Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 12:16 - ކިތާބުލް މުޤައްދަސާ

16 ސާރާއީގެ ސަބަބުން މިޞްރުގެ ރަސްގެފާނު އަބްރާމަށް ވަރަށް ހެޔޮކޮށް ހިއްތެވިއެވެ. އެރަސްގެފާނު އަބްރާމަށް ވަރަށް ގިނަ ގެރި އާއި ކަންބަޅި އަދި ހިމާރާއި ޖަމަލުގެ އެތައް ބައިވަރެއް ދެއްވިއެވެ. އަދި އަބްރާމްއަށް އެތައް ފިރިހެން އަޅުންނާއި އަންހެން އަޅުންނެއް އެރަސްގެފާނު ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 12:16
13 ပူးပေါင်းရင်းမြစ်များ  

އަބްރާމް އަތުގައި ގެރިބަކަރިއާއި ކަންބަޅިތަކުގެ އިތުރުން ރަނާއި ރިހި ގިނަވެ މިހާރު އޭނާ ވަނީ މުއްސަނދިވެފައެވެ.


ނަމަވެސް މިދުވަސްވަރު ކަންޢާނުގެ އަހުލުވެރިންނާއި ފިރިއްޒީނުގެ އަހުލުވެރިން މި ސަރަހައްދުގައި ދިރިއުޅެމުން ދިއުމުގެ ސަބަބުން އަބްރާމް އާއި ލޫޠުގެފާނުގެ ޖަނަވާރުތަކަށް ކާންދޭނޭފަދަ ބޮޑު ވިނަ ބިމެއް އެ ސަރަހައްދަކު ނެތެވެ. މި ގޮތަށް ދިމާވުމުން އެމީހުންގެ ޖަނަވާރުތައް ބަލަހައްޓާ މީހުންގެ މެދުގައި ދެބަސްވުން އުފެދި ޒުވާބު ފެށުނެވެ.


އަބްރާމްގެ އަނބި ސާރާއީއަށް ދަރިއަކު ލިބުން ވަނީ ނުކުޅެދިފައެވެ. އޭރު ސާރާއީގެ އަޅު އަންހެނުންގެ ތެރޭގައި ހާޖަރުއޭ ކިޔުނު މިޞްރުގެ އަޅުއަންހެނަކު ވިއެވެ. ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަހަރެންނަށް ދަރިއަކު ނުދެއްވި. ވީއިރު އަހަރެންގެ އަޅު އަންހެން ކުއްޖާ އާއިއެކު ރޭކުރައްވާ. އޭރުން އޭނާގެ ފުށުން އަހަންނަށް ދަރިއަކު ލިބިދާނެ.⁠“ އަބްރާމް އާއި ސާރާއީ މިކަމަށް އެއްބަސްވެ ވަޑައިގަތެވެ.


އެއަށް ފަހު އަބީމާލިކުގެ ގާތަށް ސާރާ ގެންނަވައި އިބްރާހީމްގެފާނަށް އެކަމަނާ އަނބުރާ ދެއްވައިފިއެވެ. އަދި ގިނަ ޢަދަދެއްގެ ކަންބަޅި ބަކަރިތަކާއި ގޮންގަނޑުގެރީގެ އިތުރުން އަޅުންގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން އިބްރާހީމްގެފާނަށް ދެއްވިއެވެ. އަބީމާލިކު އަދިވެސް އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”⁠އަހަރެންގެ ރަސްކަންހިނގާ ކޮންމެ ސަރަހައްދެއްގައި ކަލޭގެފާނު ބޭނުން ތަނެއްގައި ވަޒަންވެރިވޭ.⁠“


ކޮންމެ ކަމެއްގައިމެ އަހަރެންގެ ސާހިބާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވައި އެކަލޭގެފާނަށް ތަނަވަސްކަން ދެއްވި. އެކަލޭގެފާނަށް ގިނަ ޢަދަދެއްގެ ކަންބަޅިބަކަރިތަކާއި، ނަޢަމްސޫތްޕާއި، ޖަމަލު އަދި ހިމާރުގެ އިތުރުން ރަނާއި ރިހި ދެއްވައި ގިނަ ޢަދަދެއްގެ އަޅުން އެކަލާނގެ ދެއްވި.


އެގޮތުން އެތަކެއް ގިނަ ގެރި ބަކަރިތަކާއި ދެ ޖިންސުގެ އަޅުން އެކަލޭގެފާނަށް މިލްކު ވިއެވެ. މި ސަބަބަށްޓަކައި ފިލިސްޠީނުގެ އަހުލުވެރިން އެކަލޭގެފާނާއި މެދު ހަސަދަވެރި ވިއެވެ.


މިކަމުގެ ނަތީޖާއެއްގެ ގޮތުން ޔަޢުޤޫބުގެފާނުގެ ކަންބަޅި ބަކަރިތައް އަވަސްކަމާއެކު އިތުރުވެގެން ދިޔައެވެ. އަދި އެކަލޭގެފާނަށް ނުހަނު މުއްސަނދިކަން ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް އެތަކެއް ކަންބަޅި ބަކަރިއާއި، އަޅުންނާއި، ޖަމަލާއި، ހިމާރު ލިބިވަޑައިގެންނެވިއެވެ.


އަދި މިއަދު ގޮންގަނޑުގެރި އާއި، ހިމާރާއި، ކަންބަޅިއާއި، ބަކަރީގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ގިނަގުނަ އަޅުން އަހަރެންނަށް މިލްކުވެގެންވެޔޭ. މިޚަބަރު އަހަރެންގެ ސާހިބާއަށް މިފޮނުވަނީ އަހަރެންނަށް އިޚުލާސްތެރިކޮށް ހިތާނޭ ކަމުގެ އުންމީދުގައޭ.⁠‘⁠“


ނަމަވެސް މިސާލަކަށް މި ނޯކަރު ހިތަށްއަރާފާނެ. ’⁠އަހަރެންގެ ވެރިމީހާ ދިޔައީ ވަރަށް ދިގުދަތުރެއް ގައޭ. އޭނާ އަވަހަކަށް ނަންނާނެއޭ.⁠‘ ދެން އޭނާ އެހެން ނޯކަރުންގެ ގައިގައި ތަޅާ އަނިޔާކޮށް އަދި ކެއުމާއި ރާބޮއި އަމަލުވުމުގައި ދުވަސްތައް ވޭތިކޮށްފި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ