12 ރަސަން ވަނީ ނީނަވާ އާއި ކާލަޙު އާއި ދެމެދުގައެވެ. ނިމްރޫދު ވެރިކަން ހިންގި ސަރަހައްދުތަކުގެ ތެރެއިން ކާލަޙު ހިމެނުނީ އެންމެ ބޮޑު އަދި މަޝްހޫރު ރަށް ކަމުގައެވެ.
ނިމްރޫދު މި ސަރަހައްދުން ދިޔައީ އައްޝޫރު އަށެވެ. އަދި އެ ސަރަހައްދުގައި ވީ ނީނަވާ އާއި ރަޙޫބޫތު ޢައިރު އާއި، ކާލަޙު އާއި، ރަސަން މިހަތަރު ރަށް ނިމްރޫދު ބިނާކުރިއެވެ.
ލޫދީންނާއި، ޢަނާމީންނާއި، ލަހާބިންނާއި، ނަފްތޫޙީންނާއި، ފަތުރޫސީންނާއި، ކަސްލޫޖީންނާއި، އަދި ކަފްތޫރީންނާއި މިހުރިހައި މީހުންގެ ކާބަފައިކަލުންނަކީ މިޞްރާއިމްއެވެ. އަދި ކަސްލޫޖީންގެ ދަރިކޮޅުގައި ފިލިސްޠީނުންގެ މީހުން ވެސް ހިމެނުނެވެ.