Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 11:8 - ކިތާބުލް މުޤައްދަސާ

8 މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން އެމީހުން އެތަނުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބައިބައިކޮށް ލައްވައި ބައްސަވައި ލެއްވިއެވެ. ދެން އެމީހުން އެރަށް ބިނާކުރުމުގެ މަސައްކަތް ހުއްޓާލިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 11:8
10 ပူးပေါင်းရင်းမြစ်များ  

ޢާބިރުއަށް ދެދަރިން ލިބުނެވެ. އެއީ ފާލިޖު އާއި ޔަޤްޠާނު އެވެ. އަދި ދުނިޔެ ބައިބަޔަށް ބެހިގެން ދިޔައީ ފާލިޖުގެ ޙަޔާތުގައެވެ.


މިއީ ނޫޙުގެފާނުގެ ދަރިދަރިކަލުންނާއި އަދި އެބައިމީހުންގެ ދަރިފަސްކޮޅު ދުނިޔެއަށް ފެތުރުނު ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމުތަކެވެ. ފެންބޮޑުވުމަށް ފަހު މިގަބީލާތަކުން މީހުން ދުނިޔޭގެ ކަންކޮޅުތަކަށް ބެހި އެމީހުން ޤައުމުތައް ބިނާކުރިއެވެ.


މިއެންމެންގެ އަދަދު ގިނަވެ މިމީހުން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުނެވެ. މިބައިމީހުން އެކިއެކި ޤައުމުތަކަށާއި އެކި ބައިތަކަށް ބެހި ތަފާތު ބަސްތަކުން ވާހަކަދައްކައި އުޅުނެވެ. މިބައިމީހުންނަކީ ކަނޑުގެ އައްސޭރިއާއި ކައިރި ސަރަހައްދުތަކުގައި ވަޒަންވެރިވީ މީހުންގެ ކާބަފައިންނެވެ. މިބުނެވިދިޔައީ އެމީހުންގެ ގަބީލާތަކާއި ބަސްތަކާއި އެމީހުން އުޅުނު ޤައުމުތަކުގެ ނަންތަކެވެ.


އެމީހުން ބުންޏެވެ. ”⁠ދެން ހިނގާ ރަށެއް ބިނާކުރަން. އަދި އުޑާއި ހަމަޔަށް ފޯރާވަރުގެ މުންނާރެއް ހަދަން. އޭރުން އަހަރެމެންގެ ނަން މަޝްހޫރު ވެދާނެ. ކީއްކުރަން އަހަރެމެން މުޅި ދުނިޔެއަށް ފެތުރެންވީއަކީ؟⁠“


އެމީހުން ބިނާކުރަމުން ގެންދިޔަ ރަށަށް ބާބިލް އޭ ކިޔުނެވެ. ބާބިލުގައި މާތްރަސްކަލާނގެ މުޅި ދުނިޔޭގެ އެންމެން ވާހަކަދެއްކުމަށް ބޭނުންކުރި ބަސް އޮޅުވާ ލެއްވިއެވެ. އަދި މީސްތަކުން ދުނިޔޭގެ އެކިތަންތަނަށް އެކަލާނގެ ބައިބައިކޮށް ލެއްވީވެސް އެރަށުގައެވެ.


”⁠އެމީހުންގެ ރުޅިވެރި ކަމާހެދި އެމީހުންގެ މައްޗަށް ލަޢުނަތް ލައްވާނެ. އެއީ އެމީހުން ކުރާ އަނިޔާވެރި ޢަމަލަކަށް ވާތީވެ. އެބައިމީހުންގެ އަނިޔާވެރިކަމަށްޓަކައި އެމީހުންނަށް ލަޢުނަތް ލައްވާނެ. ސަބަބަކީ އެ ޢަމަލަކީ އެއްވެސް އޯގާތެރިކަމެއް ނެތް ޢަމަލަކަށް ވާތީ. އަދި ބަނީ އިސްރާއީލީންގެ އެންމެހާ ގަބީލާތަކުގެ މައްޗަށް އަހަރެން އެބައިމީހުން ވިއްސިވިހާލި ކުރުވާނަމު.⁠“


އަދި މިނިޢުމަތް މެދުވެރިކޮށް އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާނެ. އަދި ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ވާ މީހުން ވިއްސި ވިހާލި ކޮށްލައްވާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ