11 އަރުޕަކްޝާދު ލިބުމަށް ފަހު ސާމު ފަސް ސަތޭކަ އަހަރު ވަންދެން ދުނިޔޭގައި ހުއްޓެއެވެ. އަދި އެނޫނަސް އިތުރު ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.
މާތްކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!“
މިއީ ސާމުގެ ދަރިކޮޅުގެ ވާހަކައެވެ. ފެންގަނޑު ބޮޑުވިތާ ދެ އަހަރަށް ފަހު ސާމު ދުނިޔޭގައި އުޅޭތާ ސަތޭކަ ވަނަ އަހަރުގައި އޭނާއަށް އަރުޕަކްޝާދު ލިބުނެވެ.
އަރުޕަކްޝާދު ދުނިޔޭގައި އުޅޭތާ ތިރީސް ފަސް އަހަރުގައި އޭނާއަށް ޝާލަޙު ލިބުނެވެ.
ތިމަންކަލާނގެ ތިޔަބައިމީހުންނަށް ވަޙީކުރައްވަން: ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރު ކުރޭ. އަދި މުޅި ދުނިޔެ އާބާދު ކުރޭ.“