Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 12:11 - ކިތާބުލް މުޤައްދަސާ

11 އެބޭކަލުން މިޞްރާ ވަރަށް ކައިރިވެފައި ވަނިކޮށް އަބްރާމް އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. ”⁠ސާރާއީ. ތިބާއަކީ ވަރަށް ރީތި އަންހެނެއް.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 12:11
14 ပူးပေါင်းရင်းမြစ်များ  

އަބްރާމް މިޞްރަށް ވަޑައިގަތުމުން އެރަށުގެ އެންމެންނަށް ވެސް ސާރާއީ ފެނި އެ ކަމަނާގެ ރީތިކަން ފާހަގަކުރެވުނެވެ.


އަހަރެންގެ ބައްޕަގެ ރަށް ދޫކޮށް އެއްތަނުން އަނެއްތަނަށް ދަތުރުކޮށް ދިއުމަށް މާތްކަލާނގެ ވަޙީކުރެއްވި ހިނދު އަހަރެން އޭނާ ގާތު ބުނިން: ’⁠އަހަރެންނާ އެކުގައި ތިބާ ދާ ކޮންމެ ތަނެއްގައި ވެސް ތިބާއަކީ އަހަރެންގެ ކޮއްކޮ ކަމުގައި ބުނާށޭ.⁠‘⁠“


އަދި އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެރަށުގެ މީހުންނަށް ވިދާޅުވިއެވެ. އެހެންވެ، އެރަށުގެ ރަސްގެފާނު، އަބީމާލިކު އޭނާގެ ގަނޑުވަރަށް ސާރާ ގެންދެވިއެވެ.


ރިފްޤާ އަކީ ނުހަނު ރީތި ބިކުރުވެރި އަންހެންކުއްޖެކެވެ. މި ކަނބުލޭގެ ދުވަހަކު ވެސް ފިރިހެނަކާއެކު ރޭކޮށްފައި ނުވޭމެއެވެ. މި ކަނބުލޭގެ ފެންވަޅުގެ ކައިރިއަށް ގޮސް ބަނޑިޔަލަށް ފެން ފުރައިގެން ކުރިއަށް ހިނގައިގަތް ތަނާ އިބްރާހީމްގެފާނުގެ ޚާދިމު ދުވެފައި އައިސް އެ ކަނބުލޭގެއަށް ބުންޏެވެ. ”⁠ކަނބުލޭގެ އަތުގައިވާ ތިޔަ ފެން ބަނޑިޔަލުން އަހަރެންނަށް ފެންފޮދެއް ދީފާނުތަ؟⁠“


އަދި ރިފްޤާގެ ރީތިކަމާއި ޅަނދޮޅު ކަމުގެ ސަބަބުން އެބައިމީހުންގެ ތެރެއިން މީހަކު ރިފްޤާގެ ބޭނުމުގައި އެކަލޭގެފާނު އަވަހާރަ ކޮށްލައިފާނޭ ކަމުގެ ބިރުފުޅަށްޓަކައި އެކަމަނާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެންމެހާ ރައްޔިތުންގެ ގާތު ވިދާޅުވިއެވެ.


ލައިއަތުއަށް ރީތި ދެލޯ ލިބިފައިވެއެވެ. ނަމަވެސް ހުރިހާ ގޮތަކުން ބަލާއިރު ރާޙީލް މާ ރީއްޗެވެ. އެކަނބުލޭގެ މޫނުގެ ފަރިކަމާއި ހަށިގަނޑުގެ ބައްޓަން ފުރިހަމައެވެ.


މާތްކަލާނގެ ދަރިންނަށް އިންސާނުންގެ އަންހެން ދަރިން ފެނި އެމީހުން ރީތިވިއެވެ. އެކުދިންގެ ތެރޭން އެމީހުން ރުހޭ ކުއްޖަކާ އެ ދަރިން ކައިވެނި ކުރިއެވެ.


އެއްދުވަހަކު މެންދުރުފަހު އަވަހާރަފުޅުން ތެދުވެ ވަޑައިގެން ގަނޑުވަރުގެ މަތީބުރީ ހާމަތަނަކަށް ނުކުމެވަޑައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އެކަލޭގެފާނު އެތާ މަތީ ހުންނަވަނިކޮށް ފެންވަރަން ހުރި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ.


އިންސާނާގެ ޙިކުމަތާއި ތަދުބީރަކުން މާތްރަސްކަލާނގެ ނިންމަވާ ކަމަކަށް ހުރަހެއް ނޭޅޭނެއެވެ.


މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ