ފެށުން 12:10 - ކިތާބުލް މުޤައްދަސާ10 އެދުވަސްވަރު ކަންޢާނަށް ވަރަށްބޮޑު ތަދުމަޑުކަމަކާ ކުރިމަތިވެފައިވެއެވެ. އެހެންކަމުން އަބްރާމް ވަޑައިގެންނެވީ މިޞްރަށެވެ. އެކަލޭގެފާނު ގަސްތުކުރެއްވީ މިތަދުމަޑުކަން ލުއިވަންދެން ކުޑަދުވަސްކޮޅަކު މިޞްރުގައި ދިރިއުޅުއްވުމަށެވެ. အခန်းကိုကြည့်ပါ။ |
ދާއޫދުގެފާނުގެ ޒަމާނުގައި ތަދުމަޑުކަމެއް އަތުވެއްޖެއެވެ. މި ތަދުމަޑުކަން ތިން އަހަރަށް ދެމިގެން ދިޔައެވެ. މިކަމާ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމުން އެކަލާނގެ އެންގެވިއެވެ. ”ތިޔަ ތަދުމަޑު ކަން ލައިގަތީ ޝާއުލްގެފާނާއި އޭނާގެ އާއިލާގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން. އެމީހުން ވަނީ ޖިބްޢޫނީންގެ މީހުން ޙައްޤަކާނުލައި މަރާލާފައި.“
އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.“
އިސްރާއީލުގައި ރަސްކަލުން ނެތި ފަނޑިޔާރުންގެ އަތްމަތީގައި ހުރިހާ ބާރެއް އޮތް ދުވަސްވަރު އެރަށަށް ވަރަށް ބޮޑު ތަދަކާ ކުރިމަތިލާން ޖެހުނެވެ. އަދި ހަމަ އެދުވަސްވަރު އިސްރާއީލުގެ ބޮޑު ސަހަރެއްކަމުގައިވާ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު މީހަކު މިތަދުގެ ސަބަބުން އޭނާގެ އަންހެނުންނާއި ދެފިރިހެން ދަރިން ގޮވައިގެން މުއާބުއޭ ކިޔުނު ރަށަށް ބަދަލު ވިއެވެ.