ފެށުން 11:7 - ކިތާބުލް މުޤައްދަސާ7 ތިމަންކަލާނގެ އެމީހުންގެ ގާތަށް ވަޑައިގަންނަވާ ހުށީން. އަދި އެމީހުން ވާހަކަދައްކާ ބަސް އޮޅުވާލައްވާ ހުށީން. އޭރުން އެމީހުންނަކަށް އެކަކު އަނެކަކު ކިޔާ އެއްޗެއް ނޭނގޭނެ.“ အခန်းကိုကြည့်ပါ။ |
މިއެންމެންގެ އަދަދު ގިނަވެ މިމީހުން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުނެވެ. މިބައިމީހުން އެކިއެކި ޤައުމުތަކަށާއި އެކި ބައިތަކަށް ބެހި ތަފާތު ބަސްތަކުން ވާހަކަދައްކައި އުޅުނެވެ. މިބައިމީހުންނަކީ ކަނޑުގެ އައްސޭރިއާއި ކައިރި ސަރަހައްދުތަކުގައި ވަޒަންވެރިވީ މީހުންގެ ކާބަފައިންނެވެ. މިބުނެވިދިޔައީ އެމީހުންގެ ގަބީލާތަކާއި ބަސްތަކާއި އެމީހުން އުޅުނު ޤައުމުތަކުގެ ނަންތަކެވެ.
މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”އިންސާނާއަށް އަނގަ ދެއްވީ ކޮންފަރާތަކުން؟ އަދި އިންސާނާ ބީރު މީހަކަށް ނުވަތަ މަންމަނަކަށް ހައްދަވަނީ ކޮން ފަރާތަކުން؟ އިންސާނާގެ ލޮލަށް އަލިކަން ދެއްވައި އަނދިރި ކުރައްވަނީ ކޮން ފަރާތަކުން؟ އެކަންތައް މެދުވެރި ކުރައްވަނީ ތިމަން މާތްރަސްކަލާނގެ ނޫންތަ؟