ފެށުން 10:9 - ކިތާބުލް މުޤައްދަސާ9 މާތްރަސްކަލާނގެ އޭނާއަށް ޝިކާރަ ކުރުމުގެ ކުޅަދާނަކަން ދެއްވިއެވެ. އެގޮތުން މޮޅެތި ޝިކާރަވެރިންނަށް ނިސްބަތް ކުރުމުގައި މިފަދައިން މީހުން ބުނެއުޅެއެވެ. ”ނިމްރޫދަށް މާތްރަސްކަލާނގެ ދެއްވިފަދަ ޝިކާރަކުރުމުގެ ކުޅަދާނަކަމެއް ދެއްވާފައިވޭ.“ အခန်းကိုကြည့်ပါ။ |
ދެ ދަރިކަލުން ބޮޑުވަމުން ދިޔައެވެ. އެ ދެ ދަރިކަލުން ތެރެއިން ޢީސޫ ޝިކާރަ ކުރުމުގެ ކުޅަދާނަ ބޭފުޅަކަށް ވިއެވެ. އަދި ހާމަކަންބޮޑު ދަނޑުތަކުގެ ތެރޭގައި އުޅުމަށް ލޯބި ކުރެއްވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު ވީ ބަސްމަދު ބޭފުޅެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނު ގިނަ ވަގުތު ފޭލިގެކޮޅު ކައިރީގައި ހޭދަކުރެއްވުމަށް ލޯބި ކުރެއްވިއެވެ.
ތަޤުވާވެރިންގެ ފިރިހެންދަރިންނާ އެހެން އިންސާނުންގެ އަންހެންދަރިން ކައިވެނިކޮށް އެމީހުންނަށް ލިބުނު ދަރިންގެ ފަރާތުން އުފެދުނު ދަރިކޮޅުގެ މީހުންނަކީ އިވަޖު ބާގައިގެ މީހުންނެވެ. އެދުވަސްވަރުގައާއި އަދި އޭގެފަހުގެ ޒަމާންތަކުގައި ވެސް މިފަދަ މީހުން ދުނިޔޭގައި އުޅުނެވެ. އަދި އެމީހުންނަކީ އިހުޒަމާނުގެ މޮޅެތި ޤަދަރުހުރި މީހުންނެވެ.