10 މިއީ ސާމުގެ ދަރިކޮޅުގެ ވާހަކައެވެ. ފެންގަނޑު ބޮޑުވިތާ ދެ އަހަރަށް ފަހު ސާމު ދުނިޔޭގައި އުޅޭތާ ސަތޭކަ ވަނަ އަހަރުގައި އޭނާއަށް އަރުޕަކްޝާދު ލިބުނެވެ.
އަރުޕަކްޝާދު ލިބުމަށް ފަހު ސާމު ފަސް ސަތޭކަ އަހަރު ވަންދެން ދުނިޔޭގައި ހުއްޓެއެވެ. އަދި އެނޫނަސް އިތުރު ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.
މިއީ ތާރަޙުގެ ދަރިކޮޅު ފެތުރުނު ގޮތުގެ ވާހަކައެވެ. ތާރަޙުއަށް އަބްރާމް އާއި ނާޙޫރު އާއި ހާރާން މިތިން ދަރިން ލިބުނެވެ. ހާރާން އަކީ ލޫޠުގެފާނުގެ ބައްޕައެވެ.