Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 11:3 - ކިތާބުލް މުޤައްދަސާ

3 އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠ދެން ހިނގާ ނިކަންވަރުގަދަކޮށް ގާ އަޅަން.⁠“ ދެން އެމީހުން އެގާތައް ތަތްކުރަން ތާރު ހޯދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 11:3
19 ပူးပေါင်းရင်းမြစ်များ  

އެމީހުން ބުންޏެވެ. ”⁠ދެން ހިނގާ ރަށެއް ބިނާކުރަން. އަދި އުޑާއި ހަމަޔަށް ފޯރާވަރުގެ މުންނާރެއް ހަދަން. އޭރުން އަހަރެމެންގެ ނަން މަޝްހޫރު ވެދާނެ. ކީއްކުރަން އަހަރެމެން މުޅި ދުނިޔެއަށް ފެތުރެންވީއަކީ؟⁠“


ތިމަންކަލާނގެ އެމީހުންގެ ގާތަށް ވަޑައިގަންނަވާ ހުށީން. އަދި އެމީހުން ވާހަކަދައްކާ ބަސް އޮޅުވާލައްވާ ހުށީން. އޭރުން އެމީހުންނަކަށް އެކަކު އަނެކަކު ކިޔާ އެއްޗެއް ނޭނގޭނެ.⁠“


މިވާދީ ވަނީ ތާރު ވަޅުތަކުން ފުރިފައެވެ. އަދި ސަދޫމު އާއި ޢަމޫރަތު ދެރަސްކަލުން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަން ދުވި ހިނދު އެ ދެރަސްކަލުންގެ ލަޝްކަރުގެ ބައެއް މީހުން ފިލަން އުޅެނިކޮށް އެ ވާދީގައި ވީ ތާރު ވަޅުތަކުގެ ތެރެއަށް ވެއްޓުނެވެ. ދެން އެތަނުގައި ވީ އެހެން ލަޝްކަރުތަކުގެ މީހުން ފަރުބަދަތަކުގެ ތެރެއަށް ގޮސް ފިލިއެވެ.


ދެން ދާއޫދުގެފާނު އެރަށުގެ މީހުން މަސައްކަތަށް ނެރުއްވިއެވެ. އެމީހުންގެ އަތަށް ކީސްތަކާއި ފާންތިލަތަކާއި މުޅޯތައް ހަވާލު ކުރައްވައި އެމީހުންލައްވާ ރާނާ ގާ އެޅުއްވިއެވެ. އެގޮތުގެ މަތިން ޢައްމޫނީންގެ އެހެން ސަހަރުތަކުގެ މީހުންނާ މެދު ވެސް ކަންތައް ކުރެއްވިއެވެ. ދެން ދާއޫދުގެފާނު އެކަލޭގެފާނާއި އެކުގައި އައި ފައުޖާއެކު އެނބުރި ޖެރޫސަލަމަށް ވަޑައިގެންފިއެވެ.


މިޞްރު މީހުން އެމީހުން ލައްވައި ގާއަޅުވައި އުވަ ގައްޓުވައި ދަނޑުތަކުގައި އެކިބާވަތުގެ މަސައްކަތް ކުރުވައި އެމީހުންނަށް ދުއްތުރާ ކުރަން ފަށައިފިއެވެ. މި ގޮތަށް އެމީހުން ލައްވާ މަސައްކަތް ކުރުވާއިރު އެމީހުންނާ މެދު މިޞްރު މީހުން ކުޑަވެސް ރަޙުމެއް ނުބަހައްޓައެވެ.


ނަމަވެސް އެ ގޮތަށް އެކުއްޖާ ފޮރުވައިގެން މާ ގިނަ ދުވަހަކު ނުގެންގުޅެވޭނެކަން އެނގުމުން އޭނާ ވިނަ ދަނޑިން ހަދާފައިވާ ވަށިގަނޑެއް ގެނެސް އޭގައި ތާރާއި ކަތުރާން ހާކައި ފެން ނުވަންނާނެހެން ހަދައިފިއެވެ. ދެން އޭނާ އެ ވަށިގަނޑަށް އެކުއްޖާ ލުމަށް ފަހު ނީލަކޯރު އައްސޭރީގައި ހެދިފައިހުރި ދިގު ވިނަގަސްތަކުގެ ތެރެއަށް ބައްސާލިއެވެ.


އެމީހުން ބުނެފާނެއެވެ. ”⁠އެންމެން ވެގެން މަޖަލަކަށް މަޢުސޫމު މީހަކު މަރާލަން ދަމާ ހިނގާށެވެ!


އަހަރެމެން އެކަކު އަނެކަކާ މެދު ހެޔޮކޮށް ކަންތައް ކުރުމަށާއި ލޯބިވުމަށް އެކަކު އަނެކަކަށް ހިތްވަރު ދޭނެ ގޮތްތަކާމެދު ވިސްނަމާ ހިނގާށެވެ.


”⁠މިއަދޭ⁠“ ބުނެވޭ ކޮންމެ ދުވަހަކު ކަލޭމެންގެ ތެރެއަށް ފާފަވެރިކަން އައިސް، ކަލޭމެން ހައްލާލައި، މާތްރަސްކަލާނގެއާ މެދު ކަލޭމެންގެ ހިތްހަރުވާނެ ގޮތް މެދުވެރިވެ ދިޔަ ނުދިނުމަށް، އެކަކު އަނެކަކަށް ހިތްވަރު ދީ ބާރު އަޅަން ވާނެއެވެ.


އަހަރެން ބުނެދޭ މިބަހާއިމެދު ކަލޭމެން ސަމާލުކަން ދޭށެވެ! އެއީ ކަލޭމެން މިފަދައިން ބުނެފައި ވާތީއެވެ. ”⁠އަދު ނޫނީ މާދަމާ ތިމާމެން ތަފާތު ސަހަރުތަކަށް ދަތުރުކޮށް އެ ތަންތަނުގައި އަހަރު ދުވަސްތެރޭ ވިޔާފާރިކޮށް ފައިދާ ހޯދާނަމޭ.⁠“


މުއްސަނދި މީސްތަކުންނޭވެ. އަހަރެންގެ މިވާހަކަ އާއިމެދު ކަނުލައި އަޑުއަހާށެވެ. ކަލޭމެންނާއި ކުރިމަތިވަމުން އަންނަ މުސީބާތްތަކާއި މެދު ރޮއި ހޭރޭނޭއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ