Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 12:15 - ކިތާބުލް މުޤައްދަސާ

15 މިޞްރުގެ ރަސްގެފާނުގެ ވަޒީރުން ވެސް ސާރާއީގެ ރީތިކަން ފެނި އެރަސްގެފާނުގެ އަރިހުގައި އެކަމަނާގެ ރީތިކަމަށް ތައުރީފުކުރިއެވެ. ރަސްގެފާނަށް މިޚަބަރު ލިބިވަޑައިގަތުމުން ސާރާއީ އެރަސްގެފާނުގެ އަނބިކަނބަލަކަށް ހެއްދެވުމަށް ގަނޑުވަރަށް ގެންދަވައިފިވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 12:15
18 ပူးပေါင်းရင်းမြစ်များ  

އަބްރާމް މިޞްރަށް ވަޑައިގަތުމުން އެރަށުގެ އެންމެންނަށް ވެސް ސާރާއީ ފެނި އެ ކަމަނާގެ ރީތިކަން ފާހަގަކުރެވުނެވެ.


އަދި އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެރަށުގެ މީހުންނަށް ވިދާޅުވިއެވެ. އެހެންވެ، އެރަށުގެ ރަސްގެފާނު، އަބީމާލިކު އޭނާގެ ގަނޑުވަރަށް ސާރާ ގެންދެވިއެވެ.


އަދި ރިފްޤާގެ ރީތިކަމާއި ޅަނދޮޅު ކަމުގެ ސަބަބުން އެބައިމީހުންގެ ތެރެއިން މީހަކު ރިފްޤާގެ ބޭނުމުގައި އެކަލޭގެފާނު އަވަހާރަ ކޮށްލައިފާނޭ ކަމުގެ ބިރުފުޅަށްޓަކައި އެކަމަނާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެންމެހާ ރައްޔިތުންގެ ގާތު ވިދާޅުވިއެވެ.


ފިރުޢައުނު މި ދެ ޚާދިމުން ދެކެ ނުހަނު ރުޅިއައިސް މި ދެ ޚާދިމުން ޖަލުގައި ހައްޔަރު ކުރެއްވިއެވެ.


ދެ އަހަރު ދުވަސް ފާއިތުވެދިޔަ ފަހުން މިޞްރުގެ ރަސްގެފާނު ފިރުޢައުނަށް އެރަސްގެފާނު ނީލަ ކޯރުގެ އައްސޭރީގައި ކޮޅަށް ހުންނެވީތީ ހުވަފެންފުޅެއްގައި ފެނިވަޑައިގަތެވެ.


ފިރުޢައުނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ގަތުލުކުރައްވަން ހޯއްދެވިއެވެ. އޭރު މޫސާގެފާނު ފިރުޢައުނަށް ފިއްލަވައިގެން މިދްޔާނަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު އެރަށަށް ވަޑައިގެން އެތާ ހުރި ވަޅެއްގެ ކާރީގައި އިށީނދެވަޑައިގެން އިންނެވިއެވެ.


އެ ވަގުތު ފިރުޢައުނުގެ އަންހެން ދަރިކަނބަލުން ނާނަފުޅު ފިއްލަވަން ކޯރަށް އެރި ވަޑައިގެންނެވި އެވެ. އޭރު އެކަމަނާގެ ބާނދީން ކޯރު އައްސޭރީގައި ކޮޅުކޮޅަށް ހިނގަހިނގާ ތިއްބެވެ. އެ ހިނދު އެކަމަނާއަށް ކޯރުގެ އައްސޭރިފަށުގައި ހުރި ދިގު ވިނަތަކެއްގެ ތެރޭގައި ވަށިގަނޑެއް އޮތްވާ ފެނި ވަޑައިގެންފިއެވެ. ދެން އެ ކަމަނާގެ ބާނދީއަކު ފޮނުއްވައިގެން އެ ވަށިގަނޑު ގެންނަވައިފި އެވެ.


ވެރިޔަކު ދޮގުވެރިން ބުނާބަސް އަޑުއަހާނަމަ އޭނާގެ މުޝީރުން ވާނީ ނުބައި މީހުންނަށެވެ.


މީހެއްގެ އަނތްބަކާއެކު އުޅުމަކީ އެފަދަ ކަމެކެވެ. އެމީހަކަށް އެކަމުގެ ޢުޤޫބާތް ލިބޭނެއެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ