Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 10:31 - ކިތާބުލް މުޤައްދަސާ

31 މިއީ ސާމުގެ ދަރިކޮޅުގެ މީހުން އެކިއެކި ގަބީލާތަކަށާއި ޤައުމުތަކަށް ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމު ތަކާއި ސަރަހައްދު ތަކެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އެބައިމީހުން ވާހަކަ ދައްކައި އުޅުނީ ތަފާތު ބަހުރުވަތަކުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 10:31
5 ပူးပေါင်းရင်းမြစ်များ  

މިއީ ޙާމުގެ ދަރިކޮޅުގެ މީހުން އެކިއެކި ގަބީލާތަކަށާއި ޤައުމުތަކަށް ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމު ތަކާއި ސަރަހައްދު ތަކެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އެބައިމީހުން ވާހަކަ ދައްކައި އުޅުނީ ތަފާތު ބަހުރުވަތަކުންނެވެ.


އެމީހުން ދިރިއުޅުނު ސަރަހައްދު ވަނީ އިރުމަތީގެ ފަރުބަދަތަކުގައިވާ ރަށްތަކު ތެރޭގައި ވާ މީޝާ އިން ފެށިގެން ސަފާރު އާއި ދިމާއަށް ފެތުރިފައެވެ.


މިއީ ނޫޙުގެފާނުގެ ދަރިދަރިކަލުންނާއި އަދި އެބައިމީހުންގެ ދަރިފަސްކޮޅު ދުނިޔެއަށް ފެތުރުނު ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމުތަކެވެ. ފެންބޮޑުވުމަށް ފަހު މިގަބީލާތަކުން މީހުން ދުނިޔޭގެ ކަންކޮޅުތަކަށް ބެހި އެމީހުން ޤައުމުތައް ބިނާކުރިއެވެ.


މިއެންމެންގެ އަދަދު ގިނަވެ މިމީހުން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުނެވެ. މިބައިމީހުން އެކިއެކި ޤައުމުތަކަށާއި އެކި ބައިތަކަށް ބެހި ތަފާތު ބަސްތަކުން ވާހަކަދައްކައި އުޅުނެވެ. މިބައިމީހުންނަކީ ކަނޑުގެ އައްސޭރިއާއި ކައިރި ސަރަހައްދުތަކުގައި ވަޒަންވެރިވީ މީހުންގެ ކާބަފައިންނެވެ. މިބުނެވިދިޔައީ އެމީހުންގެ ގަބީލާތަކާއި ބަސްތަކާއި އެމީހުން އުޅުނު ޤައުމުތަކުގެ ނަންތަކެވެ.


އެންމެ އިންސާނަކުން މާތްރަސްކަލާނގެ ދުނިޔޭގައިވާ ހުރިހާ ނަސްލުތަކެއްގެ މީހުން އުފެއްދެވިއޭ. އަދި އެމީހުން ދުނިޔޭގެ އެކިތަންތަނުގައި ލެއްވި. އެމީހުން ދުނިޔޭގައި އުޅޭނެ ދުވަސްވަރާ އަދި އުޅޭނެ ސަރަހައްދު ތައް ވެސް އެކަލާނގެ މާކުރިއްސުރެ ވަނީ ރާއްވަވާ ނިންމަވާފައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ