Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 12:17 - ކިތާބުލް މުޤައްދަސާ

17 ސާރާއީ އާއި ދޭތެރޭ މިޞްރުގެ ރަސްގެފާނު ކަންތައް ކުރެއްވި ގޮތުގެ ސަބަބުން މާތްރަސްކަލާނގެ މިޞްރުގެ ރަސްގެފާނަށާއި ގަނޑުވަރުގެ އެންމެންގެ މައްޗަށް އެތައް ނުރައްކާތެރި ބަލިތަކެއް ފޮނުއްވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 12:17
8 ပူးပေါင်းရင်းမြစ်များ  

އަބީމާލިކު އިބްރާހީމްގެފާނުގެ އަނބިކަބަލުން ސާރާ ގެންދެވުމުގެ ސަބަބުން އެރަސްގެފާނުގެ ގަނޑުވަރުގައިވާ އެންމެހައި އަންހެނުން ދަރިމައި ނުވާނެފަދައިން މާތްކަލާނގެ ވަނީ ލައްވަވާފައެވެ. ދެން އިބްރާހީމްގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުމުން އަބީމާލިކުއާއި އޭނާގެ އަނބިމީހާގެ އިތުރުން އޭނާގެ އެންމެހައި ޖާރިޔާއިންނަށް ޝިފާލިބި، ދަރިން ލިބޭނެ ފަދައިން ވިއެވެ.


ނަމަވެސް އެއްރެއަކު ހުވަފެނެއްގައި މާތްކަލާނގެ އަބީމާލިކަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ ގާތަށް ތިޔަ ގެނައި އަންހެނާއަކީ މީހެއްގެ އަނތްބެއް. ކަލޭގެ ތިޔަ އަމަލުގެ ސަބަބުން ކަލޭ މަރުވެދާނެ.⁠“


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ