ފެށުން 12:18 - ކިތާބުލް މުޤައްދަސާ18 ދެން ރަސްގެފާނު އަބްރާމް ގަނޑުވަރަށް ގެނެސް އެކަލޭގެފާނަށް ވިދާޅުވިއެވެ. ”އަބްރާމް! ކަލޭ އަހަރެންނަށް އޮޅުވާލީ ކީއްވެ؟ އޭނާއަކީ ކަލޭގެ އަނބިމީހާ ކަމުގައި ކުރިން އަހަރެން ގާތު ނުބުނީ ކީއްވެ؟ အခန်းကိုကြည့်ပါ။ |
އަނެއްދުވަހުގެ ހެނދުނު ޔަޢުޤޫބުގެފާނަށް ހޭފުޅުލެއްވުނު ހިނދު އެކަލޭގެފާނުގެ އަރިހުގައި ލައިއަތު އޮންނެވިތަން ފެނިވަޑައިގަންނަވާ އެކަލޭގެފާނަށް އެއްދާން ކުރެއްވުނީ ލައިއަތު އާ އެކުގައިކަން އެނގިވަޑައިގެންނެވިއެވެ. އެ ހިނދު ޔަޢުޤޫބުގެފާނު ކޯފާވެ ލަބާންގެ ގާތަށް ވަޑައިގެން މިފަދައިން ވިދާޅުވިއެވެ. ”މިއީ ކޮންފަދަ މަކަރުވެރި ކަމެއް؟ ރާޙީލްގެ ކައިވެންޏަށްޓަކައި ހަތް އަހަރު ދުވަހު ތިބާއަށް އަހަރެން މަސައްކަތް ކޮށްދިނީމު. މިފަދަ ހިންތާއެއް ހެދުމުގެ ބޭނުމަކީ ކޮބާ؟“