Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 10:32 - ކިތާބުލް މުޤައްދަސާ

32 މިއީ ނޫޙުގެފާނުގެ ދަރިދަރިކަލުންނާއި އަދި އެބައިމީހުންގެ ދަރިފަސްކޮޅު ދުނިޔެއަށް ފެތުރުނު ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމުތަކެވެ. ފެންބޮޑުވުމަށް ފަހު މިގަބީލާތަކުން މީހުން ދުނިޔޭގެ ކަންކޮޅުތަކަށް ބެހި އެމީހުން ޤައުމުތައް ބިނާކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 10:32
12 ပူးပေါင်းရင်းမြစ်များ  

މިއީ ނޫޙުގެފާނުގެ ތިން ދަރިކަލުން، ސާމު އާއި ޙާމު އާއި ޔާފަޘުގެ ދަރިފަސްކޮޅު އުފުދިގެން އައި ގޮތެވެ. ފެން ބޮޑުވުމުގެ ފަހުން މި ތިން ބޭފުޅުންނަށް ވެސް ދަރިން ލިބުނެވެ.


މިއީ ޙާމުގެ ދަރިކޮޅުގެ މީހުން އެކިއެކި ގަބީލާތަކަށާއި ޤައުމުތަކަށް ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމު ތަކާއި ސަރަހައްދު ތަކެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އެބައިމީހުން ވާހަކަ ދައްކައި އުޅުނީ ތަފާތު ބަހުރުވަތަކުންނެވެ.


ޢާބިރުއަށް ދެދަރިން ލިބުނެވެ. އެއީ ފާލިޖު އާއި ޔަޤްޠާނު އެވެ. އަދި ދުނިޔެ ބައިބަޔަށް ބެހިގެން ދިޔައީ ފާލިޖުގެ ޙަޔާތުގައެވެ.


މިއީ ސާމުގެ ދަރިކޮޅުގެ މީހުން އެކިއެކި ގަބީލާތަކަށާއި ޤައުމުތަކަށް ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމު ތަކާއި ސަރަހައްދު ތަކެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އެބައިމީހުން ވާހަކަ ދައްކައި އުޅުނީ ތަފާތު ބަހުރުވަތަކުންނެވެ.


މިއެންމެންގެ އަދަދު ގިނަވެ މިމީހުން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުނެވެ. މިބައިމީހުން އެކިއެކި ޤައުމުތަކަށާއި އެކި ބައިތަކަށް ބެހި ތަފާތު ބަސްތަކުން ވާހަކަދައްކައި އުޅުނެވެ. މިބައިމީހުންނަކީ ކަނޑުގެ އައްސޭރިއާއި ކައިރި ސަރަހައްދުތަކުގައި ވަޒަންވެރިވީ މީހުންގެ ކާބަފައިންނެވެ. މިބުނެވިދިޔައީ އެމީހުންގެ ގަބީލާތަކާއި ބަސްތަކާއި އެމީހުން އުޅުނު ޤައުމުތަކުގެ ނަންތަކެވެ.


އޭރު ދުނިޔޭގެ އެންމެން ވާހަކަދައްކާ އުޅުނީ ވެސް އެއްބަހަކުންނެވެ.


މާތްކަލާނގެ ނޫޙުގެފާނަށާއި އެކަލޭގެފާނުގެ ތިން ދަރިކަލުންނަށް ރަޙުމަތް ލައްވައި މިފަދައިން ވަޙީކުރެއްވިއެވެ. ”⁠ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރަށް ދުނިޔެ ފުރާލާ.


މިއީ ނޫޙުގެފާނުގެ ތިންދަރިކަލުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަރިފަސްކޮޅު ފެތުރިގެން ގޮސްފައި ވަނީ މި ތިން ބޭކަލުންގެ ދަރިކޮޅުންނެވެ.


ތިމަންކަލާނގެ ތިޔަބައިމީހުންނަށް ވަޙީކުރައްވަން: ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރު ކުރޭ. އަދި މުޅި ދުނިޔެ އާބާދު ކުރޭ.⁠“


އެންމެ އިންސާނަކުން މާތްރަސްކަލާނގެ ދުނިޔޭގައިވާ ހުރިހާ ނަސްލުތަކެއްގެ މީހުން އުފެއްދެވިއޭ. އަދި އެމީހުން ދުނިޔޭގެ އެކިތަންތަނުގައި ލެއްވި. އެމީހުން ދުނިޔޭގައި އުޅޭނެ ދުވަސްވަރާ އަދި އުޅޭނެ ސަރަހައްދު ތައް ވެސް އެކަލާނގެ މާކުރިއްސުރެ ވަނީ ރާއްވަވާ ނިންމަވާފައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ