Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 11:29 - ކިތާބުލް މުޤައްދަސާ

29-30 އަބްރާމް އާއި ނާޙޫރު ވެސް މީހުންނާއި ކައިވެނި ކުރެއްވިއެވެ. އަބްރާމްގެ އަނބިކަނބަލުންގެ ނަމަކީ ސާރާއީ އެވެ. ނަހޫރުގެ އަންހެނުންގެ ނަމަކީ މަލްކަތު އެވެ. މަލްކަތު އަކީ ހާރާންގެ އަންހެންދަރިފުޅެކެވެ. ހާރާންއަކީ މަލްކަތު އާއި ޔިސްކަތު، މިދެއަންހެނުންގެ ބައްޕައެވެ. ސާރާއީއަށް އަދި ދަރިއަކު ލިބިވަޑައެއް ނުގަނެއެވެ. އެކަނބުލޭގެފާނަކީ ދަރިން ނުލިބޭ އަންހެނެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 11:29
7 ပူးပေါင်းရင်းမြစ်များ  

އަދިވެސް މާތްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މީގެ ފަހުން ތިބާގެ އަންހެނުންނަށް ސާރާއީ ގެ ނަމުން މުޚާތަބު ކުރައްވައިގެން ނުވާނެ. މިހިނދުން ފެށިގެން އެ ކަނބުލޭގެ ނަމަކަށް ވާންޖެހޭނީ ސާރާ. ތިމަންކަލާނގެ ނިޢުމަތްފުޅު އެކަނބުލޭގެއަށް ލިބިގެންވޭ. ތިމަންކަލާނގެ އެކަނބުލޭގެއަށް ދަރިއަކު ދެއްވާނަން. ތިމަންކަލާނގެ ހެޔޮ ރަޙުމަތާއި ނިޢުމަތުން އެކަނބުލޭގެ ޤައުމު ތަކެއްގެ މައިކަނބަލެއް ކަމުގައި ލައްވާނަން. ގިނަގުނަ ރަސްކަލުން އެކަނބުލޭގެ ދަރިފަސްކޮޅުން އުފަން ކުރައްވާނަން.⁠“


އޭނާއަކީ އަހަރެންގެ ކޮއްކޮއެއް ކަމުގައި ބުނި ބުނުމަކީ ވެސް މުޅިއަކުން ދޮގެއް ނޫން. އެހެނީ އޭނާއަކީ އަހަރެންގެ ބައްޕަގެ ދަރިއެއް. އަހަރެންގެ މަންމަގެ ދަރިއެއް ނޫން. އޭނާއާ އަހަރެން ކައިވެނި ކުރީން.


މި ހިނގައިދިޔަ ޙާދިސާތަކަށް ފަހު އެކަލޭގެފާނުގެ ބޭބެ ނާޙޫރުގެ އަންހެނުން މަލްކަތު ނާޙޫރަށް އަށް ކުދިން ވިހައިފިކަމުގައި މީހަކު އިބްރާހީމްގެފާނަށް ދެންނެވިއެވެ. އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ނަމަކީ ޢޫޞާއެވެ. ދެވަނަ ދަރިފުޅުގެ ނަމަކީ ބޫޒާ އެވެ. އަދި ތިންވަނަ ދަރިފުޅުގެ ނަމަކީ ޤަމޫއީލްއެވެ. (މިއީ އަރާމް ގެ ބައްޕައެވެ.) އޭގެއިތުރުން ކާސަދު އާއި ޙަޒްވު އާއި ފިލްދާޝް އަދި ޔަދްލާފްގެ އިތުރުން ބަތުއީލް ލިބުނެވެ. މި ބަތޫއީލް އަކީ ރިފްޤާގެ ބައްޕައެވެ.


އެއަށް ފަހު އިބްރާހީމްގެފާނުގެ ޖަމަލުތަކުގެ ތެރެއިން ދިހަ ޖަމަލަށް އަގުހުރި އެތަކެއް ހަދިޔާތަކެއް އަރުވާ ބަރާ ކުރުމަށް ފަހު، މި ޚާދިމުކަލޭގެ ދަތުރުކޮށް ގޮސް މެސޮޕޮޓޭމިއާގެ ހުޅަނގު އުތުރުގައިވާ ނާޙޫރުގެ ސަހަރަށް ދިޔައެވެ.


ޚާދިމުކަލޭގެ ދުޢާކޮށް ނިމުމުގެ ކުރިން ބަތޫއީލްގެ އަންހެންދަރި ރިފްޤާ ބަނޑިޔަލެއް ކޮނޑަށްލައިގެން ސަހަރުގެ ރަށްބޭރަށް އައެވެ. (މި ރިފްޤާގެ ބައްޕަ ބަތޫއީލް އަކީ އިބްރާހީމްގެފާނުގެ ކޮއްކޮ ނާޙޫރު އާއި މަލްކަތުގެ ދަރިއެކެވެ.)


ޖަވާބުގައި ރިފްޤާ ބުންޏެވެ. ”⁠އަހަރެންގެ ބައްޕަ އަކީ ނާޙޫރާއި މަލްކަތުގެ ދަރި ބަތޫއީލް. އަހަރެމެންގެ ގޭގައި ތިބާގެ ޖަމަލުތަކަށް އެކަށީގެންވާ ވަރަށް ކާންދޭނޭ ވިނަވެސް ހުންނާނެ. އަދި އަހަރެމެންގެ ހިޔާވަހި ކަމުން ތިބާއާއި ތިބާގެ ބައިވެރިންނަށް ޖާގަ މިރޭ ލިބޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ