރައްވާނަން.⁠“


އިސްމާޢީލްއާ މެދު ތިބާ ބުނިބަސްތައް ތިމަންކަލާނގެ އަޑު އެއްސެވީމު. ތިމަންކަލާނގެ ރަޙުމަތް އޭނާއާ އެކުގައި ވާނެ. އަދި ގިނަ ދަރިންތަކެއް އޭނާއަށް ދެއްވައި ގިނަ ދަރިފަސްކޮޅެއް ދެއްވާނަން. ބާރަ ރަސްދަރިކަލުންގެ ބަފައެއް ކަމުގައި އޭނާ ލައްވާނަން. އަދި އޭނާގެ ދަރިފަސްކޮޅުން ފުރިހަމަ ވެގެންވާ ޤައުމެއް ގާއިމުވާނެ.


އޭނާގެ ދަރިކޮޅު ފެތުރި ގިނަ މީސްތަކުންވާ މަތިވެރި ޤައުމެއް ކަމުގައިވާނެ. އަދި އޭނާ މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ ހުރިހާ ޤައުމަކަށް ރަޙުމަތް ލައްވާ ހުށީން.


ތިމަންކަލާނގެ އޭނާ މިއައްޔަންކުރީ އޭނާގެ ދަރިންނަށާ މުޅި ދަރިކޮޅަށް ތިމަންކަލާނގެ އެންގެވި މަގުން ސާލިޙު، އިންސާފުވެރިގޮތުގައި ކަންތައްކުރުމަށް ދަސްކޮށްދީ ތިމަންކަލާނގެއަށް ކިޔަމަންތެރި ވުމަށް ދަސްކޮށް ދިނުމަށް. އޭރުން ތިމަންކަލާނގެ އޭނާއަށް ވަޢުދުވީ ފަދައިން ހުރިހާ ކަމެއް ކުރައްވާ ހުށީން.⁠“


މާތްކަލާނގެ އެވާދީގެ ތެރޭގައި ވީ ހުރިހާ ރަށްތައް ނެތިކޮށްލެވިއެވެ. ނަމަވެސް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު އުވާ ނުލައްވައި ލޫޠުގެފާނު އެތަނުން ބޭރު ކުރެއްވިއެވެ.


އިބްރާހީމްގެފާނު ވަނީ މުސްކުޅިފުޅު ޢަޖޫޒު ވެފައެވެ. އަދި ކޮންމެ ކަމެއްގައިމެ މާތްރަސްކަލާނގެ ރަޙުމަތްފުޅު އެކަލޭގެފާނާއި އެކުގައި ވިއެވެ.


ކޮންމެ ކަމެއްގައިމެ އަހަރެންގެ ސާހިބާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވައި އެކަލޭގެފާނަށް ތަނަވަސްކަން ދެއްވި. އެކަލޭގެފާނަށް ގިނަ ޢަދަދެއްގެ ކަންބަޅިބަކަރިތަކާއި، ނަޢަމްސޫތްޕާއި، ޖަމަލު އަދި ހިމާރުގެ އިތުރުން ރަނާއި ރިހި ދެއްވައި ގިނަ ޢަދަދެއްގެ އަޅުން އެކަލާނގެ ދެއްވި.


އިބްރާހީމްގެފާނު އަވަހާރަވުމަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނަށް މާތްކަލާނގެ ރަޙުމަތް ލެއްވިއެވެ. މި ދުވަސްތަކުގައި އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ބިއުރުލަޙައިރުއީގައެވެ.


ތިމަންކަލާނގެ އެދިވޮޑިގަންނަވާ ރަށެއްގައި ތިބާ ދިރިއުޅެމުން ގެންދޭ. މިރަށުގައި ތިބާ ކުޑަ ދުވަސްކޮޅަކު މަޑުކުރޭ. މިފަދައިން ތިބާ އަމަލު ކޮށްފިނަމަ ތިމަންކަލާނގެ ތިބާއާއެކުގައި ވޮޑިގެންވެ ތިބާއަށް ރަޙުމަތް ލައްވާނަން. ތިބާގެ ބަފައިކަލުން އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވަޑައިގެންނެވި ފަދައިން މުޅި މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށިން.


ތިމަންކަލާނގެ ތިބާއަށް އުޑުގައިވާ ތަރިތަކާއި އެއްފަދައިން ގުނާ އަދަދު ނުކުރެވޭފަދަ ދަރިފަސްކޮޅެއް ދެއްވާނަމު. އަދި އެ ދަރިފަސްކޮޅަށް މި ބިން ދެއްވާނަމު. އަދި ތިބާގެ ދަރިފަސްކޮޅު މެދުވެރި ކުރައްވައި މި ދުނިޔޭގައިވާ އެންމެހާ ޤައުމުތަކުގައިވާ މީސްތަކުންނަށް ރަޙުމަތް ލައްވާނަމު.


އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.⁠“


ތިބާގެ ދަރިފަސްކޮޅު މިބިމުގައިވާ ހިރަފުސް ފަދައިން ގިނަވާނެ! އެބައިމީހުން އިރުމައްޗާއި ހުޅަނގަށް އަދި އުތުރާ ދެކުނަށް ފެތުރިގެންދާނެ. ތިބާއާއި ތިބާގެ ދަރިފަސްކޮޅު މެދުވެރިކޮށް ދުނިޔޭގެ މީސްތަކުންނަށް ބަރަކާތް ލެއްވޭނެ.


އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.


އެއަށް ފަހު މާތްކަލާނގެ މިފަދައިން ބަސްވަޙީ ކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ މާތްކަލާނގެ. ތިބާގެ ބަފައިކަލުން އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ. މިޞްރަށް ދާން ބިރުވެތިނުވޭ. އެހެނީ ތިބާގެ ދަރިފަސްކޮޅު އެތާނގައި މަތިވެރި ޤައުމަކަށް ހައްދަވާނަން.


ކަލޭގެފާނު ވަޑައިގަތް ކޮންމެ ތަނެއްގައި ތިމަންކަލާނގެ ވޮޑިގެންވީމޭ. އަދި ކަލޭގެފާނުގެ ލޯމަތީގައި ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރެއްވީމޭ. މިހާރު ތިމަންކަލާނގެ ކަލޭގެފާނުގެ ނަން ދުނިޔޭގެ ނަން މަތިވެރި މީހުންގެ ނަމާ އެއްވަރަށް އުފުއްލަވާނަމޭ.


އެކަމަކު އިސްރާއީލީން ތަނަވަސްކަން އިތުރުވެ ދަރިފަސްކޮޅު އެތައް ގުނައަކަށް ގިނަވެ މުޅި މިޞްރުގެ ބިން ފުރިއްޖެއެވެ.


އަހަރެންގެ ގަދަފަދަ ރުޅީގެ އަލިފާން އެމީހުންގެ މައްޗަށް ބޭލިޔަދީ. އަހަރެން އެ އެންމެން ނައްތާލާނަން. އެއަށް ފަހު ކަލެއާއި ކަލޭގެ ދަރިކޮޅުން ބޮޑު ޤައުމެއް ހަދައިދޭ ނަން.⁠“


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުކުރެއްވި ރަޙުމަތްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ލިބޭނެ މަގު އީސާގެފާނު އެކުރެއްވި ކަންތަކުގެ ސަބަބުން ފަހިވެއްޖެއެވެ. އަދި އީސާގެފާނަށް އީމާންވުމުން އެންމެންނަށް ދެއްވުމަށް މާތްރަސްކަލާނގެ ވަޢުދުފުޅުކުރެއްވި އެކަލާނގެ މާތްރޫޙުފުޅު ވެސް އަހަރެމެންނަށް ލިބޭނެއެވެ.


އެހެން ކަމުން ކަލޭމެންނަށް ވެސް އެނގެންޖެހޭނެއެވެ. އިބްރާހީމްގެފާނުގެ އަސްލު ދަރިންނަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ މީހުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ