Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 10:15 - ކިތާބުލް މުޤައްދަސާ

15-18 ކަންޢާނުގެ ފުރަތަމަ ދަރިކަލުންނަކީ ޞައިދޫން އެވެ. ޞައިދޫން މީހުންގެ ކާބަފައިކަލުންނަކީ ކަންޢާނުގެ ދަރި މި ޞައިދޫން އެވެ. ޙިއްޘާއީންނާއި، ޔަބޫސީންނާއި، އަމޫރީންނާއި، ޖިރްޖާޝީންނާއި، ޙިއްވީންނާއި، ޢަރްޤީންނާއި، ސީނީންނާއި، އަރްވާދީންނާއި، ޞަމާރީންނާއި، އަދި ޙަމާތީންނާއި، މިހުރިހާ މީހުންގެ ކާބަފައިކަލުންނަކީ ވެސް ކަންޢާނުއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 10:15
18 ပူးပေါင်းရင်းမြစ်များ  

ދެން ސާރާގެ ގަބުރުފުޅު ކައިރިން އިބްރާހީމްގެފާނު ތެދުވެވަޑައިގެން އެރަށުގެ ބޮޑު ދޮރާށި ހުރި މައިދާނުގައި ޙިއްޘީންގެ ކަމުވޮށިވެގެންވާ ބޭކަލުންތަކާއި ބައްދަލު ކުރައްވައި ވިދާޅުވިއެވެ.


”⁠ޒަބޫލޫން ދިރިއުޅޭނީ ކަނޑުގެ އައްސޭރި ފަށުގައި. އަދި އެ އައްސޭރިފަށަކީ ނައުފަހަރަށް އަމާން ބަނދަރެއް ކަމުގައިވާނެ. ހަމައެހެންމެ އޭނާގެ ސަރަހައްދު ޞައިދޫން އާއި ހަމައަށް ފެތުރިގެން ދާނެ.⁠“


އެހެންވެ އެއީ ކާކުތޯ އޮޅުންފިލުވަން މީހަކު ފޮނުއްވައިފިއެވެ. އޭނާ ގޮސްފައި އައިސް ދެންނެވިއެވެ. ”⁠އެއީ އަލީއާމުގެ ދަރި ބަތުޝަބާއެއް ނޫންތޯ؟ އޭނާ އިނދެގެން އުޅެނީ ޙިއްޘީންގެ އުރިއްޔާ އާ.⁠“


ދެން އެތަނުން އެމީހުން ޖިލްޢާދަށާއި ޤާދަޝްއަށް ދިޔައެވެ. މިއީ ޙިއްޘީއިންގެ އަވަށެވެ. އެމީހުން އެތަނުން ދެން ދިޔައީ ދާނަށެވެ. ދާނުން ދިޔައީ ޞައިދޫން އަވަށަށެވެ.


އަހަރެން މިއައީ އެމީހުން މިޞްރުގެ މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ރަނގަޅު ސަރާސަރު ބިމަކަށް ގެންދިއުމަށް. އެ ބިމަކީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް. އެބިމުގައި މިހާރު ދިރިއުޅެމުން ދަނީ ކަންޢާނީންނާއި ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި، އަދި ޔަބޫސީނުން.


ކަލޭމެންނަށް މިއަދު އަހަރެން ކުރާ އަމުރުތައް ރަނގަޅަށް ކަނުލާ އަހާތި. އަހަރެން ކަލޭމެންނަށް ވުރެ ކުރީގައި ގޮސް އަމޫރީންނާއި ކަންޢާނީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ޙިއްވީންނާއި ޔަބޫސީންނާއި މިއެންމެން ފައްސާލާ ފޮނުވާލާނަން.


ދާއޫދު ޙިއްޘީގެ އަޚީމާލިކުއާއި ސަރޫވިޔަތުގެ ދަރި ޔުއާބުގެ ބޭބެ އަބީޝާއި ކުރެން އެއްސެވެ. ”⁠ޝާއުލްގެފާނުގެ ފޭލިގެއަށް މަށާ އެކު ދާނީ ކާކު؟⁠“ އަބީޝާއި ބުންޏެވެ. ”⁠އަހަރެން ހިނގައިދާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ